އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ)އިން މާސް ޕްލެނަޓަށް ކުރާ ތާރީހީ ދަތުރު، ކާމިޔާބު ކަމާއެކު ފަށައިފިއެވެ.

"ހޯޕް" ނުވަތަ އުއްމީދުގެ ނަމުން ނަންދީފައިވާ މި މިޝަންގެ ފްލައިޓް އުދުއްސާލީ ޖަޕާނުގެ ތަނެގަޝީމާ ސްޕޭސްޕޯޓުންނެވެ.

500 މިލިއަން ކިލޯމީޓަރަށް ދެމިގެންދާ މި ދަތުރަކީ މާސް ޕްލެނެޓްގެ މޫސުން ދިރާސާ ކުރުމަށް ކުރާ ދަތުރެއް ކަމަށް ޚަބަރު ލިބެއެވެ.

އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ)އިން މާސް ޕްލެނަޓަށް ކުރާ ތާރީހީ ދަތުރުގެ ފްލައިޓް/ފޮޓޯ: އެމްބީއާރްއެސްސީ

ޔޫއޭއީގެ މާސް މިޝަން އުދުއްސާލާފައި މިވަނީ، މީގެ 51 އަހަރު ކުރިން، އެމެރިކާއިން ފުރަތަމަ ފަހަރަށް އިންސާނުން ގޮވައިގެން ހަނދަށް ދިއުމަށް ރޮކެޓް އުދުއްސާލި ދުވަހުއެވެ.

އެކުވެރި އަރަބި އިމާރާތުގެ ސްޕޭސް ފްލައިޓަކީ މިމަހު މާސްއަށް ދަތުރުކުރާ 3 ފްލައިޓްގެ ތެރޭގައި ހިމެނޭ ފްލައިޓެކެވެ. އެމެރިކާއާއި ޗައިނާވެސް ދަނީ މިކަމަށް މަސައްކަތްތަކެއް ކުރަމުންނެވެ. އެމެރިކާގެ ޖައްވީ އިދާރާ (ނާސާ) އިންވަނީ ޔޫއޭއީގެ މާސް މިޝަން ކާމިޔާބު ކަމާއެކު އުދުއްސާލިކަން ފާހަގަކޮށް، މަރުހަބާ ކިއާފައެވެ.

ޔޫއޭއީން މާސްއަށް ފޮނުވާލި ފްލައިޓަކީ އެ ގައުމުގެ އަމިއްލަ އުފެދުމެކެވެ. 6 އަހަރު ދުވަހުގެ މަސައްކަތް މި ފްލައިޓްގެ މަސައްކަތް ކޮށް ނިންމާލީ އެމެރިކާގެ ތަޖުރިބާކާރުންގެ ބެލުމުގެ ދަށުންނެވެ.

"ހޯޕް" މިޝަންގެ ފްލައިޓް އެނބުރި ބިމަށް އަންނާނީ 2021 ވަނަ އަހަރުގެ ފެބުރުވަރީ މަހުއެވެ. މިއީ އެކުވެރި އަރަބި އިމާރާޓް އުފެދުނުތާ 50 އަހަރު ފުރޭ މުނާސަބާވެސް މެއެވެ.