ވަޒީފާއިން ވަކިކުރި ފަރާތްތަކަށް މަހަކު 5000 ރުފިޔާ ދޭން ނިންމައިފި އެވެ. ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީގައި ވާހަކަ ދައްކަވަމުން އިކޮނޮމިކް މިނިސްޓަރު އުސްތާޒު ފައްޔާޒު އިސްމާއިލް ވިދާޅުވީ، އެ 5000 ރުފިޔާއަކީ، ކޮވިޑްގެ މިހާލަތާ ގުޅިގެން ވަޒީފާ ގެއްލުނު ފަރާތްތަކަށް ދޭ އިނާޔަކެއް ކަމަށެވެ.

އަދި މި އިނާޔަތް ދެނީ އެޕްރީލް، މެއި އަދި ޖޫން އަށެވެ.

"ކުރިއަށް އޮތް ތަނަށް އަލުން އަޅުގަނޑުމެންގެ ހާލަތަށް ރިޔާއަތް ކޮށް ރިވިއުކޮށް ފައިސާ ހޯދަނެ ގޮތް ގޮތް ހޯދާއިގެން އެކަންކަން ކުރާނީ"
ފައްޔާޒު

ކޮވިޑާ ގުޅިގެން ވަޒީފާ ގެއްލުނު ފަރާތްތައް ރަޖިސްޓާ ކުރަން ހުޅުވާލުމުން، ޖޮބް ސެންޓަރުގައި 1300 އަށް ވުރެ ގިނަ މީހުން ރަޖިސްޓާ ކުރިއެވެ. ފައްޒާޒު ވިދާޅުވީ އޭގެ ތެރޭގައި ނޯޕޭއަށް ދިޔަ މީހުނާއި، ވަޒީފާ ގެއްލުނު މީހުންނާއި މުސާރަ ދަށްކުރި ފަރާތްތައް ރަޖިސްޓާ ކޮށްފައިވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، ޖޮބްސެންޓަރުގައި ރަޖިސްޓާ ވުމަށް ހުޅުވާލި ފުރުސަތުގައި ރަޖިސްޓާ ވާން ބޭނުން ކުރަންޖެހޭ އެއް އެޕްލިކޭޝަނަކީ އީފާސް ކަމަށް ވުމުން ބައެއް ފަރާތްތަކަށް އުނދަގޫތައް ދިމާވެގެން އީފާސް ނުލައި އެކަން ކުރަން މަސައްކަތް ކުރެއްވި ކަމަށެވެ. ނަމަވެސް ސްކޭމް ލިބެން ފެށުމުން އަނެއްކާވެސް އީފާސް ބެނުން ކުރާ ގޮތަށް ހެއްދެވި ކަމަށެވެ.

ކޮވިޑާ ގުޅިގެން ރާއްޖެ ލޮކްޑައުން ވުމާއެކު އެތައް ދާއިރާއެއްގެ މުވައްޒަފުންގެ ވަޒީފާތައް ގެއްލި، މުވައްޒަފުންނަށް ބޮޑެތި ދަތިތަކާ ދިމާވިއެވެ. އެތައް ބަޔަކު ނޯޕޭއަށް ފޮނުވާލިއެވެ. މުސާރަތައް 10 ޕަސެންޓުން ފެށިގެން 60 އާ ހަމައަށް ކުޑަކުރިއެވެ.