ގއ. ވިލިނގިލި މޮނީޓަރިންގެ ހާލަތަށް ގެނެސްފިއެވެ.

ގއ. ވިލިނގިލި މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވަނީ އެރަށުން ހޯމް ކަރަންޓީނުގައި ހުރި މީހަކު ޕޮޒިޓިވް ވުމާ ގުޅިގެންނެވެ.

ގއ. ވިލިނގިލީގެ އިތުރުން މިހާރު މި ބައްޔަށް ފަރުވާ ކުރަމުންދާ ނުވަތަ އެކްޓިވް ކޭސްތައް އުޅެނީ މާލެ ސަރަހައްދުގެ އިތުރުން، ރާއްޖޭގެ 31 ރަށެއްގައެވެ. އެއީ ރ. ހުޅުދުއްފާރު، ސ. ފޭދޫ، ސ.ހިތަދޫ، ކ.ތުލުސްދޫ، ފ. ނިލަންދޫ، ހދ. ކުރިނބި، ކ. ހިންމަފުށި، ނ. މިލަދޫ، އދ. މާމިނގިލި، ވ. ކެޔޮދޫ، ތ. މަޑިފުށި، ތ.ވިލުފުށި، ވ. ތިނަދޫ، ޅ. ހިންނަވަރު އަދި ތ. ތިމަރަފުށި، އދ. އޮމަދޫ، ރ. އިނގުރައިދޫ، ކ. ގުޅި، ރ.ދުވާފަރު، ލ. ގަން، ރ.ކިނޮޅަސް، ދ. ރިނބިދޫ، ފ. ދަރަބޫދޫ، މ. މުލަށް، ބ. އޭދަފުށި، ކ. މާފުށި، ފ. ބިލެއްދޫ، ކ. ދިއްފުށި، ސ. މަރަދޫ އަދި ކ. ގުރައިދޫ އެވެ.

މިއަދު 135 މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. މިއަދު ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ، 109 ދިވެހިންނާއި، ބަންގްލަދޭޝަށް ނިސްބަތްވާ 15 މީހަކާއި އިންޑިއާގެ 8 މީހަކާއި އީޖިޕްޓުގެ 2 މީހަކާއި އަދި ނޭޕާލްގެ މީހެކެވެ.

‏މިއަދު ޕޮޒިޓިވްވި 135 މީހުންގެ ތެރެއިން 126 މީހުންނަކީ މާލެ ސަރަހައްދުން ޕޮޒިޓިވްވި މީހުންނެވެ. އަދި 9 މީހުންނަކީ އަތޮލޫތެރެއިން ޕޮޒިޓިވްވި މީހުންނެވެ.