ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ފަރާތުން ބޭއްވި ސައިކަލު ބުރުގައި ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވެއްޖެއެވެ.

މިއަދު ހަވީރު 4:00 ފެށި ސައިކަލު ބުރު ފަށާފައިވަނީ ޕީޕީއެމް އޮފީސް ކުރިމަތިންމެވެ. ސައިކަލު ބުރު މާލެ ވަށާ ދުއްވާގޮތަށް ނިންމާފައިވާއިރު އެ ސައިކަލު ބުރު ނިންމާފައިވަނީ ވެސް ޕީޕީއެމް އޮފީސް ކުރިމަތިންނެވެ.

ގިނަ އަދަދެއްގެ ބަޔަކު އެސައިކަލް ބުރުގައި ބައިވެރިވެފައިވާއިރު އިދިކޮޅުގެ އިސްވެރިން ވެސް ވަނީ މި ސައިކަލް ބުރުގައި ބައިވެރިވެފައެވެ.

މި މުޒާހަރާއަކީ ގައުމުގެ ހަރު މުދާ ވިއްކުމާއި ދެކޮޅަށާއި ސައިކަލް ޖޫރިމަނާ އަދި ޒުވާނުންނަށް މި ސަރުކާރުން ކޮށްދޭން ވައުދުވީ ކަންކަން ކޮށްދީފައިނުވާތީ އެކަމާއި ދެކޮޅަށް އަޑުއުފުލުމަށް ބޭއްވި މުޒާހަރާއެކެވެ.

އެގޮތުން ޒުވާނުން ކުރަމުންދާ ވިޔަފާރިތައް ހުއްޓިފައިވާ ކަމަށާއި ވަޒީފާއިން އެތައް ޒުވާނުންތަކެއް މަހްރޫމް ވެފައި ތިބި ކަމަށާއި ކަރަންޓު ބިލާއި ފެންބިލް ދެއްކުމަށް ނުކުޅެދިފައިވާ ކަން އެ ސައިކަލުގައި ބައިވެރިން ވަނީ ގޮވާލާފައެވެ.

އިދިކޮޅު ކޯލިޝަނުން އަންގާރަ ދުވަހު ވަނީ މާފުށީ ބޭރު ކަނޑުމަތީވެސް މުޒާހަރާއެއް ކޮށްފައެވެ.