ޖުމްހޫރީ ޕާޓީ ސާބިތުވެ އޮތީ ރައީސް ސޯލިހުގެ ސަރުކާރާއެކު ކަމަށް ޖުމްހޫރީ ޕާޓީގެ ނާއިބް ރައީސް އަހުމަދު ސައުުދު ވިދާޅުވެއްޖެއެވެ.
ޖޭޕީގެ ނާއިބް ރައީސް ވިދާޅުވީ އެ ޕާޓީ ސާބިތުވެ އޮތީ ރައީސް ސޯލިހާއެކު ކަމަށާއި ކޮވިޑް-19 ގެ ބަލިމަޑުކަމުގެ މި ހާލަތުގައި ރައްޔިތުންނަށް އޮޅުވާލާައި ސަރުކާރާ ތޮޅެން މަސައްކަތް ނުކުރުމަށް އިދިކޮޅު ފާޓީ ތަކަށް ގޮވާލައްވާ ކަމަށެވެ.
އަދި މި ވަގުތަކީ ގައުމު ހަލަބޮލި ކުރަންވީ ވަގުތު ނޫން ކަމަށާއި ގައުމު ދެކެ ލޯބިވާ އެއްވެސް ބަޔަކު މިފަދަ ހިތާމަވެރި ހާލަތެއްގައި އެފަދަ ކަމެއް ނުކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ޖޭޕީގެ ނައިބް ރައީސް އެފަދައިން ވިދާޅުވެފައި ވާއިރު، އިދިކޮޅު ކޯލިޝަނުން ވަނީ ކޮވިޑްގެ މި ހާލަތުގައިވެސް ސަރުކާރުގެ ސިޔާސަތުތަކާއި ސިއްހީ މާހިރުންގެ ލަފަޔާއި ގަވައިދުތައް ހުއްޓާމެ ގިނަބަޔަކު އެއްކޮށްގެން އިހުތިޖާޖު ކޮށްފައެވެ.
އެގޮތުން މާފުށީ ބޭރުގައި ކަނޑުމަތީގައި ބޭއްވި މުޒާހަރާ އަކާއި އިދިކޮޅުން ގިނަބަޔަކާއެކު މާލޭގައި ގައިދުރު ކަމެއް ނެތި ބޭއްވި ސައިކަލު ބުރެއް ފާހަގަ ކޮށްލެވެއެވެ.
ރައީސް އިބޫ ރާއްޖޭގެ ވެރިކަމަށް އައީ ރައްޔިތުން އޭނާ އަށް ތާއީދު ކޮށްގެން ކަމަށް ބުނެ ވެރިކަމަށް އައިސް ފުރަތަމަ ކުރިކަމަކީ ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ރައްޔިތުން ވޯޓްލި ކަރުދާސް ކޮޅުތައް އަންދާލާ ވަގަށް ލާފައިވާ ވޯޓް ކަން ފަޅާއަރާފާނެތީވެ އެކަން މިދުނިޔޭގައި ތިބި މީހުންނަށް އޮޅުވާލަން ކަމަށް ހީކޮށް ހެކި ނައްތާލި ކަމަށްވީނަމަވެސް އެކަން ކުރި އިލެކްޝަންސް ކަމިޝަންގެ މެމްބަރުންނާއި އަދި އެކަމުގައި ޝާމިލްވާ ހުރިހާ އެންމެނަށް އެމެން ވޯޓް އިން ކޮށްފައިވާ ވައްކަން އެމެން އަމިއްލަ ދުލުން އާންމު ތަންތާނަގައި އާއި ޝަރުއީ ކޯޓް ގައި ތެދަށް އެވާހަކަ އެމެންގެ ދުލުން ކިޔާދޭނެ ގޮތް މެދުވެރިކުރައްވާންދޭންވެ
މިހާލަތުގައި ގައުމުވިއްކާލަންވެސް މަސައްކަތްނުކުރާނެ ގައުމަށް ހެޔޮއެދޭބަޔަކު