ގެވެށި އަނިޔާ އާ ދެކޮޅަށް "ގެވެށި ގުޅުން" ނަމުގައި މިނިސްޓްރީ އޮފް ޖެންޑާ ފެމިލީ އެންޑް ސޯޝަލް ސާވިސް އިން ކެމްޕޭނެއް ލޯންޗުކޮށްފިއެވެ.
ކެމްޕޭން ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަ ކަދަވަމުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވީ ގެވެށި އަނިޔާގެ ޝިކާރައަށް ވެފައިވާ ފަރާތްތަކަށް އެ މައްސަލަތައް ރިޕޯޓުކޮށް އެ މައްސަލަތަކަށް އިންސާފު ލިބުމަށް ހިތްވަރު ލިބޭފަދަ ގޮތަށް މުޅި މުޖުތަމައާއި ދައުލަތް ބައްޓަން ވެގެން ދިޔުމަކީ ކުރައްވާ އުއްމީދެއް ކަމަށެވެ.
ގެވެށި އަނިޔާއާއި އާއި ޖިންސީ ފުރައްސާރަ ތަހައްމަލު ކުރަން ޖެހިފައިވާ މީހަކަށް އިތުރަށް އަނިޔާ ތަހައްމަލުކުރަން ޖެހޭގޮތަށް އަމަލުތައް ބަހައްޓައިގެން ނުވާނެ ކަމަށާއި ގެވެށި އަނިޔާއާއި ޖިންސީ ފުރައްސާރައަކީ މުޖުތަމައުގެ އަންހެނުންނަށް ދިމާވެފައިވާ މައްސަލަތުގެ ތެރެއިން އެއް މައްސަލައަށް ވީއިރު ޖުމްލަ ގޮތެއްގައި އަންހެނުންނަށް ކުރިމަތިވެފައިވާ މައްސަލަތަކަށް އޮތް ހައްލަކީ އަންހެނުން ބާރުވެރިކުރުވުން ކަމަށް ރައީސް ވަނީ ފާހަގަ ކުރައްވާފައެވެ.
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޖެންޑާ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީ ވިދާޅުވީ އާދަޔާ ހިލާފަށް ރިޕޯޓު ކުރެވެމުން ދާ އަނިޔާގެ މައްސަލަތަކަކީ ކަންބޮޑުވާ ކަމެއް ކަމަށާއި އެ ކެމްޕެއިންގެ މަގްސަދަކީވެސް އެފަދަ ވާހަކަތައް ދައްކާ މަޝްވާރާ ކުރެވޭނެ ޕްލެޓްފޯމެއް ހޯދުން ކަމަށެވެ.
ގެވެށި އަނިޔާގެ މައްސަލަތައް ހުއްޓުވުމުގައި ފިރިހެނުން އިސް ރޯލެއް އަދާ ކުރާ ކަމަށާއި އެކަން ހުއްޓުވޭނީވެސް ފިރިހެނުންގެ ބައިވެރިވުމާއެކު ކަމަށް މިނިސްޓާގެ ވާހަކައިގައި ވަނީ ފާހަގަ ކުރައްވާފައެވެ.
އަނިޔާއާ ދެކޮޅަށް މަސައްކަތް ކުރެވޭނީ އެންމެން އެކުގައި އަތުގުޅާލައިގެން މަސައްކަތް ކޮށްގެން ކަމަށާއި އެންމެން އެކުގައި ނޫނީ ގެވެށި އަނިޔާގެ މައްސަލަތައް ނުހުއްޓުވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ އެ ކެމްޕެއިންގެ މަގުސަދަކީ ހަމައެކަނި ގެވެށި އަނިޔާގެ މައްސަލަތައް ރިކޯޑުކުރާ މިންވަރު އިތުރުވުން އެކަނި ނޫން ކަމަށެވެ. އެހެންނަމަވެސް އޭގެ ސަބަބުން އާއިލާގެ ގުޅުންތައް ރަނގަޅުވުމަކީވެސް އަމާޒެއް ކަމަށް މިނިސްޓާ ވިދާލޫވިއެވެ.
ޖެންޑާ މިނިސްޓްރީގެ އިސްނެގުމާއެކު މިއަދު ފެށި އެ ކެމްޕޭނަކީ ތިން މަހަށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކެމްޕޭނެކެވެ.