މިދިޔަ އަހަރު ޖޫން މަސްތެރޭގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް ކުރެއްވި ދަތުރުފުޅަކީ ގިނަ ބަޔެއްގެ ސަމާލުކަން ހުއްޓިގެން ދިޔަ ދަތުރުފުޅެކެވެ. އިންޑިއާގެ ބޮޑުވަޒީރުކަމަށް ދެވަނަ ދައުރަކަށް އިންތިހާބުވެ ވަޑައިގެންނެވުމާއެކު ރާއްޖެއަށް ކުރެއްވި މި ދަތުރުފުޅުގައި ދިވެހި ސަރުކާރުން އެމަނިކުފާނަށް މަރުހަބާކީ، ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިޔާގެ މަތިވެރިޝަރަފާ ވެސް އެކުއެވެ. ހަމަ އެ ދަތުރުފުޅުގައި އެމަނިކުފާނު ވަނީ ދިވެހި ސަރުކާރާއެކު 6 އެއްބަސްވުމެއްގައި ސޮއިކޮށް، 2 މަޝްރޫއެއް އިފްތިތާހުކޮށްދެއްވާފައެވެ.
މޯދީގެ ދަތުރުފުޅުގައި ސޮއި ކުރެއްވި އެއްބަސްވުންތަކުގެ ތެރެއިން، އެންމެ ފާހަގަ ކޮށްލެވޭ އެއް އެއްބަސްވުމަކީ، ޕެސެންޖާ އެންޑް ކާގޯ ސާވިސަސް ފެރީގެ ހިދުމަތް ދިނުމުގެ އެއްބަސްވުމެވެ. ފުރަތަމަ ފަހަރަށް ރާއްޖެއާއި އެހެން ގައުމަކާ ދެމެދު ފެރީގެ ހިދުމަތް ދޭން ފަށާ ވާހަކައާއެކު ގިނަ ބަޔަކު ނެގީ މިކަން ޖޯކެއް ގޮތުގައެވެ. އޭގެ އަހަރަކަށް ވުރެ ގިނަ ދުވަސްފަހުން އަނެއްކާވެސް އިންޑިއާ ފެރީގެ ވާހަކަތައް މިވަނީ "ގިނަ"ވެފައެވެ.
ދިވެހިންގެ ތެރޭގައި އެންމެ މަގުބޫލު ސޯޝަލް މީޑިއާ ޕްލެޓްފޯމް، ޓްވިޓާ ހުޅުވާލާ ކޮންމެ ފަހަރަކުމެ ފެނިގެން ދަނީ އިންޑިއާ ފެރީގެ ކޮންމެވެސް ވާހަކައެކެވެ. ހދ. ކުޅުދުއްފުއްޓާއި، އިންޑިއާގެ ކޮޗިނާ ދެމެދު އަންނަ އާދިއްތަ ދުވަހު ފެރީ ފަށަން ހަމަޖެހިފައިވާއިރު، އެއްބަޔަކު ދެކެނީ އެއީ އިންޑިއާއިން ރާއްޖެ ހިފުމާ ގާތަށް އަޅާ ފިޔަވަޅެއްގެ ގޮތުގައެވެ. އަނެއް ބަޔަކު ދެކެނީ އެއީ ރާއްޖޭގެ އިގްތިސޯދަށް ބޮޑެތި އަސަރުތަކެއް ކޮށް، ލާމަރުކަޒީ ގޮތެއްގައި އިގްތިސޯދު ކުރިއަރާނެ ކަމެއްގެ ގޮތުގައެވެ.
ކޮޗިން ފެރީން ކުރާނީ ކޮން ފައިދާއެއް؟
މި ފެރީ އިން ޖުމްލަ 4.47 ބިލިއަން ރުފިޔާގެ ތަކެތި ގެނައުމަށް ހަމަޖެހިފައި ވާއިރު، އޭގެ ތެރެއިން 1.4 ބިލިއަން ރުފިޔާ ހަރަދު ކުރުމަށް ހަމަޖެހިފައި ވަނީ ކާބޯތަކެއްޗަށެވެ. އެއީ އިމްޕޯޓްކުރާ ތަކެތީގެ 18 ޕަސަންޓެވެ. އަދި ސިއްހީ އާލާތްތަކާއި، ބޭސް އިމްޕޯޓް ކުރުމަށް 305 މިލިއަން ރުފިޔާ ހަރަދު ކުރުމަށް ނިންމާފައި ވާއިރު، އެއީ އިމްޕޯޓް ކުރާ ތަކެތީގެ 55 ޕަސަންޓެވެ. މި ފެރީން 615 މިލިއަން ރުފިޔާއަށް ވާ އިމާރާތް ކުރުމުގެ ސާމާނު ވެސް ގެންނާނެއެވެ. އޭގެ އިތުރުން 300 މިލިއަން ރުފިޔާގެ އެލުމިނިއަމް ސްޓީލްވެސް ގެނައުމަށް ވަނީ ހަމަޖެހިފައެވެ.
54 މިލިއަން ރުފިޔާއަށް ވާ ރީތިވާ ސާމާނާއި، ސާފުކުރާ ސާމާނު އަދި 150 މިލިއަން ރުފިޔާގެ އަންނައުނު ވެސް އިންޑިއާއިން އިމްޕޯޓް ކުރުމަށް ވަނީ ނިންމާފައެވެ. މީގެ ތެރެއިން ދެބައިކުޅަ އެއްބައި އިމްޕޯޓަކީ، ގިނަވެގެން އިންޑިއާ ފައިސާއިން 50،000 ރުފިޔާ ޖެހޭ އިމްޕޯޓްތަކެވެ.
މިހާރު އިންޑިއާއިން ރާއްޖެއަށް މުދާ ގެންނަ އިމްޕޯޓަރުން މަދު ކަމުގައި ވީ ނަމަވެސް، ފެރީގެ ހިދުމަތް ފެށުމާއެކު، ގިނަ ބަޔަކަށް ވަޒީފާގެ ފުރުސަތު ފަހިވެ، އިމްޕޯޓް ކުރާނެ އާ ޕްލެޓް ފޯމެއް ފެނިގެން ދާނެކަމަށް ބައެއް ފަރާތްތަކުން ދެކެއެވެ. އަދި ބާޒާރުގައި ވާދަވެރިކަން އިތުރުވެ، ރައްޔިތުންނަށް އޭގެ ފައިދާ ކުރާނެ ގޮތަކަށް ބައްޓަން ވެގެން ދާނެއެވެ.
ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް އިތުރަށް ވިދާޅުވީ، މެގަ ސުޕާ ސްޕީޑް ޕެސެންޖާ ފެރީގެ ހިދުމަތް ފެށުމަށް ތިލަދުންމަތީގައި ހޮޓެލް ރޫމްތައް އިތުރުކުރުމަކީ މުހިއްމު ކަމެއް ކަމަށާއި 2022 ވަނަ އަހަރުގެ މެދުތެރޭގައި ކޮޓަރިތައް އިތުރުކުރެވުމަކީ އުއްމީދެއް ކަމަށެވެ.
ރާއްޖެ-ކޮޗިން ފެރީގެ އެންމެ ބޮޑު ފައިދާއެއް ކުރާނެ ކަމަށް ބެލެވެނީ ކުދި ވިޔަފާރިތަކަށެވެ. ފެރީގެ ހިދުމަތް ފެށުމުން ވަޒީފާގެ ފުރުސަތުތައް ހުޅުވިގެން ދާއިރު، ވަޒީފާ ހޯދުމަށް ގިނަ ޒުވާނުން މާލެއަށް ޖަމާނުވެ، ރަނގަޅު އާމްދަނީއެއް ލިބޭނެ މަގު ފަހިވެގެން ދާނެއެވެ. މީހުން އުފުލާ ފެރީގެ ހިދުމަތް ފަހިވެގެން ގޮސްފިނަމަ، ގެސްޓްހައުސް ވިޔަފާރިތަކަށް އޭގެ ސަބަބުން ރަނގަޅު ފައިދާއެއް ކުރާނެއެވެ. ހަމައެއާއެކު، މިހާރުވެސް ރާއްޖެއިން ބޭރުން ތަކެތި ގެނެސްގެން ވިޔަފާރި ކުރާ މީހުންނަށް މި ފެރީގެ ސަބަބުން، އަގުހެޔޮކޮށް، ހަރަދު ކުޑަކޮށް ތަކެތި އިމްޕޯޓް ކުރެވޭ ގޮތް ފަހިވެގެން ދާނެއެވެ.
ފެރީގެ ހިދުމަތާއެކު ރައްޔިތުންނަށް އަގުހެޔޮކޮށް، ރަނގަޅު ކޮލިޓީގެ އަންނައުނާއި، ތާޒާ މޭވާއާއި ތަރުކާރީ ލިބިގެން ދާނެއެވެ. އަދި ރާއްޖެއިން އިންޑިއާއަށް ދަތުރުކުރަން ބޭނުންވާ އެ ގައުމުގެ ރައްޔިތުންނާއި އަދި އެހެނިހެން މީހުންނަށް ވެސް އަގުހެޔޮކޮށް، ދަތުރުކުރެވޭނެ މަގު މި ފެރީގެ ސަބަބުން ފަހިވާނެކަމަށް ބެލެވެއެވެ. މި ފެރީގެ ސަބަބުން ރާއްޖޭގެ އިގްތިސޯދު ކުރިއަރައިގެން ދާއިރު، ކޮވިޑް-19ގެ ސަބަބުން ހުއްޓުމަކަށް އައި ރާއްޖޭގެ ފަތުރުވެރިކަންވެސް ކުރިއަރައިގެން ދާނެ ކަމަށް އުއްމީދު ކުރެވެއެވެ.
މި ފެރީ ނިޒާމުގައި، ރާއްޖެއިން އިންޑިއާއަށް އެކްސްޕޯޓް ކުރުމަށް ހަމަޖެހިފަިއވާ ތަކެތި އެކްސްޕޯޓު ކުރުންވެސް ވަނީ ހިމަނާފައެވެ. އޭގެ ތެރޭގައި ބޭނުންކޮށްފައިވާ އެކި ޒާތްޒާތުގެ ދަނގަޑު ހިމެނެއެވެ. ރިސައިކަލްކޮށް، އޭގެ ބޭނުން ހެޔޮގޮތުގައި ހިފޭނެ މިފަދަ ތަކެތީގެ ތެރެއިން އިންޑިއާއަށް ފޮނުވަން ހަމަޖެހިފަިއ ވަނީ 7.6 މިލިއަން ރުފިޔާގެ ތަކެއްޗެވެ. މިއީ މަސް ފިޔަވައި ރާއްޖެއިން އެންމެ ގިނައިން އެކްސްޕޯޓް ކުރާ އެކައްޗެވެ.
މިކަމުގައި އިގްތިސޯދީ ފަރާތްތަކުން ވިދާޅުވަނީ ކީކޭ؟
އެމްއެމްއެގައި އޮންނަ ފައިނޭންޝަލް އިންޓަލިޖަންސް ޔުނިޓުގެ ކުރީގެ ވެރިޔާ އަދި އިކޮނޮމިސްޓް އިބްރާހިމް އާތިފް ޝަކޫރު ވިދާޅުވީ، މިހާރުވެސް ރާއްޖެއަކީ ހުރިހާ މުދަލެއް މެ އިމްޕޯޓް ކުރާ ގައުމެއް ކަމަށާއި، ވީ އެންމެ ހެޔޮ އަގެއްގައި ރަނގަޅު ތަކެތި އިމްޕޯރޓް ކުރެވޭ ނަމަ، އެކަމުގެ ފައިދާ، ޖުމްލަ ރައްޔިތުންނަށް ނުފޯރައެއް ނުދާނެ ކަމަށެވެ.
ހަމައެއާއެކު މުދާ އުފުލާ ބޯޓު ފަހަރު ކުޅުދުއްފުއްޓަށް ޖައްސުމަށް ފަހު މާލެ އައިސް، މާލެއަށް މުދާ ބާލައި، ގުދަން ކޮށް އަނެއްކާ އަނބުރާ ތިލަދުންމައްޗަށް ގެންދިޔުމުގެ ސަބަބުން ހިނގާ ހަރަދަށް ވުރެ ކުޑަ އަގުގައި އިންޑިއާ އިން އަންނަ މުދާ ތިލަދުންމައްޗަށް ލިބޭނޭ މަގު ތަނަވަސްވާނެ ކަން އާތިފް ފާހަގަ ކުރެއްވިއެވެ. އާތިފް ވިދާޅުވީ އެކަމުގެ ސަބަބުން ތިލަދުންމަތީގެ ވިޔާފާރިއަށް ފުރުސަތު ތަނަވަސްވެ، ވަޒީފާ އުފެދި ޑީސެންޓްރަލައިޒޭޝަނަށް މަގު ތަނަވަސްވާނެ ކަމުގައި ގަބޫލު ކުރެއްވޭ ކަމަށެވެ.
ނަން ހާމަ ނުކުރުމަށް އެދިވަޑައިގެން ކުރީގެ ވަޒީރަކު ވިދާޅުވީ، ރަހްމަތްތެރިކަމުގެ ގުޅުމުގައި ސަލާން ނުޖަހާނެ ކަމަށާއި، އެ ރަހްމަތްތެރިކަމުގެ ފައިދާއެއްވެސް ނުނަގާނެ ކަމަށެވެ. އަދި ރާއްޖެއާ އަވައްޓެރި ގައުމުތަކާ އެކު އޮންނަން ޖެހޭނީ ވިޔަފާރީގެ އަދި އެކުވެރުކަމުގެ ރަނގަޅު ގުޅުމެއް ކަމަށާއި، އެ ގުޅުމުގެ ނާޒާއިޒު ފައިދާ ނަގައިގެން ނުވާނެ ކަމަށެވެ. އެއްގައުމު އަނެއް ގައުމު ކައިރިއަށް ގޮސް ސަލާން ޖެހުމަކީ ރަހްމަތްތެރިކަން ނޫން ކަން ފާހަގަ ކުރައްވާ އޭނާ ވިދާޅުވީ ރާއްޖެއިން އަބަދާއަބަދު އެހެން ގައުމުތައް ކައިރީ ސަލާން ޖަހާ ކަމަށް ވާނަމަ ދުވަހަކުވެސް އެހެން ގައުމަކުން ރާއްޖެއަށް އިހްތިރާމް ނުކުރާނެ ކަމަށެވެ.
އޭނާ އިތުރަށް ވިދާޅުވީ، ރާއްޖޭގެ މަސްރަހުން މި ފެންނަނީ ސިޔާސީ ކުޅިވަރު ކަމަށެވެ. އެގޮތުން އެއްބަޔަކު އިންޑިއާއާމެދު ނަފްރަތު އުފައްދަމުން ދާ ކަން ފާހަގަ ކުރައްވާ އޭނާ ވިދާޅުވީ މާދަމާ ވެސް ދިވެހިން ބޭހަށް ދާން މިޖެހެނީ އިންޑިއާއަށް ކަމަށެވެ. އަދި އިންޑިއާއަކީ ރާއްޖެއާ އެންމެ ކައިރީގައި އޮތް ގައުމު ކަމުން އިންޑިއާއާއި ރާއްޖެއާ ސަގާފީ ގޮތުންނާއި ވިޔަފާރީގެ ގޮތުން އޮންނަނީ ވަރަށް ބޮޑަށް ގުޅިފައި ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އިންޑިއާއާއި ރާއްޖެއާ ދުރު ނުވެވޭނެ ކަމަށާއި، އެއީ ވިޔަފާރީގެ ގޮތުން ރާއްޖެއަށް ބޮޑެތި ފައިދާތަކެއް ކުރާނެ ގައުމެއް ކަމަށެވެ. ނަމަވެސް، ރާއްޖެ އަމިއްލަ ފައިމައްޗަށް ތެދުވެ، އެހެން ގައުމުތަކާއެކު ގުޅުން ބަދަހި ކުރުން މުހިންމު ކަމަށް އޭނާ ވިދާޅުވިއެވެ.
ރާއްޖެ-ކޮޗިން ފެރީއާ ގުޅޭ ގޮތުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވީ، އިންޑިއާ ކޮޗިން ފެރީއަކީ އިންޑިއާ އާއި ދިވެހިރާއްޖެއާ ދޭތެރޭ މިހާރުވެސް ކުރަމުން އަންނަ ގާތްގަނޑަކަށް 4 ބިލިއަނެއްހާ ރުފިޔާގެ މުއާމަލާތް ތަކުން، ރާއްޖެއަށް އެތެރެކުރެވޭ މުދަލުގެ އަގު، ހެޔޮ ކުރުމަށް ލިބޭނެ ފުރުސަތެއް ކަމަށެވެ. އޭނާ ވިދާޅުވީ މިހާރުވެސް، އަދި ކުރިއަށް އޮތް 5 އަހަރަށް ބެލިކަމުގައި ވިޔަސް، ލާމަރުކަޒީ ފުދުންތެރިކަން ބޮޑެތި އާބާދީތަކަށް ހޯދައިދިނުމަށްޓަކައި، އިގްތިސޯދު މިހާރަށް ވުރެ ބޮޑަށް ހުޅުވާލަން ޖެހޭ ކަމަށާއި، މިއީ، އެ މަންޒިލަށް ވާސިލުވުމަށް އެޅޭ ބިންގަލެއް ކަމަށެވެ.
މީގެ އިތުރުން މިނިސްޓަރު ފައްޔާޒް ވިދާޅުވީ، އިއްޔެގެ ފިލާވަޅުތަކުން، އަވައްޓެރި ގައުމުތަކުގެ މުހިއްމުކަން ދަސްވެއްޖެ ކަމަށާއި މިއީ، ދެ ގައުމު ދޭތެރޭ މުއާމަލާތްކުރާ މިންވަރު އިތުރުކުރަން ވީ ދަނޑިވަޅު ކަމަށެވެ. އަދި މިހާރު ފެށުމަށް ހަމަޖެހިފައިވާ ފެރީ ދަތުރުތައް ކާމިޔާބު ކަމާއެކު ކުރިއަށް ގެންދެވި، ކޮމާޝަލީ ވަޔަބަލް ކަމަކަށް ވެއްޖެއްޔާ، އެކި ސިނާއަތްތައް އެހެން ސަރަހައްދުތަކުގައި ކުރި އަރައިގެންދާ ދުވެއްޔަށް ބަލައި، އެހެން ސަރަހައްދުތައް ވެސް ހިމެނޭ ގޮތަށް ފެރީގެ ހިދުމަތްތައް ގުޅާލެވިދާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވެސް ފައްޔާޒް ވިދާޅުވިއެވެ.
ރާއްޖެ އާއި އިންޑިއާގެ ކޮޗިންއާ ދެމެދު ކާގޯ ފެރީގެ ހިދުމަތް މި މަހުގެ 20 ގައި ފަށާނެ ކަމަށް ރިޕޯޓުތައް ބުނެފައި ވާއިރު، ފެރީގެ ދަތުރު ރާއްޖެ ފެށުމަށް ހަމަޖެހިފައި ވަނީ އިންޑިއާގެ ސޫތުކުޅިން މިމަހުގެ 20 ވަނަ ދުވަހު ފުރައިގެން 22 ވަނަ ދުވަހު ކޮޗިން ބަނދަރަށް ކައިރި ކުރުމަށް ފަހުއެވެ. އަދި ރާއްޖެއަށް ފެރީ އަންނާނެ ކަމަށް ލަފާކޮށްފައި ވަނީ 26 ވަނަ ދުވަހު ކަމަށް ރިޕޯޓުތަކުން ބުނެއެވެ.
ތީ މަސްތުވާ ތަކެއްޗައް ހުޅުވޭ އިތުރު ދޮރެއް
ޥަގުން ހިމާޔަތް ކުރުމަށް ކުރަން އުޅޭ މީހުންގެ ގައްދާރުކަން މާބޮޑު.
އެމީހުން ބުނި ފެރީ ފެށިމާ މީހުނާ އިނދެވޭނޭ. އެމީހުން ހީކުރަނީ ދިވެހިރާއްޖެއަކީ ނާސިގެއެއް ކަމަށްތަ. ގަޖުރާ މުހައްބަތުވާލާ ހަދަމުން ކުރުއަތްމައްޗަށް ވެއްޓި އޮންނަ އިރު ދިވެހި އަންހެން ކުދިން ލައްވާ ނައްޓުވަން
މިނޫހަކީ ހާދަހާ އިންޑިއާ އައް ފޯރި ހުންނަ ނޫހެކޭ ދޯ ..ކިހާވަރެ ދީގެންބާ ތިއުޅުއްވަނީ.........ގައްދާރު ނުވަޗެއް ގައުމަށް
ބަލަ ކަމެއްކުރީމަ އެކަމުން ވާނެ ފައިދާ ބުނީމަ އެއީ ފައިސާ ތަކެއް ނަގާ ގައްދާރުވުންތަ، ތީ ހަމަ ޔާމިންގެ ވިސްނުން! މިބުނީ ވަގު ޔާމިން ވާހަކަ
ޕްރެސްގަ ލިޔާނެ ހުރިހާ އެއްޗެއް. އިންޑިއާ ފެރީން ވާނެ ކަމެއްވެސް އެނގުން މުހިނމުތާ ދޯ. ހިނގާ ބަލަމާ
ތިކަމުގެ ހުރިހާ ފައިދާއެއްވެސް ވާނީ އިންޑިއާއްށް.