ޒަމާންވީ ހަތުރުންގެ ގޮތުގައި އޮތް އިންޑިއާއާއި ޗައިނާއާ ދެމެދު މި ދުވަސްވަރު އިންތިހާއަށް ނުތަނަވަސް ވެފައި ވާ ގުޅިފައި ވާ ބޯޑަރު މައްސަލާގައި، ދެ ގައުމުގެ ލީޑަރުން އެއްބަސްވެވަޑައިގެންފައި ވާ އުސޫލުން ކަންކަން ކުރިއަށް ގެންދިއުމަށް، އިންޑިއާއާއި ޗައިނާގެ އަސްކަރީ ބާރުތަކުން އެއްގަލަކަށް އަރައިފިއެވެ.

އިންޑިއާއާއި ޗައިނާ ހިއްސާ ކުރާ ލައިން އޮފް އެކްޗުއަލް ކޮންޓްރޯލް ސަރަހައްދުގައި މިއަހަރުގެ މެއި މަހު އަސްކަރީ ކުރިމަތިލުމަކަށް ދިޔަ ފަހުން ދޭދޭ އަސްކަރީ ބާރުތަކުގެ މެދުގައި ކުރިއަށް ގެންދިޔަ 8 ވަނަ މަޝްވަރާތަކަށް ފަހު އާންމު ކޮށްފައި ވާ ގުޅިފައި ވާ ބަޔާނުގައި ވާ ގޮތުން، 2 ގައުމުގެ އަސްކަރިއްޔާއިން ވަނީ، ސަރަހައްދީ އިމުގައި ހަރަކާތްތެރިވާ އަސްކަރީ ފައުޖުތަކުގެ ވިސްނުން އެއް ހަމައެއްގައި ބެހެއްޓުމަށާ، ކުށް ހީތަކުން އެއްކިބާވުމަށް އެއްބަސްވުމަކަށް އައިސްފައެވެ.

ބޯޑަރު ސަރަހައްދުގެ ސުލްހަ-މަސަލަސްކަން ދެމެހެއްޓުމަށް، ކޮޅެއްގައި ނުޖެހި އޮތް މައްސަލަތަކާ މެދު މަޝްވަރާގެ މުއާމަލާތު ކުރިއަށް ގެންދިއުމަށާ، ޑިޕްލޮމެޓިކް-އަސްކަރީ އިމުގެ ތެރެއިން ކަންކަން ހިންގައިގެން ހިޔާލު ތަފާތު ވުންތައް ހައްލު ކުރުމަށްވެސް އިންޑިއާއާއި ޗައިނާއިން ވަނީ އެއްބަސްވުމަކަށް އައިސްފައެވެ.

ނިއުކްލިއާ ހަތިޔާރުގެ ބާރުވެރިކަން ވެސް ލިބިފައިވާ އިންޑިއާއާއި ޗައިނާގެ އަސްކަރިއްޔާއިން ބޯޑަރު މައްސަލާގައި ކުރިއަށް ގެންދިޔަ 8 ވަނަ ބުރުގެ މަޝްވަރާތައް ނިންމާލާފައި ވަނީ، މިފަދަ އިތުރު މަޝްވަރާތަކެއް ވަރަށް އަވަހަށް ކުރިއަށް ގެންދިއުމަށް އެއްބަސްވުމަށް ފަހުގައެވެ.