ފަރުވާއެއް އަދި ވެކްސިނެއްވެސް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އަށް މިހާތަނަށް ޕޮޒިޓިވްވި މީހުންގެ އަދަދު 18 މިލިއަނަށްވުރެ މައްޗަށް އަރައިފިއެވެ.
ލިބިފައިވާ އެންމެ ފަހުގެ މައުލޫމާތަށް ބަލާއިރު ދުނިޔޭގެ އެކި ކަންކޮޅުތަކުން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު މިހާރު ވަނީ 18045568 އަށް އަރާފައެވެ.
ޖީއެމްޓީ ގަޑިން ރޭ މެންދަމު 00:00 އިން ފެށިގެން މި ވަގުތާ ހިސާބަށް އެންމެ ގިނަ އަދަދަކަށް ކޭސް ރިޕޯޓް ކޮށްފައިވާ ގައުމުތަކުގެ ތެރޭގައި މެކްސިކޯ (9556+)، އިންޑިއާ (5474+)، ރަޝިއާ (5427+)، ފިލިޕީންސް (5032+) އަދި ބޮލީވިއާ (2004+) ހިމެނެއެވެ.
ޖުމުލަ ކޭސްތަކަށް ބަލާއިރު ކޮވިޑް-19ގެ ކޭސްތައް އަދިވެސް ރެކޯޑް އަދަދަކަށް ރިޕޯޓް ކޮށްފައިވަނީ އެމެރިކާއިންނެވެ.
- އެމެރިކާ: 4764588 ޖުމުލަ ކޭސް | 2243518 އެކްޓިވް ކޭސް
- ބްރެޒިލް: 2708876 ޖުމުލަ ކޭސް | 731209 އެކްޓިވް ކޭސް
- އިންޑިއާ: 1757393 ޖުމުލަ ކޭސް | 570481 އެކްޓިވް ކޭސް
- ރަޝިއާ: 850870 ޖުމުލަ ކޭސް | 186569 އެކްޓިވް ކޭސް
- ދެކުނު އެފްރިކާ: 503290 ޖުމުލަ ކޭސް | 152676 އެކްޓިވް ކޭސް
ކޮވިޑް-19ގެ ޝިކާރައަކަށްވެ، މިހާތަނަށް މަރުވި މީހުންގެ 689209 އަށް އަރާފައިވާކަމަށް ރެކޯޑްތަކުން ދައްކައެވެ.
ކޮވިޑް-19 އަށް ކަނޑައެޅިގެން ވަކި ފަރުވާއެއް އަދިވެސް ހޯދިފައި ނުވާއިރު، ބަލިޖެހޭ މީހުންނަށް ފަރުވާ ދެނީ، ހަށިގަނޑުން ފެންނަ އަލާމާތްތަކަށް ބަލައިގެންނެވެ. ބަލިޖެހޭ މީހުންގެ ތެރެއިން ގާތްގަނޑަކަށް 99 ޕަސެންޓް މީހުންގެ ހަށިގަނޑުން ބަލީގެ އަލާމާތްތައް ފެންނަނީ ވަރަށް ކުޑަކޮށެވެ. މިވަގުތު އެކްޓިވް ކޭހުގެ ގޮތުގައި 6012580 ކޭހެއް ރެކޯޑް ކޮށްފައިވާއިރު، ކުރިޓިކަލް ނުވަތަ ސީރިއަސް ޕޭޝަންޓުންގެ ގޮތުގައި ރެކޯޑް ކޮށްފައިވަނީ 65694 ކޭހެކެވެ.
ބަލިޖެހުނު މީހުންގެ ތެރެއިން ޝިފާ ލިބި، ރަނގަޅުވި މީހުންގެ އަދަދު މިހާރު ވަނީ 11343779 އަށް އަރާފައެވެ.