ޗައިނާގެ ވޫހާން ސިޓީގެ ރައްޔިތުން ހުސްވި ހަފުތާގައި ގެތަކުގައި ބަންދުވެގެން ތިބީ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ލޮކްޑައުން އަމުރަކާއެކުގައެއް ނޫނެވެ.

ނަމަވެސް ފަހުގެ ތާރީހުގައި އެ ސިޓީ ދުށް އެންމެ ނުރައްކާތެރި ފެންބޮޑުވުމުގެ ހާދިސާތަކާ ގުޅިގެން، ކުރިމަތިވި ނުރައްކާތަކާ އެކުގައެވެ.

ބޯކޮށް ވާރޭވެހިގެން ހިނގި ފެންބޮޑުވުމުގެ ހާދިސާތަކާ އެކު، ކޮވިޑް-19ގެ ބަލިމަޑުކަމާ ކުރިމަތިލުމަށް އިންތިހާއަށް ބޭނުން ޖެހިފައިވާ ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓް (ޕީޕީއީ) ސަޕްލައި ޗޭނަށްވެސް ވަނީ ބުރޫ އަރާފައެވެ. މިއީ ޗައިނާއިން އެމެރިކާއަށް އެކްސްޕޯޓްކުރާ ޕީޕީއީ ސަޕްލައި ޗޭނެވެ.

ކޮވިޑް-19 ގެ ކޭސްތައް އެންމެ ފުރަތަމަ ރިޕޯޓްކުރަން ފެށީ ވޫހާން، ޖިއޮގްރަފީ ގޮތުން އޮންނަނީ ޔެންގްޒީ ކޯރުގެ އައްސޭރީގައެވެ.

ޕީޕީއީ ޒާތުގެ ފޭރާން އެކްސްޕޯޓް ކުރުމަށް ޗައިނާގައި ހާއްސަކޮށްފައިވާ އެންމެ ބޮޑު ކާރުހާނާ ހުންނަނީ ވޫހާންގެ ހުޅަނގުގެ ސަރަހައްދުގައެވެ. ނަމަވެސް ފެންބޮޑުވުމުގެ ހާދިސާތަކާއެކު ޕީޕީއީގެ ސަޕްލައަށް ލޮޅުން އަރާފައިވާއިރު، 3 ހަފުތާއެއްހާ ދުވަހުގެ ޑިލޭއަކާވެސް ކުރިމަތިލާންޖެހިދާނެ ކަމަށް މިހާރު ދަނީ ޚަބަރު ލިބެމުންނެވެ.

ފަހުގެ ތާރީހުގައި ޗައިނާ ދުށް އެންމެ ބޮޑު ވިއްސާރަ ކުރަމުންދާއިރު، ހުސްވި ހަފުތާގައި އެކަނިވެސް 11.76 ބިލިއަން ޑޮލަރުގެ އިގުތިސޯދީ ގެއްލުން، އެ ގައުމަށް ލިބިފައިވާކަމަށް ޗައިނާއިން ވަނީ ރިޕޯޓްކޮށްފައެވެ.