ލޮލަށް ނުފެންނަ ވަރުގެ ކުޑަކުޑަ ވައިރަހެއް ރާއްޖޭގެ ބޯޑަރު ހުރަސްކޮށް އައިސް އެރީ ރާއްޖޭގެ މައި ލޭނާރަށެވެ. ޅ. ކުރެއްދޫ ރިސޯޓުގައި ޗުއްޓީ ހޭދަކުރުމަށް މަހު، ފުރައިގެން ދިޔަ ފަތުރުވެރިޔާ ވީ، ރާއްޖެ އަށް މި ވައިރަސް ގެނައި މީހާއަށެވެ. މާޗް 7، 2020 ގައި ޕޮޒިޓިވް ވި އެ މީހާއަކީ ކޭސް ނަންބަރު 1 އެވެ.
ރާއްޖޭގެ މައި ލޭނާރު ކަމަށްވާ ފަތުރުވެރި ކަމަށް ވައިރަސް ވަނުމާ އެކު އަޑިއަޅަމުން ދިޔަ ރާއްޖޭގެ އިގްތިސޯދު ދިޔައީ ހުރި ގޮތަށް ބޯވަތަށް އަޑިއަށެވެ.
އެމްއެމްއޭގެ ތަފާސްހިސާބު ތަކަށް ބަލާއިރު މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ޔޫޒަބަލް ރިޒާވް ނުވަތަ ވަގުތުން ވަގުތަށް ބޭނުން ކުރަން ހުންނަ ރިޒާވް ހުރީ ދަށަށް ޖަހައިފަ އެވެ. ޖެނުއަރީ މަހު ހުރީ 311 މިލިއަން އެމެރިކާ ޑޮލަރެވެ. ފެބްރުއަރީ މަހު 277 މިލިއަން ޑޮލަރަށް ދަށްވި އިރު މާޗް މަހު ވަނީ 269 މިލިއަން އެމެރިކާ ޑޮލަރަށް ދަށްވެފަ އެވެ. އޭޕްރީލް މަސް ނިމުނު އިރު އެ އަދަދު ވަނީ 230 މިލިއަނަށް ވެއްޓިފައި ކަމަށް ހިސާބުތަކުން ދައްކަ އެވެ.
ވަގުތުން ވަގުތަށް ބޭނުންކުރަން ހުންނަ ފައިސާގެ ރިޒާވު 230 މިލިއަނަށް ވެއްޓުމުގެ މާނައަކީ، ރިޒާވުގައި އެހުރީ ރާއްޖެ އަށް ބޭނުންވާ މަސްދުވަހުގެ ސާމާނަށް އާންމުކޮށް އަރާ ވަރު ކަމެވެ. އެހެންވީމާ އިގްތިސޯދު ކޮޅަށް ނުޖެހޭ ވަރަށް ވެއްޓުމުގެ ކުރިން މުހިންމު ހަރުދަނާ ފިޔަވަޅުތަކެއް އަޅަން ޖެހެއެވެ.
ރައީސް ދެއްވާ އުއްމީދު
ކޮވިޑާ ގުޅިގެން ރައީސް އުފެއްދެވި "ނެޝަނަލް ޓާސްކް ފޯސް އޮން ރެސިލިއަންސް ބިލްޑިން އެންޑް އިކޮނޮމިކް ރިކަވަރީ" ގެ އިއްޔެގެ ބައްދަލުވުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އިގްތިސޯދީ އުންމީދުތަކެއް ދެއްވައިފަ އެވެ. އެ ބައްދަލުވުމުގައި ރައީސް ވިދާޅުވެފައި ވަނީ، ރާއްޖެ އަށް ދިމާވި ކޮވިޑްގެ ގިލަން ވެރިކަމުގައި ހީނަރުވި އިގްތިސޯދުން އަރައިގަންނަން މަސައްކަތް ކުރުމުގެ ފުރުސަތު މިހާރު އެބައޮތް ކަމަށެވެ.
ރައީސް ވިދާޅުވީ ކޮވިޑާ ކުރިމަތިލުމަށް ވަސީލަތުގެ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ރާއްޖޭގެ ސިއްހީ ދާއިރާގެ ގާބިލުކަން މިހާރު އިތުރު ކުރެވިފައިވާ ކަމަށެވެ.
ރައީސް އެހެން ވިދާޅުވި އިރު ރާއްޖޭގެ ސިއްހީ ދާއިރާގައި 905 ޑޮކްޓަރުންނާއި 1970 ނަރުހުން އެބަ ތިއްބެވެ. ކޮވިޑާ ގުޅިގެން ގާއިމު ކޮށްފައިވާ ޓެސްޓިން ފެސިލިޓީތަކުން ދުވާލެއްގެ މައްޗަށް 1145 ޓެސްޓް ހެދެއެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީން) ބުނީ މިހާރު ދުވާލެއްގެ މައްޗަށް ކުރެވޭ ޕީސީއާރް ޓެސްޓިން ކެޕޭސިޓީ އަންނަ މަސް ފެށުމުގެ ކުރިން އިތުރު ކުރެވޭނެ ކަމަށެވެ. ދުވާލެއްގެ މައްޗަށް 1145 ޓެސްޓު ކުރެވޭ އިރު، އެއީ ފުލުހުންގެ ލެބުން ކުރާ 145 ޓެސްޓާއި އައިޖީއެމްއެޗުން ކުރާ 500 ޓެސްޓު އަދި އޭޑީކޭއިން ކުރާ 500 ޓެސްޓެވެ.
މާލެ ސަރަހައްދުގައި ކޮވިޑް-19 އަށް ހާއްސަ ކޮށްގެން ހުޅުމާލޭ މެޑިކަލް ފެސިލިޓީ ތައްޔާރު ކޮށްފައި ވާއިރު ޓްރީޓޮޕް ހޮސްޕިޓަލް ވެސް ވަނީ މިކަމަށް ހާއްސަކޮށްފަ އެވެ. އެގޮތުން ޓްރީޓޮޕް ހޮސްޕިޓަލުގައި 100 އައިސޮލޭޝަން އެނދާއި، 100 އައިސީޔޫ އެނދު ހުރެ އެވެ. އަދި ހުޅުމާލެ މެޑިކަލް ފެސިލިޓީގައި 261 އައިސޮލޭޝަން އެނދާއި 28 އައިސީޔޫ އެނދު ހުރިއިރު، ސިއްހީ ހިދުމަތްތެރިންނަށް އެތަނުގައި ތިބެވޭނެ އިންތިޒާމު ވެސް ވަނީ ހަމަޖައްސައިފަ އެވެ.
ރާއްޖޭގެ ރީޖަނަލް ކޮވިޑް ހޮސްޕިޓަލްތައް ވެސް ވަނީ ފުރިހަމަކޮށްފަ އެވެ. އެގޮތުން ރާއްޖޭގެ ފަސް ސަރަހައްދެއްގައި ވަނީ ހަތް ފެސިލީއެއް ގާއިމްކޮށް ނިންމައިފަ އެވެ. އެއީ؛
- ފުވައްމުލައް ސިޓީ: 3 އައިސީޔޫ އެނދު،
- ސ. ހިތަދޫ: 23 އައިސީޔޫ އެނދާއި 22 އައިސޮލޭޝަން އެނދު،
- ގއ. ވިލިނގިލީ: 23 އައިޔޫ އެނދާއި 21 އައިސޮލޭޝަން އެނދު،
- ލ. ގަން: 20 އައިޔޫ އެނދާއި 23 އައިސޮލޭޝަން އެނދު،
- ބ. އޭދަފުށި: 20 އައިޔޫ އެނދާއި 37 އައިސޮލޭޝަން އެނދު،
- ށ. ފުނަދޫ: 20 އައިޔޫ އެނދާއި 37 އައިސޮލޭޝަން އެނދު އަދި
- ހއ. އިހަވަންދޫ: 3 އައިސީޔޫ އެނދު
މީގެ އިތުރުން ކޮވިޑް ރީޖަނަލް ހޮސްޕިޓަލްތަކަށް ބޭނުންވާ ސިއްހީ އާލާތްތައް ފޮނުވުމުގެ މަސައްކަތްތައް މިހާރު އަންނަނީ ކުރަމުންނެވެ.
ޕޮލިޓިކަލް ސްޓްބިލިޓީ ނުވަތަ ސިޔާސީ ހަމަޖެހުން
ރައީސް އެ ވާހަކަ ވިދާޅުވި އިރު، ކޮވިޑާ ގުޅިގެން ދިމާވި ހާލަތްތަކުގެ ސަބަބުން ދައުލަތުގެ ބަޖެޓަށް އެއް ބިލިއަން ޑޮލަރުގެ އުނިކަމެއް ވެސް ވަނީ އައިސްފަ އެވެ. އެެހެންކަމުން ދައުލަތުގެ ހަރަދުތަކާއި އާމްދަނީ އަލުން ދިރާސާކޮށް އެކުލަވާލަންޖެހޭ ކަމަށް ވެސް ރައީސް ފާހަގަ ކުރެއްވި އެވެ.
ދިވެހި ދައުލަތުގެ އާމްދަނީއާ ހަރަދުތަކުގެ ވާހަކަ ދައްކާ އިރު ބޭކާރު ހަރަދުތައް ނުކޮށް، އިސްރާފު ނުކޮށް އިގްތިސޯދު ކުރުމަކީ އެންމެ މުހިންމު އެއް ކަންތަކެވެ. ރާއްޖޭގެ ވެރިކަމުގެ ނިޒާމުތައް ހަމަޖެހިފައި އޮތްގޮތުން ދައުލަތުގެ ބަޖެޓު ނުވަތަ ސަރުކާރުގެ ފަރާތުން ފިނޭންސް މިނިސްޓަރު އެކުލަވާލައްވާ ސަޕްލިމެންޓަރީ ބަޖެޓެއް ވިޔަސް، އެ ބަޖެޓުގެ އަދަދުތަކާ ކުޅެ ހަދާ ބަޔަކު ނިޒާމުގެ ތެރޭގައި ތިބެ އެވެ. އެއީ ރައްޔިތުންގެ މަޖިލީހެވެ.
ރައްޔިތުންގެ މަޖިލީހުން ބަޖެޓް ކޮށާ، މަށާ، އެއްކޮށް، ގުނަކޮށް އަދި ގެއްލާ ހަދާއިރު، އެ ދައްކާ ވާހަކަތައް އަޑުއަހާ ކަންފަތްތަކެއް ހުރެއެވެ. ހަމަ އެހެންމެ، އެ ފައިސާ، މި ފައިސާގެ ވާހަކަ ހޫނުކޮށް، މީހުންގެ މުދާ ނަގާ، އެކިއެކި ފަރާތްތަކުން ކޮށްފައި ހުންނަ އިންވެސްޓްމަންޓްތައް އަތުލައި، ގައުމުތަކުން ދޭ މާލީ އެހީ އާއި ލޯނުތަކަކީ "ދަންތުރަ"ތައް ކަމަށް ބުނެ ސިޔާސީ ވާހަކަ ދައްކާ އިރު އެ ވާހަކަތައް އަޑުއަހަން ތިބެނީ މާލީ އެހީދޭ އިދާރާތަކާއި އެހީދޭ ގައުމުތަކާއި ރާއްޖޭގައި އިންވެސްޓްކުރަން ވިސްނައިގެން ތިބޭ ފަރާތްތަކެވެ.
ރައްޔިތުންގެ މަޖިލީހަކީ ސިޔާސީ ތަނެއް ކަމުގައި ވިޔަސް ސިޔާސީ ވާން ޖެހޭނީ ގައުމުގެ އިގްތިސޯދަށް ފަހިވާ ގޮތްގޮތަށެވެ. ސިޔާސީ ވާންވާނީ، ތިމާ އަށް ފެންނަ ފަށުން ބޮނބިގަނޑެއް އޮޔާ ދިޔަޔަސް، އެ ދަމައިގަނެ ރާއްޖޭގެ ހަފޮޅުން އެތެރެ ކުރުމުގެ ވިސްނުމުގަ އެވެ. ސިޔާސީ ހަމަޖެހުމެއް ނެތި، ގާނޫނީ ރާއްކާތެރިކަމެއް ނެތި އިންވެސްޓަރުންގެ އިތުބާރެއް ނުލިބޭނެ އެވެ.
އިގުތިސޯދު ކޮޅަށް ޖަހަން އޮތް މަގު
ރާއްޖޭގެ އިގްތިސޯދު ކޮޅަށް ޖެހުމަށްޓަކައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެ ދެއްވާ އުއްމީދަކީ ސިޔާސީ ގޮތުން ހަމަޖެހުން އޮތް ގައުމަކަށް ރާއްޖެ ހެދުމާ އެކު އިންވެސްޓަރުންނާއި އެނޫން ވެސް ފަރާތްތަކަށް ގާނޫނީ ރައްކާތެރިކަން ލިބޭނެ ގައުމެއް ކަމުގެ ޔަގީންކަން ދިނުމެވެ.
އެ އުއްމީދާ އެކު، ރާއްޖޭގެ ލޭނާރުގައި އެޅި ވައިރަސް ފިލުވާލުމަށްޓަކައި ދައުލަތުގެ ހުރިހާ ބާރުތަކެއް އެ މިސްރާބަށް، ހަތް ރިޔަލުގައި ދުއްވަން ޖެހެއެވެ. ސިޔާސީ ގޮތުން ބާރު ހޯދުމަށްޓަކައި ކޮންމެ ކަމެއްގައި ރޯނު އެދުރު ނުހެދި އާޖު ފާޖު އެނގޭ މީހުންގެ ބަސް އަހަން ޖެހެއެވެ.
އަގާ ނުބައްދަލު ބޮޑެތި ޕްރޮޖެކްޓުތައް ނެޓްވޯކް ކުންފުނިތަކަށް ދީ، ރާއްޖޭގެ ހަޒާނާގެ ފޫ ކަހާލުމުގެ ވިސްނުން ދޫކޮށްލައި، ތިމާގެ ދަރިންނާއި ދަރިންގެ ދަރީން ވެސް ދިރިއުޅެން އޮތީ، މި ދޮންވެލި ތުނޑިތައް ކަމުގައި ދެކެން ޖެހެއެވެ.
ރާއްޖޭގެ މާލީ ވަޒީރާއި ގޮރުނުދޯރު (ގަވަރުނަރު) އެއްލަވައެއް ވިދާޅުވާން ފައްޓަވަން ޖެހެއެވެ. މާލީ ބައެއް އިދާރާތަކުން ލޯ އިންޓަރެސްޓް ރޭޓު ނުވަތަ ކުޑަ އިންޓަރެސްޓެއް ލިބެން އޮއްވާ "ފްރެންޑްލީ ކަންޓްރީ" ރުއްސަން ބޮޑު އިންޓަރެސްޓްގައި ބޮރޯކުރުން ހުއްޓާލަން ޖެހެއެވެ. އިއާދަ ކުރަނިވި ހަކަތަ އާއި އުމްރާނީ ތަރައްގީ އާއި އިންސާނީ ވަސީލަތްތަކަށް އިންވެސްޓް ކުރަން ޖެހެއެވެ.
މި ހުރިހާ ކަމަކަށް ވުރެ ބޮޑަށް، ގައުމުގެ އިގުތިސޯދު ކޮޅަށް ޖެހުމުގައި އިހުލާސްތެރި ހިތަކައިގެން، ރައީސަށް އެހީތެރިވެދޭން ޖެހެ އެވެ.
ތިޔަބުނީ ހެޔޮކޮށް. މަޖިލީހޭ ކިޔާފަ އެއޮތީ އެމްޑީޕީ ހަރުގެ. އުޑެއް ބުޑެއް ދަންނަ މީހަކު އެތާކު ނެތް. އިހަށް ދުވަހުވެސް އެބުނީ ފުލުހުން ނެރެންވީ ސޯޓުބުރި ލައްވާފަ ފަޅޯ އޮނު ދީފައޯ. މި ބީތާއިންނަށް ނޭނގޭ ދެއްކޭ ނުދެއްކޭ ވާހަކަ. މި މީހުން ހީކުރަނީ މީ އިންޑިއާގެ އަވަށެއް ކަމަށް ދޯ
އިބޫ އަކީ މިފަހުން ރާއްޖެއަށް ލިބުނު ބެސްޓް ޕްރެޒިޑެންޓް. ސިޔާސީ ހުރިހާ ރަހައެއް ވަހެއް އެކުލެވޭ ކޯލީޝަން އެ ހިފަހައްޓަނީ މި ބާރު ކަނޑުގައި. އަންނި ނަމަ ހޯހޯ ގޮވާފަ ރައްކާވެއްޖައީސް
ތިބުނާ ނެޓްވޯކް ކުންފުންޏަީ އެސްޖޭ. އަމީރާއި، ކުރީގެ މިނިސްޓަރު ޝަމްހީދާއި، މިއަދު އެމްޓީސީސީން އެކަނޑާލި ސީއެފްްއޯ ހިލްމީއާ، މަޖިލީހުގެ މެންބަރު ހަމީދާ މީ ހުސް ތި ނެޓްވޯކް. ބައި އެޅޭގޮތަށް ތޮއްޑު ދޮށުން ޕްރޮޖެކްޓުރައް ދީ ހުސްކޮށްފި. ދެން އެ ނެޓްވޯކުން ބައި އެޅެނީ އެމްއެމް އެކްސްޕޯޓަށް، ސަރުކާރުގެ އެތައް ކުންފުންޏަކުން އެޑްވާންސް ފައިސާ ދީފައި ވޭ. ކޮށްދިން ކަމެއް ހަރާން. މި އުނދަގުލާ ހެދި އިބޫއަށް އެއުޅެނީ ހިންދަމައި ނުލެވިގެން.
ރޯނު އެދުރު ހެދިގެން އުޅެނީ އެއުޅޭ އަންނި. ވެރިކަން ނުލިބިގެން ހީވަނީ އެހެން ކަމެއްހެން. ރޯމަހެއް ތެޅޭހެން ތެޅެނީ. ބުނަން ވާހަކައެއް. ޖެހޭނީ ހަމަ ތެޅިތެޅި ހުންނަން.
ކޮން އުއްމީދެއްބާ؟؟؟؟