ރާއްޖެއިން ކޮވިޑް19 ޖެހުނު މީހުންގެ ތެރެއިން އިތުރު 6 މީހަކު ބަލިން ރަނގަޅު ވެއްޖެއެވެ. މިހާރު ޖުމްލަ އަކީ 46 އެވެ.
ދަރުބާރުގޭގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އައިޖީއެމްއެޗުގެ ޑޮކްޓަރު އިބްރާހީމް އަފްޒަލް ވިދާޅުވީ ޕޮޒިޓިވްވި މީހުންގެ ތެރެއިން ރަނގަޅުވި 6 މީހުންނަކީ ހުސް ދިވެހިން ކަމަށެވެ. އެއީ ފަސް ފިރިހެނުންނާއި އެއް އަންހެނަކު ކަމަށް އަފްޒަލް ވިދާޅުވިއެވެ.
އެހެންކަމުން މިހާތަނަށް ރާއްޖެއިން މިބަލިން 32 ދިވެހީންނާއި 14 ބިދޭސީންނާއި އެކު ޖުމްލަ 46 މީހަކު ވަނީ ބަލިން އެއްކޮށް ރަނގަޅުވެފައެވެ.
މި ބަލިން 40 މީހަކު މިހާތަނަށް ރަނގަޅުވިއިރު މިއަދު އެކަނިވެސް 27 މީހަކަށް ރާއްޖެއިން ވަނީ ކޮވިޑް ޖެހިފައެވެ. އެއާއިއެކު މުޅި ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު 982 އަށް ވަނީ އަރާފައެވެ.
މިހާތަނަށް އައި އިރު ރާއްޖެއިން މި ބަލި ޖެހިގެން ހަތަރު މީހަކު ވަނީ މަރުވެފައެވެ. އޭގެތެރޭގައި ހިމެނެނީ 83 އަހަރުގެ ދިވެހި އަންހެނަކާއި 33 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކާއި 80 އަހަރުގެ ދިވެހި ފިރިހެނެއްގެ އިތުރުން 88 އަހަރުގެ ދިވެހި ފިރިހެނެކެވެ.