މަޝްހޫރު ފިލްމް ފްރެންޗައިޒް "ޖޭމްސް ބޮންޑް" ގެ ހަގީގީ މޫނު ކަމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން އިއްތިފާގުވާ އެކަކީ ޝޯން ކޮނަރީއެވެ.

މިއަދު ހަވީރުގެ ވަގުތެއްގައި ޝޯން ކޮނަރީ މި ދުނިޔެ ދޫކޮށްފައި ވާ އިރު، އަދުގެ ބޮންޑު ނުވަތަ ޑެނިއަލް ކްރެއިގް ވަނީ އޭނާގެ ހިތުގެ ޝުއޫރުތައް ބޭރު ކޮށްލާފައެވެ.

ކޮނަރީ މަރުވުމާ ގުޅިގެން ޑެނިއަލް ކްރެއިގް ބުނީ ކޮނޮރީ އަކީ ފިލްމީ ސިނާއަތް ދުށް އެންމެ ފުންނާބު އުސް ތަރިންގެ ތެރޭގައި ގުނާ ލެވޭނެ ތަރިއެއް ކަމަށާ، ސްކްރީންތަކުން ފެނިގެންދާ އޭނާގެ ހުނަރު ވަޒަން ކުރަން ޖެހޭނީ "މެގާވޯޓުން" ކަމަށެވެ.

ކުރިއަށް އޮތް އަހަރުތަކުގައިވެސް ފިލްމީ ބަތޮލުންނަށް ކޮނަރީގެ އަސަރު ފޯރާނެ ކަމަށާ، ކޮނަރީއަކީ ޒަމާނީ ބްލޮކްބަސްޓާ ތަރައްގީ ކުރުމުގައިވެސް އެހީވި ފަންނުވެރިއެއް ކަމަށް ޑެނިއަލް ކްރެއިގް ވަނީ ސިފަކޮށްފައެވެ.

ފުރަތަމަ "ޖޭމްސް ބޮންޑް"ގެ ގޮތުގައި ހަރަކާތްތެރިވި ކޮނަރީ ވަނީ، އެ ފްރެންޗައިޒްގެ 7 ފިލްމެއްގައި މަސައްކަތް ކޮށްފައެވެ.

ކޮނަރީގެ މަރާ ގުޅިގެން އޭނާގެ ފިރިހެން ދަރިފުޅު ބުނީ، ކޮނަރީ ބަލިވެ އުޅޭތާ ދުވަސްކޮޅެއް ވެއްޖެ ކަމަށާ، ބައްޕަ މަރުވީ ނިދާފައި އޮއްވާ ކަމަށެވެ.

ފިލްމީ ސިނާއަތުގައި ބައި ގަރުނެއް ހާ ދުވަސް ހޭދަ ކުރި ކޮނަރީ ވަނީ 1988 ވަނަ އަހަރު، "ދި އަންޓަޗަބަލްސް" އިން އޮސްކާ އެވޯޑް ހާސިލު ކޮށްފައެވެ.

އުމުރުން 90 އަހަރުގައި ކޮނަރީ މި ދުނިޔެއާއި ވަކިވެގެން ދިޔައިރު، އަތްބަކާ 2 ފިރިހެން ދަރިން ދުނިޔޭގައި އެބަތިއްބެވެ.