އެ އުފެއްދުންތަކެއް ތައްޔާރު ކޮށްފައި ވަނީ، ރުއް އެރުމަށް ރާމާ މަކުނު ތަމްރީނުކޮށްގެން އެއްކުރި ބާވަތްތަކުން ކަން އެނގުނު ހިސާބުން، ބޮޑެތި ސުޕާމާކެޓްތަކެއްގައި ވިއްކަން ހުރި ކުރުނބާ ފެނާ ކާށި ތެލުގެ އުފެއްދުންތައް ރެކުތަކުން ނަގައިފިއެވެ.

ޕީޕަލް ފޮ ދި އެތިކަލް ޓްރީޓްމަންޓް އޮފް އެނިމަލްސް (ޕެޓާ) އިން ހާމަކުރި ގޮތުގައި، ޖަންގަލި ހިސާބުތަކުން ރާމާ މާކުނު އަތުލައިގަނެގެން ގެނެސް، ހާއްސަ ތަމްރީނުތަކެއް ދީގެން، ދުވާލެއްގެ މައްޗަށް 1000 ކާށި/ކުރުނބާ އެޅުމަށް އެ މަކުނުތައް ވަނީ ހުނަރު ދަސްކޮށްދީފައެވެ.

ތައިލޭންޑްގައި ރުއްއަރަން ރާމާ މާކުނުތަކަށް ތަމްރީނު ދީގެން ގެންގުޅެނީ އަނިޔާވެރި ވެއްޓެއްގަ/ފޮޓޯ: ގެޓީ އިމޭޖަޒް

ޖަނަވާރުގެ ހައްގުތަކަށް ވަކާލާތު ކުރާ މި ގުރޫޕުން ބުނީ، ތައިލޭންޑްގައި ރާމާ މަކުނު ގެންގުޅޭނީ ކާށި/ކުރުނބާ އަޅާ މެޝިންތަކެއްގެ ގޮތުގައި ކަމަށެވެ. ޕެޓާ އިން ބުނީ ތައިލޭންޑްގައި މި އުސޫލުން ހިންގަމުންދިޔަ 8 ރުއްދަނޑެއް ފާހަގަކުރެވިފައި ވާ ކަމަށެވެ. އަދި ދަނޑުތަކުގެ އުފެއްދުންތަކަކީ ދުނިޔޭގެ ހުރިހާ ހިސާބަކަށް ސަޕްލައި ކުރަމުންދާ އުފެއްދުންތަކެއް ކަމަށް ވެއެވެ.

މިކަން ހާމަވުމާއެކު، ވެއިޓްރޯޒް، އޮކާޑޯ، ކޯ-އޮޕް އަދި ބޫޓްސް ފަދަ އައުޓްލެޓްތަކުން ވަނީ ބައެއް އުފެއްދުންތައް ވިއްކުން ހުއްޓާލަން އެއްބަސްވެފައެވެ.