ޖުލައި މަހު ޕެންޝަނުގެ ގޮތުގައި 117.5 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް މޯލްޑިވްސް ޕެންޝަން އޮފީހުގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ރިޓާޔާމަންޓް ޕެންޝަންގެ ގޮތުގައި 7.2 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ. އެއީ 1366 ޕެންޝަނަރަކަށް ދޫކޮށްފައިވާ ފައިސާ އެވެ.

އެންމެ ގިނަ އަދަދަކަށް ފައިސާ ދޫކޮށްފައިވަނީ އަސާސީ ޕެންޝަނުގެ ގޮތުގަ އެވެ. އެގޮތުން އެއީ 86.3 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ. އަސާސީ ޕެންޝަން 18172 މީހަކަށް ވަނީ ދޫކޮށްފައެވެ.

ދައުލަތުގެ ވަޒީފާތަކުން ރިޓަޔާކުރާ ފަރާތްތަކަށް 17.9 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައިވެއެވެ. ދައުލަތުގެ ވަޒީފާތަކުން ރިޓަޔަކުރާ ފަރާތްތަކަށް ދައުލަތުން ދޭ އިނާޔަތް 4022 ފަރާތަކަށް ލިބިފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

ދައުލަތުގެ އެހެނިހެން ރިޓަޔާމަންޓް އިނާޔަތްތަކުގެ ގޮތުގައި 6.1 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ވެސް ތަފާސް ހިސާބުތަކުން ދައްކައެވެ. އެއީ 3242 ޕެންޝަރަކަށް ދޫކޮށްފައިވާ ފައިސާ އެވެ.

ރިޓަޔަމަންޓް ފެންޝަން ފިޔަވައި އެހެން ޕެންޝަނާއި އިނާޔަތްތަކަކީ ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން ދެވޭ ޕެންޝަނާއި އިނާޔަތްތަކެވެ.