ދަތުރުކުރަމުން ދިޔަ ގިނި ހިލައަކުން ސާމްޕަލް ނެގި އެމެރިކާގެ ޖައްވީ އިދާރާ (ނާސާ)ގެ ޖައްވީ އުޅަނދުން ކުނޑި ބޭރުވުމަމުން އަންނަ ކަމަށް ޚަބަރު ލިބިއްޖެއެވެ.
ޖައްވީ ތާރީހުގެ ސޮފުހާ ތަކުގައި ލިޔެވިގެންދިޔަ ތާރީހީ އިވެންޓްގެ ގޮތުގައި، ސާމްޕަލް ނެގި ނެގުން ފާހަގަކުރަމުން އަންނައިރު، އެސްޓްރޮއިޑް ބެނޫގެ ނަން ދީފައިވާ ގިނަހިލައިން ނެގި ސާމްޕަލްތައް، ޖައްވީ އުޅަނދުން މިހާރު ބޭރު ވަމުން އަންނަ ކަމަށް މައުލޫމާތު ލިބެއެވެ.
ޖައްވީ އުޅަނދުން، ޖައްވު ތެރަށް ސާމްޕަލް ކުނޑި ބޭރުވަމުން ދަނީ، ސާމްޕަލް ނެގުމަށްފަހު ޖައްވީ އުޅަނދު އުދުއްސާލުމުގެ ތެރޭގައި ގާކޮޅެއް ތާށިވެގެން، ސާމްޕަލް ޗޭމްބަރުގެ ދޮރު، ރަނގަޅަށް ނުލެއްޕި ހުރުމުގެ ސަބަބުން ކަމަށް ނާސާގެ އޮފިޝަލުން ވިދާޅުވެއެވެ.
ދުނިޔެއާ 320 މިލިއަން ކިލޯމީޓަރު ދުރުން ސާމްޕަލް ނެގި ޖައްވީ އުޅަނދުގެ ސާމްޕަލް ޗޭމްބަރުން އިތުރު ކުނޑިތައް ބޭރުވިޔަ ނުދިނުމަށް، މިޝަން ޓީމުން މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ. ނަމަވެސް، މި ޖައްވީ އުޅަނދަކީ މުޅިން އޮޓަމެޓިކުން އޮޕަރޭޓް ކުރަމުން އަންނަ އުޅަނދެއް ކަމުން، މިކަމުގައި ގޮންޖެހުންތަކެއް ކުރިމަތިވުން އެކަށީގެންވެއެވެ.
ކުޑަ ވޭނެއެއްގެ ސައިޒަށް ތައްޔާރުކޮށްފައިވާ މި ޖައްވީ އުޅަނދު، ސާމްޕަލް ނެގުމަށް ދުނިޔޭގެ ބިމުގެ ސަތަހައިން އުދުއްސާލީ 2016 ވަނަ އަހަރުއެވެ. ސާމްޕަލް ނެގި ޖައްވީ އުޅަނދު، ބިމުގެ ސަތަހައާ ދިމާލަށް ދަތުރު ކުރުމަށް ފަށާނީ 2021 ވަނަ އަހަރުގެ މާޗް މަހުއެވެ. ޖައްވީ އުޅަނދު، ބިމާ ހިސާބަށް އަންނާނީ 2023 ވަނަ އަހަރުއެވެ.