ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 180 މީހަކު ބަލިން ރަނގަޅުވެއްޖެއެވެ.

‏މިދިޔަ 24 ގަޑިއިރުތެރޭ 180 ރަނަގަޅު ވުމާއެކު، މުޅިއެކު މި ބަލިން ރަނގަޅުވި މީހުންގެ އަދަދު 5822 އަށް އަރާފައެވެ. މި ބައްޔަށް ޕޮޒިޓިވްވި 8486 މީހުންގެ ތެރެއިން 29 މީހަކު ވަނީ ނިޔާވެފައެވެ.

‏މިހާރު އެކްޓިވް ކޭސްތަކުގެ ތެރޭގައި ހިމެނެނީ 2629 މީހެކެވެ. އޭގެ ތެރެއިން 168 މީހަކު މިހާރު ވަނީ ހޮސްޕިޓަލުގައެވެ. އަދި 1235 މީހަކު އައިސޮލޭޝަން ފެސިލިޓީތަކުގައި އެބަ ތިއްބެވެ.

‏މިއަދު 137 މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. މިއަދު ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ، 112 ދިވެހިންނާއި، ރާއްޖޭން ބޭރުގެ 13 މީހުންނެވެ.

‏މިއަދު ޕޮޒިޓިވްވި 125 މީހުންގެ ތެރެއިން 106 މީހުންނަކީ މާލެ ސަރަހައްދުން ޕޮޒިޓިވްވި މީހުންނެވެ. އަދި 19 މީހުންނަކީ އަތޮޅުތެރެއިން ޕޮޒިޓިވްވި މީހުންނެވެ.