ޕާކިސްތާނުގެ ފަސްގަނޑުގައި އިންޑިއާއިން ދިން ހަމަލާތަކަކީ، އިންޑިއާގެ ސަރަހައްދީ އިން ހުރަސް ކޮށް އެގައުމަށް 'ވަދެގަތުމަކީ' އިންޑިއާއިން އެއްވެސް ހާލެއްގައި ބަލައިގަންނާނެ ކަމެއް ނޫންކަމާ، އެފަދަ ފިޔަވަޅެއް އެޅި ބަޔަކަށް އިންޑިއާއިން އަދަބު ދޭނެކަން މުޅި ދުނިޔެއަށް އަންގައިދިން ކަމެއް ކަމަށް އިންޑިއާގެ ހޯމް މިނިސްޓަރު އަމީތު ޝާހު ވިދާޅުވެއްޖެއެވެ.
މި ހަމަލާތަކަކީ ޔޫރީއާއި ޕަލްވާމާގެ ހަމަލާތަކެވެ.
އިންޑިއާގެ ބޯޑަރު ހުރަސްކޮށް އެގައުމަށް ވަދެގަތުމަކީ ކުޅޭ ކުޅިވަރެއް ނޫންކަން ބޮޑުވަޒީރު ނަރޭންދްރާ މޯދީ ވަނީ ކިތަންމެ ރަނގަޅަކަށްވެސް ދުނިޔެއަށް ދައްކަވާ ދެއްވާފައި ކަމަށް ޝާހު ވިދާޅުވެފައި މިވަނީ، އޮރިއްސާގައި ކުރިއަށްދިޔަ ވާޗުއަލް ރެލީއެއްގައި ތަގުރީރު ކުރައްވަމުންނެވެ.
އިންޑިއާގެ ބޯޑަރަށް އަތްގަދަ ކޮށްފި ބަޔަކަށް އަދަބު ދޭނެކަން ހަނދާންކޮށްދެއްވާ، ވާހަކަ ކުރިއަށް ގެންދަވަމުން ޝާހު ވިދާޅުވީ، އަސްކަރިއްޔާއިން އޮހޮރާލާ ކޮންމެ ލޭ ތިއްކެއްގެ ބަދަލު ހޯދުމުގެ ގާބިލުކަމާ އަޒުމު ލިބިފައިވާ ހަމައެކަނި ބަޔަކީ އެމެރިކާއާއި އިސްރާއީލު ކަމަށް ބައެއް މީހުންނަށް ހީވެފައި އޮންނަ ކަމަށާ، ނަމަވެސް މޯދީގެ ވެރިކަމުގައި މި ލިސްޓަށް އިންޑިއާވެސް އިތުރުވެފައިވާކަމަށެވެ.
ޝާހު މިފަދަ ރޫހެއްގައި ވާހަކަދައްކަވާފައިވާ މި ދަނޑިވަޅަކީ އިންޑިއާއާއި ޗައިނާ ހިއްސާކުރާ ބޯޑަރު ސަރަހައްދުގައި ދެގައުމުގެ އަސްކަރިއްޔާއިން ނުތަނަވަސް ކަމަށް އައިސްފައިވާ ދަނޑިވަޅެކެވެ. ސުލްހަވެރި އިމުގެ ތެރެއިން މިކަމަށް ހައްލެއް ހޯދުމަށް ދެގައުމުން ކުރެ އެއްގައުމުންވެސް ދޫދޭފަދަ ފިކުރެއް އަދި ނުގެންގުޅެއެވެ. ނަމަވެސް މިކަމާ ބެހޭ ގޮތުން ޝާހު ކަނޑައެޅިގެން ވަކި އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.
ކަލޯ އަދިވެސް ނޫސް ލިއެވޭތޯ ބަލާތި ތިއޮށް މޮޔަ ގޮވެނީ ވާނުވާ އެގި ތިބެގެން ލިއެބަލަ
މާތް ﷲ ގެ ރަޙްމަތްފުޅުން ގެރި މޯދީ ބަލި ކުރައްވައިފާދޭވެ. ގެރި މޯދީ އާއި އޭނާގެ ބައިގަނޑު ނެތި ކުރައްވައިފާދޭވެ. ގެރި މީދޫގެ ބަލާ މުސީބާތުން މުސްލިމް އުއްމަތް ސަލާމަތް ކުރައްވައިފާދޭވެ. އާމީން އާމީން އާމީން