އޯރިއޯ ޗޮކޮލެޓް ކޭކަކީ މަދު ތަކެތިން ފަސޭހައިން ތައްޔާރު ކޮށްލެވޭނެ އެއްޗެކެވެ. މަދު ވަގުތު ކޮޅެއްގައި ފޮނި ކާ އެއްޗެއް ހަދާލަން ބޭނުންނަމަ މި ރެސިޕީ ތައްޔާރު ކޮށްލާށެވެ.

ބޭނުންވާ ތެކެތި:

  • 2 ބޮނޑި އޯރިއޯ ބިސްކޯދު
  • 1 ޖޯޑު ކިރު
  • ޗޮކޮލެޓް ސޯސް

ތައްޔާރު ކުރާނެ ގޮތް:

ބިސްކޯދުތަކުން ކްރީމް ކޮޅު ނެގުމަށް ފަހު މިކްސްޗަރަށް އަޅާ ރަނގަޅށް ފުނޑު ވަންދެން މިކްސް ކޮށްލާށެވެ.

ފުނޑު ކުރި ބިސްކޯދުތައް ތައްޓަކަށް އެޅުމަށް ފަހު މަޑުމަޑުން ކިރު އަޅާ އެއްކޮށްލާށެވެ.

އޯރިއޯ ޗޮކޮލެޓް ކޭކް ތައްޔާރު ކުރާނެ ގޮތް

ކޭކު ފިހުމަށްޓަކައި، ރަނގަޅަށް އެއްވުމުން އޭގެ ތެރެއިން 1/2 ތަށްޓަކަށް އަޅާށެވެ. އެއަށް ފަހު ތެއްޔެއްގައި ފެން ހޫނު ކުރުމަށް ފަހު އާވީގައި ކައްކާލާށެވެ. 5 މިނިޓަށް ކެއްކުމަށް ފަހު އޯރިއޯގެ ކްރީމްތަށް ފިހެފައިވާ ކޭކްގެ މަތީގައި އަތުރާލާށެވެ.

ބާކީ ހުރި 1/2 ގެ ކޭކް މިކްސް އޯރިއޯ ކްރީމްގެ މައްޗަށް އަޅާލާށެވެ. އެއަށްފަހު މަތި ޖަހާ އިތުރު 5 މިނެޓަށް ކައްކާލާށެވެ.

އޯރިއޯ ޗޮކޮލެޓް ކޭކް ތައްޔާރު ކުރާނެ ގޮތް

ދެން އޭގެ މައްޗަށް ޗޮކޮލެޓް ސޯސް އަޅާ އޯރިއޯ ކޮޅެއް މަތީގައި އަޅާލާށެވެ ނުވަތަ ރީތިކޮށް އަތުލާލާށެވެ. ކޭކު ކެއުމުގެ ކުރިން ފިނިކޮށްލައިފިނަމަ މީރުވާނެވެ.