ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމްއަށް ފަރުވާ ދިނުމަށްފަހު އޭނާ ހޮސްޕިޓަލުން ދޫކޮށްލައިފިއެވެ.
ޝިޔާމް ހޮސްޕިޓަލަށް ގެންދިޔައީ މިދިޔަ އަންގާރަ ދުވަހު ބޭއްވި މަޖިލިސް ޖަލްސާގައި ހުންނަވަނިކޮށް ކުއްލިއަކަށް ހާލު ދެރަވުމުގެ ސަބަބުންނެވެ. އަދި އޭނާގެ ޓެސްޓުތަކެއް ހެއްދުމަށްފަހު އިތުރަށް ބެލުމަށް އޭޑީކޭ ހޮސްޕިޓަލުގައި އެޑްމިޓު ކުރިއެވެ.
ޕީޕީއެމް އިން ބުނީ ޝިޔާމް ސިއްހީ ހާލު ދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދިނުމަށްފަހު އިއްޔެ ގެއަށް ދޫކުރެވިފައިވާ ކަމަށެވެ. އަދި އޭނާގެ ހާލު މިހާރު ރަނގަޅުވަމުން އަންނަ ކަމަށް ވެސް ޕީޕީއެމްއިން ވަނީ ބުނެފައެވެ.
މަޖިިސް ޖަލްސާގައި ތަޅުމުގައި އިންނެވުމަށްފަހު މަޖިލީހުގެ ގޯތިތެރެއަށް ނިކުމެވަޑައިގެންނެވި ފަހުން ޝިޔާމްގެ ހާލަތު ކުއްލިއަކަށް ގޯސްވުމާ ގުޅިގެން އޭނާއަށް ސްޓްރޯކެއް ޖެހުނު ކަމަށް ބުނެ އަޑު ފެތުރުނެވެ. ނަމަވެސް، ޕީޕީއެމުން ވަނީ އެކަން ދޮގުކޮށްފައެވެ.
ޝިޔާމްގެ ހާލު ގޯސްވެ ހޮސްޕިޓަލުގައި ފަރުވާ ދީފަިވާއިރު ޖޫން މަހުގެ ފުރަތަމަ ދުވަހުގެ ރޭ ދަންވަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ހިނގި ހަމަނުޖެހުންތަކުގެ ތެރޭގައި ޝިޔާމްގެ މައިބަދައަށް އަނިޔާވެ އޭޑީކޭއިން ވަނީ ފަރުވާ ހޯއްދަވާފައެވެ.
އޭރު ޝިޔާމް އަށް ލިބުނު އަނިޔާތަކުގެ ތަފްސީލް ހާމަކޮށް ޕީޕީއެމް އިން ބުނެފައި ވަނީ ޝިޔާމްގެ އުނަގަނޑާ މޭކަށިގަނޑުގައި ރެނދުލާފައި ހުރި ކަމަށް ޑޮކްޓަރުން ބުނެފައި ވާ ކަމަށެވެ. މިހާތަނަށް ދެ ފަހަރެއްގެ މަތިން ޑޮކްޓަރަށް ދައްކާފައިވާ ކަމަށާ އެއް މަސްދުވަސް ބެޑު ރެސްޓު ކުރުމަށް ލަފާ ދީފައިވާ ކަމަށްވެސް އޭރު ޕީޕީއެމުން ވަނީ ބުނެފައެވެ.
ޕީޕީއެމުން ބުނީ، އެފަހުން ޝިޔާމަށް އެކި އެކި ސިއްހީ މައްސަލަތައް ދިމާވަމުން އަންނަ ކަމަށެވެ.
ހެޔޮނުވާނެ! ރައީސް ނަޝީދު ރިޔާސަތު ބަލަހައްޓަވަމުން އިސްވެހުންނަވައިގެން އިދިކޮޅުގައި ތިބި މަދުމެމްބަރުން ކޮޅަކަށް އަނިޔާކޮށް ތަޅާބޭރުކޮށްލަން އަމުރު ނުކުރައްވާ. މިމެމްބަރުން މިހާރު އެހުންނެވީ މައިބަދައަށް ގެއްލުން ލިބިފައި. ތިޔައީ ކޮންމެގޮތަކަށް މާނަކުރެއްވިޔަސް ކަރާމާތް ތެރިތަނެއްކަން އެނގިޥަޑައިގެން ރައްޔިތުންގެ މަޖްލީހުގައި ކުރައްވަންޖެހޭ ތައްޔިތުންނާއި ގުޅުންހުރި ކަންތައް ކުރައްވާ!