ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 182 މީހަކު ބަލިން ރަނގަޅުވެއްޖެއެވެ.

‏މިދިޔަ 24 ގަޑިއިރުތެރޭ 182 ރަނަގަޅު ވުމާއެކު، މުޅިއެކު މި ބަލިން ރަނގަޅުވި މީހުންގެ އަދަދު 4873 އަށް އަރާފައެވެ. މި ބައްޔަށް ޕޮޒިޓިވްވި 7469 މީހުންގެ ތެރެއިން 28 މީހަކު ވަނީ ނިޔާވެފައެވެ.

‏މިހާރު އެކްޓިވް ކޭސްތަކުގެ ތެރޭގައި ހިމެނެނީ 2568 މީހެކެވެ. އޭގެ ތެރެއިން 192 މީހަކު މިހާރު ވަނީ ހޮސްޕިޓަލުގައެވެ. އަދި 1426 މީހަކު އައިސޮލޭޝަން ފެސިލިޓީތަކުގައި އެބަ ތިއްބެވެ.

‏މިއަދު 140 މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. މިއަދު ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ، 114 ދިވެހިންނާއި، ބަންގްލަދޭޝަށް ނިސްބަތްވާ 17 މީހަކާއި އިންޑިއާގެ 3 މީހަކާއި އެމިރޭޓްސް 3، ނޭޕާލްގެ 2 މީހަކާއި ކެންޔަންގެ މީހަކާއި ފްރެންޗުގެ މީހެކެވެ.

‏މިއަދު ޕޮޒިޓިވްވި 140 މީހުންގެ ތެރެއިން 134 މީހުންނަކީ މާލެ ސަރަހައްދުން ޕޮޒިޓިވްވި މީހުންނެވެ. އަދި 6 މީހުންނަކީ އަތޮލޫތެރެއިން ޕޮޒިޓިވްވި މީހުންނެވެ.