ބޮމްބޮލޯނީ އަކީ ޑޯނަޓްގެ ބާވަތެކެވެ. މި ރެސިޕީ އަކީ ވަރަށް ފަސޭހައިން ގޭގައި ހުންނަ ތަކެތި ބޭނުން ކޮށްގެން ތައްޔާރު ކުރެވިދާނެ ރެސިޕީ އެކެވެ. މިއީ ނަޓެއްލާ މީރު މީހުންނަށް ހާއްސަ ރެސިޕީއަކަށް ވާނެއެވެ. މި ރެސިޕީގައި ބުނެފައިވާ ސައިޒަށް ވުރެ ކުދި ޑޯނަޓްސް ވެސް ހަމަ މި ފުއްގަނޑުގައި ތައްޔާރު ކުރެވިދާނެއެވެ.
ބޭނުންވާ ތަކެތި:
- 2 ޖޯޑު ފުށް
- 1/2 ޖޯޑު ހަކުރު
- 1/2 ޖޯޑު ކިރު (ހޫނު ކޮށް)
- 1 ސައިސަމުސަލާއި ސަމުސަލެއްގެ ހަތަރުބައިކުޅަ އެއްބައި ޔީސްޓް
- ¼ ޖޯޑު އަންސޯލްޓެޑް ބަޓާ
- 1 ބިސް
- 1 ސައިސަމުސާ ވެނީލާ އެސެންސް
- ލޮނު
- ނަޓެއްލާ ނުވަތަ ބޭނުންވާ ވައްތަރެއްގެ ޗޮލްލެޓެއް
ތައްޔާރުކުރާނެ ގޮތް:
ޔީސްޓް ތައްޔާރު ކުރުމަށްޓަކައި ބޯތަށްޓަކަށް ކިރު ހުސްކުރުމަށް ފަހު ސައިސަމުސަލެއްގެ ހަކުރާއި، ޔީސްޓް އޭގެ މައްޗައި ބުރުވައިލާށެވެ. އަދި ޔީސްޓް ފެން ތައްޔާރު ކުރެވެންދެން ބަހައްޓާށެވެ.
އެއަށްފަހު ފުށާއި ހަކުރާއި ލޮނު އަދި ވެނީލާ އެސެންސް އެއްކުރުމަށް ފަހު ޔީސްޓް ތައްޔާރު ކުރެވުމުން ފުށްގަނޑުގެ ތެރެެއަށް އެޅުމަށް ފަހު މިކްސް ކުރާށެވެ. އެއްކުރަމުން ދާއިރު މިކްސްޗަރުގެ ތެރެއަށް ބަޓަރާއި ބިސް އަޅައި ފުށްގަނޑު ރަނގަޅަށް މޮޑޭށެވެ.
އެއަށްފަހު މޭޒު މައްޗަށް ހިކި ފުށްކޮޅެއް ބުރުވައިލުމަށް ފަހު ފުށްގަނޑުގެ ބޯ މިނުގައި ބައި އިންޗި ހުންނަ ވަރަށް ދަމާށެވެ. ދެން ތިން އިންޗީގެ ބިސްކޯދު ކަޓާ އެއް، ކުކީ ކަޓާ އެއް ނުވަތަ ބިއްލޫރި ތަށްޓަކުން ފުށްގަނޑު ކަފައި ބޭކިން ޝީޓެއް ނުވަތަ ތެޔޮ ކަރުދާހުގެ މަތީގައި އަތުރާށެވެ. އަތުރާއިރު ދޭތެރޭގައި ދެ އިންޗި ހުންނަ ވަރަށް ޖާގަ ބަހައްޓަންވާނެއެވެ. އަތުރައި ނިމުމުން މައްޗަށް ފުށް ކޮޅެއް ބުރުވައިލުމަށް ފަހު ތުވާއްޔެއް އޭގެ މަތިގައި އަޅާށެވެ. އަދި ދޮޅުގަޑިއިރު ވަންދެން ބަހައްޓާލާށެވެ.
ފުއްގަނޑު ރަނގަޅަށް ފުފުމުން ތެޔޮ ހޫނު ކުރުމަށް ފަހު ޑޯނަޓް ތެއްލާށެވެ. ތަލުލުމަށްފަހު ޑޯނަޓްގެ ބޭރުގައި ރަނގަޅަށް ހަކުރު އުނގުޅާށެވެ. ދެން ޕައިޕިން ބޭގް އަކަށް ނަޓެެއްލާ ނުވަތަ ބޭނުންވާ ޗޮކްލެޓް އެޅުމަށްފަހު ސްޓާ ނޮޒްލް އެއް ބޭނުންކޮށްގެން ޑޯނަތްގެ ތެރެއަށް ޕައިޕް ކޮށް އެތެރެ ފިލްކުރާށެވެ.