ވަޒީފާ ގެއްލިފައިވާ ފަރާތްތަކަށް ސަރުކާރުން ހައްލު ހޯދައިދިނުމަށް އެދި މަޖިލީހަށް ކުއްލި މައްސަލައެއް ޑީއާރްޕީގެ ލީޑަރު އަދި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ހުށަހަޅުއްވައިފިއެވެ.
ޖާބިރު ހުށަހަޅުއްވި ކުއްލި މައްސަލަ އަކީ ކޮވިޑް-19އާ ގުޅިގެން ރާއްޖޭގެ އެކި ސިނާއަތްތަކުގައި މަސައްކަތް ކުރި ގިނަ ޒުވާނުންތަކެއްގެ ވަޒީފައި ގެއްލިފައިވާތީ، ސަރުކާރުން އެ ފަރާތްތަކަށް ހައްލެއް ހޯދައި ދިނުމަށް އެދި ހުށަހަޅުއްވާފައިވާ މައްސަލައެކެވެ.
ޖާބިރުގެ އެ މައްސަލައިގައި ދެ ކަމެއް ފާހަގަ ކުރައްވައިފައި ވެއެވެ. އެގޮތުން ފުރަތަމަ ކަމަކީ ވަޒީފައި ގެއްލިފައިވާ ފަރާތްތަކަށް ލިބިފައިވާ ގެއްލުން ތަކުން އަރައިގަނެވެންދެން ނުވަތަ ވަޒީފާ އަދާކޮށްގެން އާމްދަނީ އެއް ލިބެން ފެށުމާ ހަމައަށް އެ ފަރާތްތަކަށް ސަރުކާރުން އިނާޔަތް ދެމުން ގެންދިއުމެވެ.
ދެވަނަ ކަމެއްގެ ގޮތުގައި ފާހަގަ ކޮށްފައި ވަނީ ފަތުރުވެރި ކަމުގެ ސިނާއަތް ރިބައުންޑް ކުރުމަށް ބޭނުންވާ ތަކެތި ވަގުތުން ގާއިމް ކޮށްދިނުމަށާއި އެކަމަށްޓަކައި ބިއުރޯއެއް އުފައްދާ ރާއްޖޭގެ ރައްޔިތުންނަށް ކޮވިޑް-19އާ ގުޅިގެން ކުރިމަތި ވެފައިވާ ދަތިތައް ހައްލު ކޮށްދިނުމުގެ މަސައްކަތް ވަގުތުން ފެށުމެވެ.
ޖާބިރު ހުށަހަޅުއްވާފައިވާ ގަރާރުގައި ބުނީ ރާއްޖޭގައި އެތައްހާސް ބައެއްގެ ވަޒީފާ ގެއްލިފައިވާ ކަމަށާއި ހާއްސަކޮށް ރިސޯޓުތަކުގައި މަސައްކަތް ކުރާ ފަރާތްތައް ފާހަގަ ކުރާ ކަމަށެވެ.
މީގެ އިތުން ޖާބިރު ހުށަހެޅުއްވި މައްސަލައިގައި ބުނީ ރާއްޖޭގެ ގިނަ ބައެއްގެ ވަޒީފާ ގެއްލުމަށް މެދުވެރިވި ސަބަބަކީ ކޮވިޑް19 އާ ގުޅިގެން ސަރުކާރުން އެޅި ފިޔަވަޅުތަކުގެ ދޯހަޅިކަމުގެ ސަބަބުން ކަމަށެވެ. ވަޒީފާ ގެއްލުނު ފަރާތްތައް އެ ހަލާތުން ސަލާމަތް ކޮށްދޭން ޖެހިފައިވާ ކަމަށާއި އެކުއްލި މައްސަލައަކީ ސަރުކާރާއި މަޖިލީސް އެކަމުގެ ސަމާލުކަމަށް ގެނައުމަށް ހުށަހަޅުއްވާ ކުއްލި މައްސަލަ އެއް ކަމަށެވެ.
ޥަޒީފާ ގެއްލުނު މީހުންނައް ކޮންމެސް އިނާޔަތެއް ދޭންޖެހޭނެ ... މިހާރުވެސް ކިތައް މީހުންގެ ވަޒީފާ އެ ގެއްލެނީ..