ރާއްޖެ އައި އިތުރު ފަތުރުވެރިއަކު ޕޮޒިޓިވް ވެއްޖެއެވެ.
މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ރާއްޖެ އައި އިތުރު ފަތުރުވެރިއަކު އިއްޔެ ޕޮޒިޓިވް ވެފައިވާ ކަމަށެވެ. ޕޮޒިޓިވްވި ފަރުވެރިޔާއަކީ އޮބްލޫ ސިލެކްޓް ސަންގަލި ރިސޯޓުގައި ހުރި ފަތުރުވެރިއެއް ކަމަށް ނަޒްލާ ވަނީ ވިދާޅުވެފައެވެ. އަދި އެމީހާ މިހާރު ވެސް ހުރީ އެރިސޯޓުގައި ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.
އެމީހާ އާ ގުޅިގެން އެމީހާގެ އާއިލާ މިވަގުތު ޓެސްޓުކުރަމުންދާ ކަމަށާއި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ޑރ. ނަޒްލާ ވަނީ ވިދާޅުވެފައެވެ.
އެމީހާ ޕޮޒިޓިވް ވެފައިވަނީ ރާއްޖެއިން ފުރުމަށް ޓެސްޓު އިރު ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.
ރާއްޖޭގެ ބޯޑަރުތައް ހުޅުވާލުމާއެކު އޮން އެރައިވަލް ވިސާ ހަމަޖައްސާ އިރު ވަކި ގައުމެއް އިސްތިސްނާ ނުވާ ގޮތަށް ހުރިހާ ގައުމަކަށް ވެސް އޮން އެރައިވަލް ވިސާ ދޫކުރުމަށް ވަނީ ނިންމާފައެވެ.
ރާއްޖޭގެ ބޯޑަރު ހުޅުވާލި ފަހުން ފުރަތަމަ ފަތުރުވެރިއަކު ޕޮޒިޓިވް ވެފައިވަނީ ޖުލައި މަހުގެ 27 ވަނަ ދުވަހުއެވެ.
ރާއްޖެއަށް އަންނަ ހުރިހާ ފަތުރުވެރިން ކޮވިޑަށް ޓެސްޓު ކުރަން ނިންމާފައެއް ނުވެއެވެ. ނަމަވެސް އަންނަ ފަތުރުވެރިންގެ ތެރެއިން ކޮވިޑްގެ އަލާމަތް ހުންނަ ފަރާތްތަކުގެ ސާމްޕަލް ނަގައިގެން ޓެސްޓު ކުރުމަށް ވަނީ ނިންމާފައެވެ. އެގޮތުން ފަތުރުވެރިންގެ ތެރެއިން 38 ޑިގްރީއަށް ވުރެ މަތިން ހުން އައިސްފައި ހުރުމާއި ކެއްސާ ކިނބިހި އަޅާނަަމަ ކޮވިޑް ޓެސްޓު ކުރެވޭނެ ކަމަށް އިމިގްރޭޝަނުން ބުނެއެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ކޮވިޑަށް ޓެސްޓު ކުރެވޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ. އަދި ބަލީގެ އަލާމާތް ހުރެއްޖެ ނަމަ އެ ފަރާތްތައް ޓެސްޓު ކުރުމުގެ ކަންކަމާއި އެކަހެރި ކުރުމުގެ ކަންކަން ވަނީ ހަމަަޖައްސާފައެވެ. ރާއްޖެއަށް އަންނަ ފަތުރުވެރިން ބުކިން ހަދާފައިވާ ރިސޯޓު ނުވަތަ ރަށެއް ފިޔަވާ އެހެން ރަށްރަށަށް ދަތުރު ނުކުރެވޭނެއެވެ. ހަމައެއާއެކު ރާއްޖެ އަންނަ އެއްވެސް ފަތުރުވެރިއަކަށް މާލެއަށް ވެސް ނޭރޭނެއެވެ.
ކޮވިޑް-19އިން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން ރާއްޖޭގެ ބޯޑަރުތައް ބަންދުކުރީ މިދިޔަ މާޗް މަހުގެ 27 ވަނަ ދުވަހުއެވެ. އޭގެ ފަހުން ޒަރޫރީ ބޭނުމަށް ނުނީ އެއްވެސް ފްލައިޓެއް ބާއްވާފައެއް ނުވެއެވެ.
އާނ ރަގަޅު ގިނަކޮއްލާ