ރައްޔިތުން މަޖިލީހުގެ ރޭގެ ޖަލްސާގައި މަޖިލީހުގެ ރިޔާސަތުގައި އިންނެވި މަޖިލިސް ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ސުލޫކު ހުންނެވީ ސަރުދާރެއް ފަދައިން ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ރޭގެ ޖަލްސާގައި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމްގެ ނަން އިއްވާ ތަޅުމުން ބޭރު ކުރަން އުމުގެ ތެރޭގައި މަޖިލިސް ތެރޭގައި ހިނގާދިޔަ ހަމަނުޖެހުންތަކާއި ގުޅިގެން ޝަހީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަޖިލިސް ތެރެއިން ޝިޔާމަށް ލިބިވަޑައިގެންނެވި އަނިޔާ ކުށްވެރި ކުރައްވާ ކަމަށެވެ.
"މިއީ މެންބަރުންތަކެއް ވެގެން މެމްބަރަކާއި މެދު މިގޮތަށް ކަންކުރި ފުރަތަމަ ފަހަރު. މަޖިލީހުގެ ރައީސްގެ ސުލޫކު ހުރީ ސަރުދާރެއް ފަދައިން،" ޝަހީމްގެ ޓްވީޓުގައި ވިދާޅުވިއެވެ.
މީގެއިތުރުން ޝަހީމް ވަނީ އެއީ ގާނޫނުއަސާސީ އަށް އިސްލާހު ގެންނަ ގޮތްތޯ ވިދާޅުވެ ސުވާލު އުފައްދަވާފައެވެ.
ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި މިރޭ ހިނގި ހަމަނުޖެހުންތަކާއި ގުޅިގެން "މާރާމާރީ" ގެ މައްސަލަ ޝިޔާމްގެ ފަރާތްޕުޅުން ވަނީ ފުލުހުންގެ މުއައްސަސާއަށް ހުށަހަޅާފައެވެ.
ސޯޝަލް މީޑިޔާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި މެންބަރު ޝިޔާމްގެ ނަން އިއްވާ އޭނާ ނެރުމަށް ސާޖެންޓް އެޓް އާމްސް މަސައްކަތް ކުރެއްވިއިރު މަޖިލީހުގެ ބައެއް އެހެން މެންބަރުން ވަނީ ޝިޔާމް ކޮއްޕާ ހައްދަވާފައެވެ. އަދި އެވަގުތު ގިނަ ބަޔަކު އަޑުގަދަކޮށް ބައެއް މެންބަރުން ޝިޔާމްގެ ގައިގައި އޮޅުލައިގެން ތިބެ މަޖިލީހުގެ ތަޅުމުން ބޭރަށް ނެރެން އުޅޭތަން ފެނެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ގަވާއިދަށް ހުރުމަތްތެރިކޮށް ނުހިއްތަވާ އަޑުގަދަ ކުރެއްވުމުގެ ސަބަބުން ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ނަން އިއްވުމަށްފަހު މަޖިލީހުގެ ތަޅުމުން ނެރެފައި ވަނީ ގާނޫނުއަސާސީ އިސްލާހު ކުރުމަށް ރޭ 1:30ގައި ޖަލްސާ ފެށިތަނާއެވެ.
އަޅުގަނޑު ހީކުރި ޝަހީމް އަކީ ވަރަށް ތަންދޮރު ދަންނަ މީހެއްކަމަށް. މަޖިލިސް ރައީސް އަކީ ސަރުކާރެއްގެ ދައުރުވެސް އަދާކުރައްވަން ޖެހޭ ބޭފުޅެއް. އެއަށްވުރެ މާ މުޑުދާރެއްނޫންތޯ ޝަހީމް މެންބަރު އުޅުއްވި ފޮތް.
ރަންނަމާރި ބޮއިގެން ހުރީ