ކޮވިޑް-19އާ ގުޅިގެން ދައުލަތުގެ ހަރަދުތައް ކުޑަކުރުމުގެ ގޮތުން ހުރިހާ ކައުންސިލްތަކާއި ލޯކަލް ގަވާމެންޓް އޮތޯރިޓީ (އެލްޖީއޭ) އުވާލުމަށް ގޮވާލާ ޑީއާރްޕީގެ ލީޑަރު އަދި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު މަޖިލީހަށް ގަރާރެއް ހުށަހަޅުއްވައިފިއެވެ.
ޖާބިރު ހުށަހަޅުއްވާފައިވާ ގަރާރުގައި ބުނާގޮތުން ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ އެންމެހާ ސިނާއަތްތައް މުޅިން ހުއްޓި ރާއްޖޭގެ އިގްތިސޯދު ފުނޑުފުނޑުވެ ދައުލަތް ބަނގުރޫޓްވުމާއި ދިމާލަށް މިސްރާބު ޖަހާފައިވާތީ ރާއްޖޭގެ އިގްތިސޯދަށް ލިބުނު ފޫބައްދަން ދަތި ގެއްލުންތަކަށް ޒިޔާރަތްކޮށް ސަރުކާރުން ކުރަން ޖެހިފައިވާ ހަރަދުތައް ކުޑަކުރަން ޖެހިފައިވާ ކަމަށެވެ.
އެ ގަރާރުގައި އިން ނުކުރާއެއް ފާހަގަ ކޮށްފައި ވެއެވެ.
އެގޮތުން އެންމެ ފުރަތަމަ ކަމަކަށް ފާހަގަ ކޮށްފައި ވަނީ ދިވެހި ރާއްޖޭގެ ގާނޫނުއަސާސީގެ އަށްވަނަ ބާބުގައި ބަޔާންކޮށްފައިވާގޮތިގެ މަތިން ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމަށްތަކައި އުފައްދާފައިވާއެންމެހާާ އިދާރީތައް ވަގުތުން އުވާލުމަށްޓަކައި ގާނޫނު އަސާސީގެ 8 ވަނަ ބާބު އިސްލާހު ކުރުމަށެވެ.
ދެވަނަ ކަމެއްގެ ގޮތުގައި ފާހަގަ ކޮށްފައި ވަނީ ރާއްޖޭގެ ގާނޫނު އަސާސީގެ ގާނޫނު ނަންބަރު 7/2010ގެ ދަށުން ސިޓީ ކަައުންސިލް ތަކާއި އަތޮޅު ކައުންސިލް ތަކައި ރަށު ކައުންސިލްތައް ވަގުތުން އުވާލާ ކުރިއަށް އޮތް ކައުންސިލް އިންތިހަބާއި ރާއޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުން ކަށަވަރު ކުރުމުގެ ހާއްސަ ގާނޫނުވެސް އުވާ ލުމަށެވެ.
އެންމެ ފަހު ކަމެއްގެ ގޮތިގައި އެ ގަރާރުގައި ފާހަގަ ކޮށްފައި ވަނީ ގާނޫނ ު އަސާސީގެ އަށް ވަނަ ބާބުގެ ދަށުން ރާއްޖޭގައި އުފައްދާފައިވާ ސިޓީ ކައުންސިލަ ތަކާއި އަތޮޅު ކައުންސިލް ތަކާއި ރަށު ކައުނސިލްތަކުން އަދާކުަން ޖެހޭ ޒިންމާތައް އަދާކުރޭތޯ ބެލުމަށް އެލްޖީއޭ އުވާލުމަށްޓަކައި ކުރަން ޖެހޭ މަސައްކަތްތައް މަޖިލީހުގައި ވަގުތުން ފެށުމަށް މަޖިލީހުގެ އިތުރުން ރާއްޖޭގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށްވެސް ވަނީ ގޮވާލާފައެވެ.
ސާބަހޭ ޖާބިރު ތިޔަޢީ ލީޑަރަކކކކކ ކީ ، އެއި ހަމަބޭކކ ކާރުބައެއް ސަރުކކ ކާރުން ކުރާބޭކ ކާރުޙަރަދެއް އެއްވެސް ކަމެއް ރައްޔިތުންނަސް ކކކކ ކޮށްދޭބައެއްނޫ ؛