ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ކޭސްތައް ރެކޯޑް މިންވަރަކަށް އިތުރުވެ، އޮސްޓްރޭލިއާގެ 2 ވަނައަށް އެންމެ ބައިބޯ ސިޓީ ކަމަށްވާ ވިކްޓޯރިއާގައި ކާފިއުގެ އަމުރު އިއުލާން ކޮށްފިއެވެ.
ހޮނިހިރު ދުވަހު 671 މީހަކު އެ ސްޓޭޓުން ޕޮޒިޓިވްވެފައިވާއިރު، ވިކްޓޯރިއާގައި މިހާރު އޮތީ "ކާރިސީ ކުއްލި ނުރައްކާ" އިއުލާންކޮށްފައެވެ.
ވިކްޓޯރިއާގައި އިއުލާންކުރި ކާފިއުގެ އަމުރާއެކު މިރޭ 08:00 އިން ފެށިގެން ފަތިހު 05:00 ގެ ނިޔަލަށް ބޭރަށް ނިކުމެ އުޅުން މަނާވާނެއެވެ. މިއީ ކާފިއުގެ އަމުރު ދެމިގެންދާ މުއްދަތަށް މިކަން ހަމަޖެހިފައިވާ ގޮތެވެ. މި ވަގުތުތަކުގައި ބޭރަށް ނިކުމެ އުޅެވޭނީ، ވަޒީފާ އަދާ ކުރާ ފަރާތްތަކާ، ސިއްހީ ހިދުމަތްތެރިންގެ އިތުރުން އެހެން މީހުންނަށް އެކި ގޮތް ގޮތުން އެހީ ފޯރުކޮށްދިނުމަށް ނިކުންނަ ފަރާތްތަކަށެވެ.
ގެއަށް ބޭނުންވާ ޒަރޫރީ ތަކެތި ހޯދުމަށް ކޮންމެ ގެއަކުންވެސް ބޭރަ ނިކުމެވޭނީ އެންމެ މީހަކަށް ކަމަށާ، އެމީހަކަށްވެސް އުޅެވޭނީ އެމީހަކު ދިރިއުޅޭ ގެ ވަށައިގެން އޮންނަ ސަރަހައްދުގެ 5 ކިލޯމީޓަރު ސަރަހައްދެއްގައި ކަމަށްވެސް ވަނީ ކަނޑައަޅާފައެވެ.
ކަންމިހެން އޮތް ނަމަވެސް، ކަސްރަތު ކުރުމަށް ކޮންމެ މީހަކަށްވެސް 1 ގަޑިއިރަށް ބޭރަށް ނިކުމެވޭ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.
ކެފޭތަކާ ރެސްޓޯރަންޓްތައް ބަންދުކޮށްފައިވާއިރު، ސްކޫލްތައް ކުރިއަށް ދާނީ އޮންލައިން ޕްލެޓްފޯމުގައި ކަމަށް މައުލޫމާތު ލިބެއެވެ.
މި ހުރިހާ ފިޔަވަޅަކީ ކުރިއަށް އޮތް 6 ހަފުތާގެ މުއްދަތަށް ތަންފީޒު ކުރާނެ ފިޔަވަޅުތަކެއް ކަމަށް ޚަބަރު ލިބެއެވެ.
އޮސްޓްރޭލިއާގެ 2 ވަނައަށް އެންމެ ބައިބޯ ސިޓީ ކަމަށްވާ ވިކްޓޯރިއާގައި ކާފިއުގެ އަމުރު އިއުލާން ކޮށްފިއެވެ. ވިކްޓޯރިއާ އަކީ ސިޓީއެއްނޫން . އެއީ ސްޓޭޓެއް