ލޮކްޑައުންގައި ގޭގައި ހުރެގެން ފަލަވާ ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ. އެއްބަޔަކު ޑައިޓް ކުރާއިރު އަނެއް ބަޔަކު ގޭގައި ކަސްރަތުކޮށްވެސް އުޅެއެވެ.

ޑައިޓުގައި ހިކުމަށް ފޮނިއެއްޗެއް ރޯދަމަހު އަނގައަށް ނުލާ މީހުންވެސް އުޅެއެވެ. އެހެނަށް ޑައިޓުގައިވެސް ފޮނި އެއްޗެހި ކެވޭނެއެވެ.

ޑައިޓުގައި ވެސް ފޮނި އެއްޗެއް ކާން ބޭނުންތޯ؟ އޯޓްމީލް ކޭކް ތައްޔާރުކޮށްލާ!

ބޭނުންވާ ތަކެތި:

  • 1 ޖޯޑު އޯޓްސް
  • 1، 1/4 ހޫނުފެން
  • 1/2 ޖޯޑު ތެޔޮ ނުވަތަ ބަޓަރު
  • 1 ޖޯޑު ހަކުރު
  • 2 ބިސް
  • 1 މޭޒުމަތީ ސަމްސަލުގެ ވެނީލާ އެސެންސް
  • 1، 1/2 ޖޯޑުގެ ފުށް
  • 1 މޭޒުމަތީ ސަމްސަލުގެ ބޭކިން ސޮޑާ
  • 1/2 މޭޒުމަތީ ސަމްސަލުގެ ލޮނު
  • 3/4 މޭޒުމަތީ ސަމްސަލުގެ ފޮނިތޮށި (މުގުރާފަ)
  • ޓޮޕިންގް ތައްޔާރުކުރުމަށް ބޭނުންވާ ތަކެތި:
  • 1/4 ޖޯޑުގެ ބަޓާ ނުވަތަ މައިޖިރިން (ދިޔާކޮށްފައި)
  • 1/2 ޖޯޑުގެ ހަކުރުު
  • 3 މޭޒުމަތީ ސަމަސަލުގެ ކިރު
  • 3/4 ޖޯޑުގެ ހުނި (ކިރު ފެލާފައި)
  • 1/3 ޖޯޑު ވޯލްނަޓް (ބޭނުންނަމަ)

ތައްޔާރުކުރާނެ ގޮތް:

ބޯތަށްޓަކަށް އޯޓްސް އަޅާ އޭގެ ތެރެއަށް ފެން އެޅުމަށްފަހު 20 މިނެޓް ވަންދެން ބަހައްޓާށެވެ. ކުޑަކޮށް އޯޓްސް ކޮޅު ފޯކޮށްލުމަށެވެ. އެއަށްފަހު ތެލާއި ހަކުރާއި ބިހާއި ފޮނިތޮއްޓާއި ވެނީލާ އެސެންސް އަޅައިގެން ރަނގަޅަށް ގިރާލާށެވެ.

އިތުރު ބޯތައްޓަކަށް ފުށާއި ބޭކިން ސޮޑާ އަދި ލޮނު އަޅާ ރަނގަޅަށް އެއްކޮށްލާށެވެ. ދެން ކުރިން ތައްޔާރުކުރި އޯޓްމީލް ކޮޅު ތައްޔާރު ކުރި ތަށްޓަށް އަޅާލުމަށް ފަހު އޭގެ ތެރޭ އެއްކޮށްލާ، ތައްޔާރުކުރި ފުށްކޮޅުގެ ތެރޭ މޮޑެލާ، ރަނގަޅަށް އެއްކޮށްލާށެވެ. މާ ގިނައިރު ވެއްޖެނަމަ ކޭކު ރޫޅޭނެއެވެ.

ޓްރޭގައި ކުޑަ ތެޔޮ ފޮދެއް ނުވަތަ ބަޓާ ކޮޅެއް އުނގުޅުމަށްފަހު ބޭކިން ޕޭޕާ ޓްރޭގައިލާ އަވަން 350 ޑިގްރީގައި ބަހައްޓައިގެން 35 މިނެޓް ވަންދެން ފިހާށެވެ.

އަވަންގައި ޓްރޭ ބަހައްޓައިގެން ކޭކު ފިހެވެމުންދާ ގަޑީގައި ޓޮޕިންގްސް އަށް އަޅަން ބޭނުންވާ އެއްޗެހި އަޅާށެވެ. މަޑު މުށި ކުލަ އަރަންދެން ފިހެލާށެވެ. ބޭނުންނަމަ ކެއުމަށް ނެގުމުގެ ކުރިން ފިނިކޮށްލާށެވެ.