ކިޓްކެޓް ފަޖަކީ ހޯމް ޝެފެއް އޭނާގެ ގޭގައި ތައްޔާރު ކުރުމަށް ފަހު ސޯޝަލް މީޑިއާގައި ހިއްސާކުރި ވީޑިއޯއެކެވެ. އެވީޑިއޯ ވަނީ އެތައް ބައެއްގެ ސަމާލުކަމަށް އައިސްފައެވެ. އޭނާ ވަނީ އެ ތައްޔާރު ކުރާނެ ގޮތް ހިއްސާ ކޮށްފައެވެ. ރޯދަ މަހު ފަސޭހައިން ތައްޔާރު ކޮށްލުމަށާއި ފޮނި އެއްޗެއް ކާހިތްވާނަ މަދު ވަގުތު ކޮޅެއްގެ ތެރޭގައި ހަދާލުމަށް މިއީ ވަރަށް ރަނގަޅު ރެސިޕީއެކެވެ.

ބޭނުންވާ ތަކެތި:

  • 3 ކިޓްކެޓް،
  • 3 ކެޑްބަރީ ޑެއިރީ ޗޮކްލެޓް
  • އެއްދަޅު ގެރިކިރު.

ތައްޔާރު ކުރާނެ ގޮތް:

އުނދުންމައްޗަށް ތެއްޔެއް ނުވަތަ ފޮނި އެއްޗެހި ހެދުމަށް ބޭނުންކުރާ ތަށްޓަށް ކެޑްބަރީ ޗޮކްލެޓް ބުރިބުރި ކޮށްލާފައި އަޅާށެވެ. އެއަށްފަހު ގެރިކިރު ދަޅު ޗޮކްލެޓްގެ ތެރެެއަށް އަޅާށެވެ. އަދި ޗޮކްލެޓްތައް ދިޔާވެ ގެރިކިރާ އެއްވަންދެން ސަމްސަލުން ގަށާށެވެ. ނުވަތަ އެއްކުރާށެވެ. ތައްޓެއްގައި ބޭކިން ޕޭޕަރު އެޅުމަށް ފަހު ތެލީގައި ހުރި ގެރިކިރާއި ޗޮކްލެޓް އެއްކޮށްފައިވާ އެތިން އެއްބައި ތައްޓަށް އެޅުމަށް ފަހު 2 ކިޓްކެޓް އޭގެ މަތީ ބާއްވާށެއެވެ. އަދި ބާކީ ހުރި ގެރިކިރާއި ޗޮކްލެޓް މިކްސް ކިޓްކެޓްގެ މައްޗަށް އަޅާލުމަށް ފަހު އެއްވަރަށް ފަތުރާލައެވެ. އެއަށް ފަހު 3 ވަނަ ކިޓްކެޓް އެތިކޮޅުކޮޅަށް ފުނޑުކޮށްލުމަށް ފަހު އޭގެ މައްޗަށް އެޅުމަށް ފަހު ފިނިކުރަން ފްރިޖަށް ލާށެވެ. ފިނިކޮށްލުމަށް ފަހު ހަތަރެސްކަން އެތިކޮޅުތަކަކަށް ކަފާލުމުން ކިޓްކެޓް ފަޖް ސްލައިސް ތައްޔާރުވީއެވެ.