މިއަދުވެސް 140 މީހުން ޕޮޒިޓިވް، 114 މީހުންނަކީ ދިވެހިންކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

މިއަދު ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ، 114 ދިވެހިންނާއި، ބަންގްލަދޭޝަށް ނިސްބަތްވާ 17 މީހަކާއި އިންޑިއާގެ 3 މީހަކާއި އެމިރޭޓްސް 3، ނޭޕާލްގެ 2 މީހަކާއި ކެންޔަންގެ މީހަކާއި ފްރެންޗުގެ މީހެކެވެ.

‏މިހާރު އެކްޓިވް ކޭސްތަކުގެ ތެރޭގައި ހިމެނެނީ 2568 މީހެކެވެ. އޭގެ ތެރެއިން 192 މީހަކު މިހާރު ވަނީ ހޮސްޕިޓަލުގައެވެ. އަދި 1426 މީހަކު އައިސޮލޭޝަން ފެސިލިޓީތަކުގައި އެބަ ތިއްބެވެ. މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު 7469 އަށް އަރާފައި ވާއިރު އޭގެތެރެއިން މީހުންގެ ތެރެއިން 28 މީހަކު ވަނީ ނިޔާވެފައެވެ.

‏އަދި މިހާތަނަށް މި ބަލިން ރަނގަޅުވެފައިވާ މީހުންގެ އަދަދު ވަނީ 4873 އަށް އަރާފައެވެ. މިއަދުގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި 182 މީހުން ވަނީ މިއަދު ބަލިން ރަނގަޅުވެފައެވެ.

‏މިއަދު ޕޮޒިޓިވްވި 140 މީހުންގެ ތެރެއިން 134 މީހުންނަކީ މާލެ ސަރަހައްދުން ޕޮޒިޓިވްވި މީހުންނެވެ. އަދި 6 މީހުންނަކީ އަތޮލޫތެރެއިން ޕޮޒިޓިވްވި މީހުންނެވެ.