ސޯޝަލް ސެންޓަރުގައި އައިސް ބާތު ފެސިލިޓީ ގާއިމްކޮށްފިއެވެ.
އެކަން އިއުލާންކުރައްވަމުން މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމަންޓް އަހުމަދު މަހުލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެއީ ވަރަށް ގިނަ އެތުލީޓުންގެ ދިގު އިންތިޒާރެއް ކަމަށާއި އެކަމަށް ނިމުމެއް ގެނެވުމަކީ ވަރަށް އުފާވާ ކަމެއް ކަމަށެވެ.
އެއީ އެތުލީޓުންގެ ރިކަވަރީއަށް ނެގުނު ވަރަށް ރަނގަޅު ފިޔަވަޅެއް ކަމަށް ވެސް މިނިސްޓަރު މަހުލޫފް ވަނީ ފާހަގަ ކުރައްވާފައެވެ.
އައިސް ބާތަކީ ދުނިޔޭގެ ގިނަ ގައުމުތަކުގައި ތަމްރީން ތަކަށް ފަހު ހަށިގަނޑުގެ ރިކަވަރީއަށް އެތުލީޓުން ކުރާ ކަމެކެވެ.
މީގެ ކުރިން ޔޫތް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކުރިން އެކްޓިންސް ސްޕޯޓްސް މިނިސްޓަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވަނީ ކުރީގެ ސަރުކާރުތަކުން ކުޅިވަރުގެ ކަންކަމަށް ވަރަށް ބޮޑު އިހުމާލެއް ވެފައިވާ ކަމަށް ވިދާޅުވެފައެވެ.
އެހެން ނަމަވެސް ސަރުކާރުގައި ކުޅިވަރުގެ ކަންކަމަށް ހާއްސަ ސަމާލުކަމެއް ދެއްވާނެ ކަމަށް އަލީ ވަހީދު ވަނީ ވިދާޅުވެފައެވެ. އެގޮތުން މިހާރު ކުޅިވަރު ކުޅުމަށް ހަދާފައި ހުރި ތަންތަން ޒަމާނީ ފެންވަރެއްގައި މަރާމާތުކޮށް އެތަންތަނަކީ ކުޅިވަރުތައް ކުޅުމަށް އެންމެ އެކަށީގެންވާ ގޮތަކަށް ހެދިފައި ހުރި ތަންތަނަށް ހެދުމުގެ މަސައްކަތް ކުރައްވާ ކަމަށް އަލީ ވަހީދު ފާހަގަކުރެއްވިއެވެ. އައިސް ބާތު ފެސިލިޓީ ގާއިމު ކުރައްވަން އުޅޭ ކަން އިއުލާނު ކުރެއްވީ ވެސް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުއެވެ.