ޒަމާންވީ 2 އަދުވުންގެ ގޮތުގައި އޮތް އިންޑިއާގައި ހުންނަ ޕާކޮސްތާނުގެ ހައިކޮމިޝަނުގައި މަސައްކަތް ކުރަމުންދާ މުވައްޒަފުންގެ ތެރެއިން 2 ބައިކުޅަ 1 ބައި ހާ މުވައްޒަފުން ޑީޕޯޓް ކުރުމުގެ މަސައްކަތް، އިންޑިއާއިން ކުރަމުންދާކަމަށް ޚަބަރު ލިބިއްޖެއެވެ.

އިންޑިއާއިން މި ޑިޕްލޮމެޓުން ޑީޕޯޓް ކުރުމުގެ މަސައްކަތް ކުރަނީ، ޓެރަރިސްޓުންނާ ގުޅުން ބޭއްވުމުގެ އިތުރުން، ޖާސޫސޫ ކުރަމުންދާ ކަމުގެ ކުށުގެ ތުހުމަތުގައެވެ.

ކަންމިހެން އޮތްއިރު، އިންޑިއާގެ ހާރިޖީ ވުޒާރާއިން ބުނީ، ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގައި ހިންނަ އިންޑިއާގެ ހައި ކޮމިޝަނުގައި މަސައްކަތްކުރާ މުވައްޒަފުންގެ އަދަދުވެސް 2 ބައިކުޅަ 1 ބައި މަދު ކުރުމަށް ނިންމާފައިވާ ކަމަށެވެ.

މިކަމާ ބެހޭ ގޮތުން، ޕާކިސްތާނުގެ ކަމާ ބެހޭ ފަރާތްތަކުން އަދި އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

މީގެ 3 ހަފުތާއެއްހާ ދުވަސް ކުރިންވެސް އިންޑިއާއިން ވަނީ ޕާކިސްތާނުގެ 2 ޑިޕްލޮމެޓަކު ގައުމުން ބޭރުކޮށްފައެވެ. އެ ޑިޕްލޮމެޓުން ބޭރުކޮށްލީ، އިންޑިއާގެ އަސްކަރިއްޔާގެ ހަރަކާތްތަކާ ގުޅޭ މައުލޫމާތު އެއް ކުރަމުންދާ ކަމުގެ ތުހުމަތުގައެވެ.

އިންޑިއާގެ މީޑިއާއާއި ހަވާލާދީ ބައިނަލްއަގުވާމީ މީޑިއާއިން ރިޕޯޓް ކުރާ ގޮތުގައި، ޕާކިސްތާނު ހައި ކޮމިޝަނުގައި ތިބި މުވައްޒަފުން ގައުމުން ބޭރު ކުރަމުންދަނީ، އިސްލާމްއާބާދުގައި މަސައްކަތް ކުރަމުންދާ އިންޑިއާގެ 2 މުވައްޒަފަކަށް ޕާކިސްތާނުން އިހާނެތިކޮށް ހިތިކަމަށް ބުނާ މައްސަލައިގެ ބަދަލު ހިފުމުގެ ގޮތުންނެވެ.