ނ. އަތޮޅު މަނަދޫއިން މާލެއަށް ގެނައި ބަލި މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
"ދަ ޕްރެސް" އަށް މައުޅުމާތު ދެމުން މަނަދޫ އަތޮޅު ކައުންސިލްގެ ރައީސް އަލީ ޒާފިރް ވިދާޅުވީ މަނަދޫން މީހަކު ޕޮޒިޓިވް ވެފައިވާ ކަމުގެ ލިޔުން އެޗްޕީއޭން ފޮނުވާފައިވާ ކަމަށެވެ.
ޕޮޒިޓިވްވެފައި ވަނީ އަންހެނެއް ކަމަށާއި އޭނާ ޕޮޒިޓިވްވި ކަން އެނގިފައި ވަނީ މާލެ ގެނައުމަށް ފަހު ޓެސްޓު ކުރުމުން ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާގެ ކިބައިން ކޮވިޑް ގެ އަލާމާތްތައް ފެންނަން ހުރި ކަމެއް ނުވަތަ ނޫން ކަމެއް ޔަގީން ކަމާއެކު ބުނަން ނޭނަގޭ ކަމަށްވެސް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.
މާލެ އައިސް އޭނާ ދެއްކީ އައިޖީއެމްއެޗްގެ އިމަޖެންސީއަށެވެ. އެތަނުން އޭނާގެ ޓެސްޓް ހަދާ ދޫކޮށްލި ފަހުން ޕޮޒިޓިވް ކަން ވަނީ އެނގިފައެވެ. އެއީ އުމުރުން 80 އަހަރުގެ މީހެކެވެ. މިދިޔަ މާޗް މަހު 25 ގައި އޮޕަރޭޝަނެއް ކުރުމަށް ފަހު އަނބުރާ ރަށަށް ގޮސްފައިވާ މީހެއްވެސް މެއެވެ. އޭގެ ފަހުން އިތުރު ތަނަކަށް ރަށުން ބޭރަށް ދަތުރު ކޮށްފައި ނުވާ ކަމަށްވެސް މައުލޫމާތު ލިބެއެވެ.
އޭނާ ރަށުން ޑޮކްޓަރަށް ދެއްކީ މިދިޔަ އޭޕްރީލް މަހުގެ 29 ވަނަ ދުވަހު ކަމަށާއި އޭނާއަކީ ކޮވިޑް-19އަށް ޝައްކު ކުރެވިގެން ފަރުވާދިން ބަލިމީހެއް ނޫންކަމަށްވެސް މައުލޫމާތު ލިބެއެވެ.
އެ މީހާގެ ހާލު ބޮޑުވެގެން ބުރާސްފަތި ދުވަހުގެރޭ އޭނާ މާލެ ގެނެވިފައި ވާއިރު، ހުން ހުރުމާއެކު އައިޖީއެމްއެޗުން ކޮވިޑް-19 އަށް ޓެސްޓް ކުރި ކަމަށާއި، ޕޮޒިޓިވްވިކަން އެނގިފައިވަނީ ހުކުރު ދުވަހުގެ ހަވީރު ކަމަށްވެސް މައުލޫމާތު ލިބެއެވެ. އޭރު އޭނާ ހުރީ ގެސްހައުސްއެއްގައި ކަމަށް މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަފްޒަމް ވިދާޅުވިއެވެ.
މަނަދޫ އިން މާލެއަށް ގެނައި ބަލި މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވާއިރު، މިހާތަނަށް ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 475 އަށް އަރާފައެވެ. މީގެތެރެއިން 150 މީހުންނަކީ ބިދޭސީންނެވެ. ރާއްޖެއިން އެކަކު ވަނީ މި ބަލީގައި މަރުވެފައެވެ.
ތި ފޮޓޯގަ ތި ފެންނަނީ ށ. ފުނަދޫ
މީ ފުނަދޫ ފޮޓޯއެއް... މަނަދޫ އެއް ނޫން