މެލޭޝިއާގައި އެންމެ ފުރަތަމަ ކޮވިޑް19 ކޭހެއް ފެނުނީ މިދިޔަ މާޗު މަސް ތެރޭގައެވެ. ނަމަވެސް އެކަމުގައި އޭރު މެލޭޝިއާއިން ވެސް މާބޮޑު ފަރުވާލެއް ނުބެހެއްޓިއެވެ. ސަބަބަކީ އޭރު ފެނުނު ގިނަ ކޭސްތަކަކީ އިމްޕޯޓަޑް ނުވަތަ ގައުމުން ބޭރުން އައިސް ތިބި މީހުންގެ ގައިން ފެނުނު ކޭސްތަކަކަށް ވާތީއެވެ. ނަމަވެސް ކުއްލި އަކަށް މެލޭޝިއާގައި މި ވައިރަސް ހަލުވިކަމާ އެކުގައި ފެތުރި މުޅި މެލޭޝިއާ ރައްޔިތުންނާއި އެގައުމުގައި ތިބި ބޭރު އެހެން ގައުމުތަކުގެ ރައްޔިތުންނަށް ޝޮކެއް ދިނެވެ. ވައިރަހުގެ ނުރައްކާ ބޮޑުވެއްޖެކަން އެގައުމުގެ ސަރުކާރަށް ރޭކާލީ އެހިސާބުންނެވެ.

ވަގުތުން އެންމެ ފުރަތަމަވެސް އެޅި ފިޔަވަޅަކީ މުޅި ގައުމު ލޮކްޑައުން ކުރުމެވެ. އަދި ވިޔަފާރި ކުރާ ތަންތަން ބަންދު ކުރުމެވެ. ކޮލެޖުތަކާއި ސްކޫލުތައް ބަންދު ކުރިއެވެ. މީގެއިތުރުން ވެސް މަގުތަކަށް މީހުން ނިކުތުމާއި އެއް ސިޓީން އަނެއް ސިޓީ އަށް ދަތުރު ކުރުން ހުއްޓުވާލިއެވެ. މިއާ އެކު ކޮންމެ ދުވަހެއްގެ ހެނދުނު 6:00ގައި ކާރުބާރު ބޮޑުވަމުން އަންނަ މެލޭޝިއާގެ މަގުތައް ހިމޭން ކޮށްލީ ކޮވިޑް19 ވައިރަހެވެ. އެންމެން ގެއަށް ވަންނަން މަޖުބޫރު ކުރުވިއެވެ. އިތުރު ގޮތެއް ނެތެވެ. ގޭގައި ބަންދުވުން އެކަންޏެއް ނޫނެވެ. ބޮޑެތި ކޮންޑޯތަކުގައި ހުންނަ ޕޫލް އޭރިއާއާއި ޖިމްތަކާއި ޓެރަސް ފަދަ ހިތްފަސޭހަ ކޮށްލުމަށް ހަދާފައިވާ އެތައް ތަނެއް ކޮންޑޯތަކުގެ މެނޭޖުމަންޓުތަކުން ބަންދުކޮށްލީއެވެ. އެތަންތަނުގައި ދިރިއުޅޭ މީހުންގެ ސަލާމަތަށްޓަކައެވެ.

މެލޭޝިއާގައި ކޮވިޑް-19 ހޮޓްސްޕޮޓްގެ ގޮތުގައި ފާހަގަކުރެވުނު ސަރަހައްދުތަކުގެ ހުރިހާ ރަށްވެހިންގެ ޓެސްޓު ވަނީ ހަދާފަ/ފޮޓޯ: އަހުމަދު ޔުސްނީ

މެލޭޝިއާގެ ސަރުކާރުން އެޅި ފިޔަވަޅުތަކުގެ ސަބަބުން އެގައުމުގައި ދިރިއުޅޭ ރައްޔިތުންނަށް ވެސް އެތަކެއް ދަތިތަކެއް ތަހައްމަލު ކުރަން ޖެހުނެވެ. ހާއްސަކޮށް އެގައުމުގައި ދިރިއުޅޭ އެހެން ގައުމުތަކުގެ މީހުންނަށެވެ. ރާއްޖޭގެ ރައްޔިތުންގެ ތެރެއިން ގިނަ އަދަދެއްގެ ދިވެހިން އުޅެމުން އަންނަ މެލޭޝިއާ އަކީ ސައުތު އީސްޓް އޭޝިއާ ގައުމުތަކުގެ ތެރެއިން އެންމެ ގަދައަށް މިބަލި ފެތުރުނު ގައުމެވެ. ކޮންމެ ދުވަހަކުވެސް އެތައް ސަތޭކަ ބަޔަކު މި ބައްޔަށް ޕޮޒިޓިވް ވެއެވެ.

މިހާތަނަށް 7254 މީހަކަށް މެލޭޝިއާގައި މިބަލި ޖެހިފައި ވެއެވެ. އަދި މިހާތަނަށް 115 މީހަކު މި ބަލީގެ ސަބަބުން ދުނިޔެ ދޫކޮށްފައި ވާއިރު 5945 މީހަކު ވަނީ ބަލިން ރަނގަޅު ވެފައެވެ. ތަފާސް ހިސާބުން ދައްކާ ގޮތުގައި މިހާރު މި ބައްޔަށް މެލޭޝިއާގައި ފަރުވާ ދެމުން އަންނަނީ 1185 މީހަކަށެވެ. ދުވާލަކު އެތައް ސަތޭކަ ބަޔަކަށް ބަލި ޖެހުނު މެލޭޝިއާގައި މިހާރު ބަލި ޖެހޭ މީހުންގެ އެވްރެޖަކީ 50 އާއި 60 ދެމެދެވެ. އެހެން ކަމުން މިއީ އެ ގައުމުން އެޅި ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން ނިކުތް ނަތީޖާއެވެ.

މެލޭޝިއާގެ އާ ބޮޑުވަޒީރު ބާޒާރު ކުރައްވަނީ

މީގެކުރިން ތިން ފަހަރެއްގެ މަތިން ލޮކްޑައުންގެ މުއްދަތު އިތުރުކުރިއެވެ. ފިހާރަތަކާއި އަދިވެސް އެހެނިހެން ވިޔަފާރި ތަންތަނަށް ހުއްދަ ދީފައި ވަނީ މިމަހުގެ 12 ވަނަ ދުވަހުއެވެ. ނަމަވެސް އެއީވެސް ހާއްސަ ރައްކާތެރި ކަމުގެ ފިޔަވަޅުތަކާ އެކުގައެވެ. އެއްވެސް ސުޕާ މާޓަކަށް ކިތަންމެ އަވަހަކަށް އެއްޗެއް ގަތުމަށް ދިޔަ ނަމަވެސް ހަށިގަނޑުގައި ހުން ހުރި ވަރު ބަލައެވެ. އަދި އެހެން ވިޔަފާރިތައް ހުޅުވާލި ނަމަވެސް އާއްމުކޮށް ހުޅުވާފައި ބަންދު ކުރާ އިރަށް ވުރެ އަވަހަށް ބަންދު ކުރެއެވެ. ގިނަ މީހުން އެތަން ތަނަށް އަދިވެސް ނުދެއެވެ. އެއްގަމު އުޅަނދުފަހަރު ދުއްވުމުގެ ހުއްދަ ދިން ނަމަވެސް ކޮންމެ ރެއެއްގެ ވެސް ރޭގަނޑު 20:00 އަކީ ކާފިއުގެ ވަގުތުތަކެވެ. އެގަޑީގައި ބޭރުގައި އުޅޭ ނަމަ ވަގުތުން އެމީހަކަށް ފިޔަވަޅު އަޅައެވެ. ނަސޭހަތެއް ދޭކަށް ނުހަދައެވެ. ހަރުކަށި އެ ފިޔަވަޅުތަކުން މިއަދު މިވަނީ މެލޭޝިއާ އަށް ބޮޑުތަނުން މިބަލި ކޮންޓްރޯލް ކުރެވިފައެވެ.

އެއްވެސް ސުޕާ މާޓަކަށް ކިތަންމެ އަވަހަކަށް އެއްޗެއް ގަތުމަށް ދިޔަ ނަމަވެސް ހަށިގަނޑުގައި ހުން ހުރި ވަރު ބަލައެވެ. އަދި އެހެން ވިޔަފާރިތައް ހުޅުވާލި ނަމަވެސް އާއްމުކޮށް ހުޅުވާފައި ބަންދު ކުރާ އިރަށް ވުރެ އަވަހަށް ބަންދު ކުރެއެވެ. ގިނަ މީހުން އެތަން ތަނަށް އަދިވެސް ނުދެއެވެ. އެއްގަމު އުޅަނދުފަހަރު ދުއްވުމުގެ ހުއްދަ ދިން ނަމަވެސް ކޮންމެ ރެއެއްގެ ވެސް ރޭގަނޑު 20:00 އަކީ ކާފިއުގެ ވަގުތުތަކެވެ. އެގަޑީގައި ބޭރުގައި އުޅޭ ނަމަ ވަގުތުން އެމީހަކަށް ފިޔަވަޅު އަޅައެވެ. ނަސޭހަތެއް ދޭކަށް ނުހަދައެވެ. ހަރުކަށި އެ ފިޔަވަޅުތަކުން މިއަދު މިވަނީ މެލޭޝިއާ އަށް ބޮޑުތަނުން މިބަލި ކޮންޓްރޯލް ކުރެވިފައެވެ.

މީގެއިތުރުން މެލޭޝިއާގައި ކާރަކަށް އެރެނީ އެންމެ މީހަކަށެވެ. ދެމީހަކު އެއްކޮށް ތަނަކަށް ދާން ބޭނުންވިއަސް އެކަން ކުރެވޭނެ ގޮތެއް ނޯވެއެވެ. ޑްރައިވަރުން ތިބެނީ، ފުލުހުން އެމީހުންނަށް އަޅާފާނެ ފިޔަވަޅުތަކަށް ސަމާލުވެ އަމުރުތަކަށް ކިޔަމަން ވެގެންނެވެ. އެއްވެސް ފިހާރައަކަށް އެކުގައި ދާ ދެމީހުން ނަކަށް ނުވަދެވެއެވެ. އަދި އެއީ އެކުގައި ދިޔަ ދެމީހުންކަން އެނގޭ ހިސާބުން އެމީހުންނަށް ފިޔަވަޅު އަޅައެވެ.

މާޗް 13، 2020 ގައި މެލޭޝިއާގެ ވެރިރަށް ކުއާލަ ލަމަޕޫރުގެ މިސްކިތަކަށް ހުކުރު ނަމާދަށް ދިޔަ މީހަކު މާސްކެއް އަޅައިގެން/ފޮޓޯ: އީޕީއޭ

މިއީ މި ބަލި އެންމެ ގަދައަށް ފެނުނު ގައުމުތަކުގައި ވެސް އެޅި ފިޔަވަޅުތަކެވެ. ރާއްޖެއިން ވެސް ކޮވިޑް19 ފެނިފައިވާ މި ދަނޑިވަޅުގައި މިސާލަކަށް ބަލަންވީ މި ގައުމުތަކެވެ. ކޮވިޑް19 ވެރިރަށް މާލެއިން ފެނުމާ އެކުގައި ލޮކްޑައުން ކުރި ނަމަވެސް ރާއްޖެއަކީ ވަކިވަކިން އޮންނަ ރަށްތަކެއްގެ މައްޗަށް އެކުލެވިފައިވާ ގައުމެއް ކަމުން އެހެން ރަށްރަށަށް ފިޔަވަޅު އެޅުން މަޑު ޖެހުނެވެ.

ކާފިއުއެއް އިއުލާން ކުރި ނަމަވެސް އެއީ އެހާ ހަރުކަށި ކާފިއުއަކަށް ނުވިއެވެ. ލޮކްޑައުންގެ މިހާލަތުގައި އަދިވެސް ހުއްދަ ނެތި އަމުރާ ހިލާފަށް މީހުން މަގުތަކަށް ނިކުންނަނީއެވެ. ފިޔަވަޅުތައް ހަރުކަށި ވި ވަރަކަށް ރައްޔިތުން އެކަން ކަމަށް ޖެހިލުން ވާކަން މެލޭޝިއާ ފަދަ ތަންތަނުގައި އެޅި ފިޔަވަޅުތަކާއި ލިބިގެން ދިޔަ ނަތީޖާތަކުން އެބަ ހާމަވެއެވެ.

ކޮވިޑް-19އާ ގުޅިގެން މެލޭޝިއާ ލޮކްޑައުން ހާލަތުގައި/ފޮޓޯ: ނިއްކޭއި އޭޝަން ރިވިއު

މިއަދު ރާއްޖެވެސް ނިއު ނޯމަލް އަކަށް ތައްޔާރު ވަނީއެވެ. ނަމަވެސް މެލޭޝިއާ އިން މިބަލި ޖެހުނު މީހުންގެ އަދަދާއި އެހެން ގައުމުތަކުގައި މިބަލި ޖެހުނު މީހުންގެ އަދަދަށް ބަލާލަމާ ހެއްޔެވެ. މާޗު މަހުން ފެށިގެން މެލޭޝިއާ އޮތީ އަންނަ މަހުގެ 9 ވަނަ ދުވަހާއި ހަމައަށް ލޮކްޑައުން ކޮށްފައެވެ. ރާއްޖެއިން ކޮމިއުނިޓީ ސްޕްރެޑެއްގެ ގޮތުގައި މިބަލި ފެނުނީ މިދިޔަ މަހުގެ 15 ވަނަ ދުވަހެވެ. މާޗު މަހުގެ މެދެއްހާ ހިސާބުގައި ސަރުކާރު އޮފީސްތަކާއި އަދިވެސް އެހެން ބައެއް ހިދުމަތްތައް މެދުކަނޑާލިއެވެ. ނަމަވެސް މިއަދު ރާއްޖެއިން އުޅެނީ ނިއު ނޯމަލްގެ ގޮތުގައި ރާއްޖެ ހުޅުވާލާށެވެ. އަދިވެސް ބަލި ޖެހޭ މީހުންގެ ނިސްބަތް އަންނަނީ އިތުރު ވަމުންނެވެ. މާދަމާ ނިއު ނޯމަލްގެ ގޮތުގައި ރާއްޖެ ހުޅުވާ އިރު އެންމެ ބޮޑަށް ބަލި ފެތުރުނު ގައުމުތަކުން އަދިވެސް އެޅި ފިޔަވަޅުތައް ލުޔެއް ނުދެއެވެ. ސަބަބަކީ ބަލީގެ ގޮތުން އަނެއްކާވެސް އިތުރަށް ބަލި ޖެހުމުގެ ފުރުސަތު އޮތުމުންނެވެ.

އެހެން ގައުމުތަކުން ވިސްނަނީ މިއަދަކަށް ނޫނެވެ. އެއީ އެތައް މިލިއަން މީހުން ދިރިއުޅޭ ބޮޑެތި އާބާދީތަކެވެ. މިލިއަނުން މީހުން އުޅޭ މި ގައުމުތަކުގެ އިގްތިސޯދަށް ރާއްޖެއަށް ވުރެ މާބޮޑެތި އަސަރުތަކެއް ކުރާނެއެވެ. ނަމަވެސް އެމީހުން ވިސްނަނީ މާދަމާއަށެވެ. އެހެންވީމައި ރާއްޖެއިން ލޮކްޑައުންނަށް ލުއި ދިނުމުގެ ކުރިން ދެވަނަ ވިސްނުމަކަށް ދާން ޖެހެއެވެ.