ދިރާގުން މިއަހަރު އަލަށް ތައާރަފުކުރި ލައިފްސްޓައިލް މޮބައިލް އެޕްލިކޭޝަން ކަމަށްވާ "ނައުއެމްވީ" މެދުވެރިކޮށް މިހާރު ފަސޭހަކަމާއެކު އެންޖީއޯ ނުވަތަ ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމާއަތް ތަކަށް އެހީތެރިކަން ފޯރުކޮށް ދެވޭނެ ކަމަށް ދިރާގުން ބުނެފިއެވެ.
އެ ހާއްސަ ފީޗާ މެދުވެރިކޮށް ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމާއަތްތަކަށް އެހީތެރިކަން ފޯރުކޮށްދެވުމުގެ އިތުރުން އެ ޖަމާއަތްތަކުން ބާއްވާ ފަންޑްރެއިޒިން ކެމްޕެއިން ތަކަށް ވެސް ފަސޭހަކަމާއެކު އެހީތެރިކަން ފޯރުކޮށްދެވޭނެ ކަމަށް ދިރާގުން ވަނީ ބުނެފައެވެ.
އެގޮތުން މިހާރު ނައު އެމްވީ އެޕްގައި 4 އެންޖީއޯ އެއް ވަނީ ލިސްޓް ކުރެވިފައިވާ ކަމަށާއި އޭގެން ކޮންމެ އެންޖީއޯ އަކުން ވެސް ހާއްސަ ފަންޑްރައިޒާއެއް ހުޅުވާލާފައިވާ ކަމަށް ދިރާގުން ބުނެއެވެ.
އޭގެ އިތުރުން އެންޖީއޯ ތަކުން ކުރާ މަސައްކަތްތަކީ ކޮބާކަން ދެނެގަނެ އެޕް މެދުވެރިކޮށް ފަސޭހަކަމާއެކު ބޭނުންވާ އެންޖީއޯ ތަކަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދެވޭނެ އިންތިޒާމެއް ގާއިމްކުރުން ކަމަށް ޝިނާއު ވިދާޅުވިއެވެ.
ދިރާގު ނައުއެމްވީ އެޕް މެދުވެރިކޮށް ޑޮނޭޓް ކުރެވޭނީ ދިރާގުޕޭ މެދުވެރިކޮށެވެ. ނައުއެމްވީ މޮބައިލް އެޕަކީ ތަފާތު މުނިފޫހިފިލުވުމާއި ލައިފްސްޓައިލް ފީޗާސްތައް އެކުލެވިގެންވާ އެޕްލިކޭޝަނެކެވެ.
ދިރާގުން ބުނީ ނަމާދު ގަޑިތަކާއި މީރު ކާ އެއްޗެހީގެ ރެސިޕީތަކާއި ދިރިއުޅުމުގެ އެކި ކަންކަމާބެހޭ ހަބަރުތަކާއި މުހިންމު ކަންތައްތަކަށް ރިމައިންޑާ ސެޓް ކުރުން ފަދަ ކަންތައްތަކަކީ ފޯނުން ނުވަތަ ޑިޖިޓަލް ޑިވައިސްތަކުގައި ހުންނަ ތަފާތު އެޕްލިކޭޝަންތައް މެދުވެރިކޮށް ކޮންމެ ދުވަހަކުވެސް ކޮންމެ މީހަކު ކޮށް އުޅޭ ކަންތައް ކަމަށެވެ.
މި ދުވަސްވަރަކީ ޑިޖިޓަލް ވަސީލަތްތަށް މެދުވެރިކޮށް ދިރިއުޅުމުގެ ގިނަ ކަންތައް ކުރަން ޖެހިފައިވާ ދުވަސްވަރަކަށް ވީ ހިނދު ދިރާގު "ނައުއެމްވީ" އެޕް މެދުވެރުކޮށް އެއް އެޕްލިކޭޝަނުން އަނެއް އެޕްލިކޭޝަނަށް ދާން ނުޖެހި އެއް ތަނަކުން ފަސޭހަކަމާއެކު އެ ހުރިހާ ކަމެއް ކުރެވޭނެ ކަމަށް ދިރާގުން ވަނީ ބުނެފައެވެ.
ދިރާގު ނައުއެމްވީ އެޕް ޑައުންލޯޑް ކުރުމަށް މިލިންކް މެދުވެރިކޮށް ޕްލޭ ސްޓޯރުންނާއި އެޕް ސްޓޯރުން އެޕްލިކޭޝަން ޑައުންލޯޑު ކުރެވޭނެއެވެ.