8 މީހުންނާއެކު ދަތުރުކުރި މުދާ އުފުލާ ދޯންޏެއް ހދ. މަކުނުދޫ ނެރުމައްޗަށް އަރައިފިއެވެ.

އެމްއެންޑީއެފުންބުނީ އަށް މީހުންނާއެކު މަކުނުދޫއިން ފުރައިގެން ހދ. ވައިކަރަދޫއަށް ދަތުރުކުރަމުންދިޔަ "ނަމޫނާ' ނަމަކަށް ކިޔާ 85 ފޫޓުގެ ސަޕްލައި ދޯންޏެއް މަކުނުދޫ ނެރުމައްޗަށް އަރައިގެން އެމްއެންޑީއެފް ނޯތަން އޭރިއާ ކޯސްޓް ގާޑުން ސްކޯޑަން އިން ހަރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ.

އެހާދިސާގެ ރިޕޯޓު ލިބިފައިވަނީ 2:08 ހާއިރު ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.

އެމްއެންޑީއެފުން ބުނީ ދޯނީގައި ހުރީ ހިލަ، ސިމެންތި އަދި ދަނގަނޑު ކަމަށެވެ. އަދި އެހާދިސާ ހިނގާފައި ވަނީ އެމުދަލުން ބައެއް މަކުނުދޫ އަށް ބޭލުމަށް ފަހު ފަޅުން ނިކުންނަން އުޅެނިކޮށް ކަމަށް އެމްއެންޑޫއެފުން ވަނީ ބުނެފައެވެ.

ދޯނީގައި ތިބި މީހުން މަކުނުދޫއަށް އަރާފައިވާ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

މިފަދައިން ކަނޑުމަތީގައި ހިނގާ ހާދިސާތަކުގައި އެމްއެންޑީއެފުން ފަސް ޖެހުމެއް ނެތި ހަރަކާތްތެރިވަމުންދާ ކަން ފަހަގަ ކުރެވެއެވެ.