ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 142 މީހަކު ބަލިން ރަނގަޅުވެއްޖެއެވެ.

‏މިދިޔަ 24 ގަޑިއިރުތެރޭ 142 ރަނަގަޅު ވުމާއެކު، މުޅިއެކު މި ބަލިން ރަނގަޅުވި މީހުންގެ އަދަދު 4439 އަށް އަރާފައެވެ. މި ބައްޔަށް ޕޮޒިޓިވްވި 7047 މީހުންގެ ތެރެއިން 28 މީހަކު ވަނީ ނިޔާވެފައެވެ.

‏މިހާރު އެކްޓިވް ކޭސްތަކުގެ ތެރޭގައި ހިމެނެނީ 2580 މީހެކެވެ. އޭގެ ތެރެއިން 173 މީހަކު މިހާރު ވަނީ ހޮސްޕިޓަލުގައެވެ. އަދި 1460 މީހަކު އައިސޮލޭޝަން ފެސިލިޓީތަކުގައި އެބަ ތިއްބެވެ.

‏މިއަދު 135 މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. މިއަދު ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ، 109 ދިވެހިންނާއި، ބަންގްލަދޭޝަށް ނިސްބަތްވާ 15 މީހަކާއި އިންޑިއާގެ 8 މީހަކާއި އީޖިޕްޓުގެ 2 މީހަކާއި އަދި ނޭޕާލްގެ މީހެކެވެ.

‏މިއަދު ޕޮޒިޓިވްވި 135 މީހުންގެ ތެރެއިން 126 މީހުންނަކީ މާލެ ސަރަހައްދުން ޕޮޒިޓިވްވި މީހުންނެވެ. އަދި 9 މީހުންނަކީ އަތޮލޫތެރެއިން ޕޮޒިޓިވްވި މީހުންނެވެ.