ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ރޮޒައިނާ އާދަމް، އެ ޕާޓީން ވަކިކުރުމަށް އެޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހުށަހަޅުއްވައިފިއެވެ.

ރައީސް ނަޝީދު އެކަން ހުށަހަޅުއްވާފައި ވަނީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ރަސްމީ ވަޓްސްއަޕް ގުރޫޕު އަދި އެމްޑީޕީގެ ޕީޖީ މެންބަރުން ތިއްބަވާ ވަޓްސްއަޕް ގުރޫޕައެވެ.

ރޮޒައިނާ އާދަމް އެމްޑީޕީގެ މެމްބަރުކަންމުން ވަކިކުރުމަށް އަޅުގަނޑު ހުށަހަޅަން
ރައީސް މުހައްމަދު ނަޝީދު

ރައީސް ނަޝީދުގެ އެމެސެޖާއެކު އެމްޑީޕީގެ ބައެއް މެމްބަރުން ވަނީ އެކަމަށް ތާއީދުކޮށް ރޮޒައިނާ ޕާޓީން ވަކިކުރުމަށް މާ ލަސް ވެއްޖެ ކަމަށް ވަނީ ވިދާޅުވެފައެވެ.

ރޮޒައިނާ އެމްޑީޕީން ވަކިކުރެއްވުމަށް ނަޝީދު ހުށައަޅުއްވާފައިމިވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ހުށައެޅުއްވުމަށް ނަޝީދު އިސްވެ މަސައްކަތް ކުރައްވަމުންދާ ދަނޑިވަޅެއްގައެވެ. ފައްޔާޒުއަށް އިތުބާރުއޮތް ކަމަށް ވިދާޅުވެ، އޭނާގެ ދިފާއުގައި ރޮޒައިނާ ގެންދަވަނީ ވާހަކަ ދައްކަވަމުންނެވެ.