މިހާރުގެ ހާލަތުގައިވެސް 900 މީހުން މަރުވާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށް ޑރ. ޝީނާ މޫސާ ވިދާޅުވެއްޖެއެވެ. ކުރިން އަންދާޒާ ކުރީ 2000 މީހުން މަރުވާނެ ކަމަށެވެ. ޑރ. ޝީނާ މިހެން ވިދާޅުވީ މިރޭ ދަރުބާރުގޭގައި ކުރިއަށް ދާ ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ރާއްޖެއިން ކޮވިޑް ފެނި ކޮމިއުނިޓީ ސްޕްރެޑް (ގައިން ގަޔަށް އެރުން) ފެތުރެއްނ ފެށިފަހުން ޑރ. ޝީނާ ހެއްދި އަންޒާދާގައި ލަފާ ކުރެއްވީ އަލާނުލާއި ދޫކޮށްލައިފި ނަމަ 2000 މީހުން މަރުވާނެ ކަމަށެވެ.

ޑރ. ޝީނާގެ އެ އަންދާޒާ މިއަދު ބަދަލު ކުރެއްވީ، ރާއްޖެއިން ކޮވިޑް މެނޭޖު ކުރުން (ކޮވިޑާ ގުޅިގެން އަޅަމުން ދާ ފިޔަވަޅުތައް) ކުރިއަށް ގެންދާ ގޮތައް އިޝާރާތް ކުރައްވައެވެ.

"މިހާރުގެ މި ޕްރޮޖެކްޝަންގައި އަޅުގަނޑުމެން އެސްޓިމޭޓު ކުރީ އެންމެ ފުރަތަމަ ކޮމިއުނިޓީ ސްޕްރެޑު ފެތުރުނު އިރު ގާތްގަނޑަކަށް 2000. އެކަމަކު މިހާރުގެ މި އެސްޓިިމޭޓުން ލެސް ދޭން 900"
ޑރ. ޝީނާ

ޑރ. ޝީނާ ވިދާޅުވީ، ބަލިޖެހޭ ނިސްބަތް ދަށްކޮށް ފެންނަނީ ލޮކްޑައުންގައި އޮތުމުން ކަމަށާއި، އެޗްޕީއޭގެ އިރުޝާދުތައް ރައްޔިތުން އަޑުއަހާތީ ކަމަށެވެ.

ނަމަވެސް ލޮކްޑައުންގެ 14 ދުވަސް ނިމި، އަންނަ ހަފްތާގެ ފަހުކޮޅު ނުވަތަ މެއި މަހުގެ 30 އަދި 31 ގައި ޕީކަށް އަރާނެ ކަމަށް ލަފާ ކުރައްވާ ޑރ. ޝީނާ ހެއްދެވި އަންދާޒާ ބުނަނީ މިހާރު އޮތް ހާލަތުގައި ގޮސް ނިމޭއިރު 900 މީހުން މަރުވާނެ ކަމަށެވެ.

ޑރ. ޝީނާ ހައްދަވާފައި ވާ އަންދާޒާއިން ފެންނަ ގޮތުން މިއަހަރުގެ ސެޕްޓެމްބަރާ ހަމައަށް ރާއްޖެއިން ކޮވިޑްގެ ބަލި މީހުން ފެންނަމުން ދާނެއެވެ. އޭނާ ވިދާޅުވީ، ކޮވިޑަކީ، ސީޒަނަލްކޮށް އަންނަ ބައްޔެއް ކަމެއް ނުވަތަ އެ ބައްޔާ ގުޅޭ ގިނަ މައުލޫމާތު ނެތުމުން، ރާއްޖެއިން ބަލި އަވަހަށް ނެތިގެން ދާނެ ކަމަށް ގަބޫލު ނުކުރެއްވޭ ކަމަށެވެ. އެހެން ކަމުން އަންދާޒާ ކުރެވޭ ޕީކް ދުވަސްތަކުގައި ނުވަތަ ދުވަހުގައި މަދުވެގެން 34 މީހުން ހޮސްޕިޓަލުގައި އެޑްމިތް ކުރަން ޖެހޭނެ ކަމަށާއި، 12 މީހަކު އައިސޫޔޫއަށް ލާން ޖެހޭނެ ކަމަށެވެ. އަދި ޕީކް 14 ދުވަހަށް ދެމިގެން ގޮސްފިނަމަ، 6804 މީހަކު ބަލިވާނެ ކަމަށާއި، 281 މީހަކު ހޮސްޕިޓަލުގައި އެޑްމިޓް ކުރަން ޖެހޭނެ ކަމަށެވެ. އަދި 14 ދުވަސް ތެރޭ 101 މީހަކަށް އައިސީޔޫގައި ފަރުވާ ދޭން ޖެހޭނެ ކަމަށްވެސް ޑރ. ޝީނާގެ އަންދާޒާ ދައްކައެވެ.

ރާއްޖޭގެ ކޮވިޑްގެ މުޅި މަންޒަރަށް ބަލާނަމަ، ޖުމްލަ 77000 އަށް ވުރެ ގިނަ މީހުން ޕޮޒިޓިވް ވާނެ ކަމަށާއި، 13000 އަށް ވުރެ ގިނަ މީހުން ހޮސްޕޮޓަލުގައި އެޑްމިޓްކޮށް 5000 އަށް ވުރެ ގިނަ މީހުން އައިސީޔޫއަށް ލާން ޖެހޭނެ ކަމަށްވެސް ބުނެއެވެ.

މިހާތަނަށް ރާއްޖެއިން ޕޮޒިޓިވް ވެފައި ވާ މީހުންގެ ޖުމްލަ އަކީ 642 އެވެ. އެއީ މިވަގުތު ބަލި މީހުންގެ ގޮތުގައި 618 މީހުން އެބަތިއްބެވެ.