ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ދެން ވަޑައިގަންނަވަން ބޭނުންފުޅު ނުވާކަމަށް މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު އެހެން ވިދާޅުވެފައިވަނީ އެމްޑީޕީން ނެރެމުން އަންނަ "ހަބަރު ސިޓީ"ގެ 6 ވަނަ އަދަދުގައި ރައީސް ނަޝީދު ލިޔުއްވާފައިވާ ލިޔުމެއްގައެވެ.
އެލިޔުމުގައި ނަޝީދު ވިދާޅުވީ އެމްޑީޕީ އަބަދުވެސް ވަކާލާތު ކުރަމުން އަންނަނީ ޖަލުގެ އަނިޔާ އަދި ކޮރަޕްޝަން ހުއްޓުވުމަށްކަމަށެވެ.
އެގޮތުން ކޮރަޕްޝަން މަދުކުރުމަށްޓައި 2008 ވަނަ އަހަރު ގާނޫނުއަސާސީއަށް ވަރަށްގިނަ ސިފަތައް ގެނެވުނު ކަމަށާއި އެހެން ނަމަވެސް ކޮރަޕްޝަން ދިވެހިން އެދޭ މިންވަރަށް މަދުކުރެވިފައި އޮތް ކަމަށް ދެކެވަޑައިގަންނަވަން ދަތިފުޅުކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވެ އެވެ. އަދި ކޮރަޕްޝަނާއި ދެކޮޅަށް އެމްޑީޕީން ކުރަމުން އަންނަ މަސައްކަތަށް އިތުރު ބާރުވެރިކަން ހޯދަންޖެހޭކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
އޭގެ އިތުރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަށް ފުރިހަމައަށް ތާއީދުކުރައްވާ ކަމަށާއި، މި ސަރުކާރަށް ކުޑަވެސް ހީނަރުކަމެއް އައުމަށް އެދިވަޑައިނުގަންނަވާ ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.
އެލިޔުމުގައި ރައީސް ނަޝީދު އިތުރަށް ވިދާޅުވީ ރައީސްގެ ވަޒީރަކާ ގުޅޭގޮތުން ނުރުހުން ފާޅުކުރުމަކީ ފަސޭހަފުޅުކަމެއް ނޫން ކަމަށާއި، ރައީސް ސޯލިހަށް ވެސް އެކަން އެނގިވަޑައިގަންނަވާނެ ކަމަށެވެ.
ރާއްޖޭގެ ރައްޔިތުންނަށް އެންމެ ރަނގަޅު ނިޒާމަކީ ބަރުލަމާނީ ނިޒާމު ކަމަށް ވިދާޅުވާ ވިދާޅުވުމުން ތަކުރާރު ކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީ އަށް ކުރިއަށް އޮތް 10 އަހަރު ރާއްޖޭގެ ރައްޔިތުންނަށް ހިދުމަތް ކޮށްދެވެން އޮތް ނިޒާމަކީ ބަރުލަމާނީ ނިޒާމު ކަމަށެވެ. އަދި ރައީސް ސޯލިހުގެ ދެވަނަ ދައުރު ލިބުމުގެ އެންމެ ކަށަވަރު މަގަކީވެސް ބަރުލަމާނީ ނިޒާމު ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
މަމީ ރަތްލާޖެހި އެމްޑީޕީ މީހެއް ނަމަވެސް ބަރުލަމާނީ ނިޒާމައް ތާއީދެއް ނުކުރަން އަދި އެކަން އެހެން ވެއްޖެނަމަ އެމްޑީޕީ އަކައް އަހަރެންގެ ވޯޓެއް އަދި ތާއީދެއްވެސް ދެނެއް ނުލިބޭނެ. ވަރަށް ސަލާމް
ހަމައިގަ ހުރެގެން ދެއްކި ވާހަކައެއް ބާ؟ އަދި ކިތަންމެ ބޭނުމަސް ދެން ދިވެހި ރައްޔިތުން ވޯޓެއް ނުދޭނެ.
ލާދީނީ ގަންޖާބޯ ދުވަހަކު ތެދެއް ނުބުނާނެ. ބޮޑުވަޒީރުު ކަމޯ ބޭނުމީ