މާލޭ ސަރަހައްދުގައި ކޮވިޑް-19 ބަލި ފެތުރެމުންދާތީ ލޮކްޑައުންކުރި ފަހުން މާލެ ސަރަހައްދުގެ އެކި ހސިާވޫތަކުގައި އުޅޭ ކޮޓަރުތަަކށް ކާން ނުލިބި އެ އެއްޗެތި މަރުވަމުންދާތީ ފުލުހުން ކޮތަރުތަކަށް ކާންދޭން ފަށައިފިއެވެ.
ކޮތަރުތައް ބަނޑަށް ޖެހުނު ހަބަރާ އެކު ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވީ، މިހާރު މާލެ ލޮކްޑައުންކޮށްފައިވާ މި ހާލަތުގައި ކޮތަރުތަކަށް ކާން ދިނުމުގެ މަސައްކަތް ފުލުހުންގެ އިދާރާއިން ކުރަމުން ގެންދާ ކަމަށެވެ.
މީގެ އިތުރުން ލޭ ހަދިޔާ ކުރުމުގައި ވެސް ފުލުހުން އެބައުޅޭ ކަމަށް ކޮމިޝަނަރު ވިދާޅުވިއެވެ.
މާލެ ލޮކްޑައުންއަށް ގޮސް މީހުން މަގުތަކަށް ނުކުތުމަށް މަނާކޮށްފައި ވަނީ މިދިޔަ ބުދަ ދުވަހުއެވެ. މިއަދާ ހަމައަށް މާލެ ލޮކްޑައުން ކުރިތާ 6 ދުވަސްވެފައިވާއިރު މާލޭގެ އެކި ސަރަހައްދުތަކުގައި އުޅޭ ކޮތަރުތަކަށް ކާންދިނުމަށް އާންމުންނަށް ނުކުމެވޭ ގޮތް ނުވެ ކޮތަރަުތައް މަރުވަމުން ދާކަން ވަނީ ފާހަގަވެފައެވެ. އާންމުކޮށް އެ ކޮތަރުތަކަށް ކާންދީ އުޅެނީ އެ ސަރަހައްދަށް ގޮސް އުޅޭ އާންމުންގެ މީހުންނެވެ. އޭގެތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދިން ހިމެނެއެވެ.
އެގޮތުން އެންމެ ގިނައިން ކޮތަރު ފެންނަ އެއް ސަަރަހައްދަކީ ޖުމްހޫރީ މައިދާނެވެ. އެ ސަރަހައްދަކީ ގިނަ އަދަދެއްގެ ކޮތަރުތައް އައިސް އުޅޭ ސަރަހައްދެކެވެ. އެތައް އަހަަރުތަކެއް ވަންދެން ކޮތަރުތައް ޒިޔާރަތްކުރާ ޖުމްހޫރީ މައިދާނަކީ ދިވެހިންނާއި ބިދޭސީންވެސް ހިތްހަމަޖައްސާލަން ގޮސް އުޅޭ މައިޒާނެކެވެ.
ހަމައެއާއެކު މިއަދު ގިނަ އަދަދެއްގެ ކޮތަރަުތަކެއް މަޖީދީމަގަށް އައިސް މަގުމަތީގައި ތިބިތަން ފެންނަ ވީޑިއޯއެއްވެސް މީހަކު ވަނީ ޓްވިތާގައި ޕޯސްޓްކޮށްފައެވެ. އެ ޕޯޓުގައި ފެންނަނީ މަޖީދީމަގު މަދުގައި ބައިވަރު ކޮތަރުތަކެއް ޖައްސާފައި ތިބި ތަނެވެ.
ފުލުހުން ކޮތަރުތަކަށް ކާންދިނުމުގެ އިތުރުން ލޭ ހަދިޔާ ކުރުމަށް ވެސް ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ.
ރާއްޖޭގައި ކޮވިޑް ފެތުރެން ފެށީ ހިސާބުން ލޭއަޅާ ކުދިންނަށް ލޭ ބޭނުންވެ އެކަމުގެ ދަތިތަކެއް އުލޭ ވަހަކަތައް ވަނީ ދެކެވިފައެވެ. އަދި ލޭ ހަދިޔާ ކުރުމަށް އެކި ފަހަރު މަތިން ބްލަޑް ސާވިސުން އެދި ބުނެފައި ވަނީ ތެލެސީމިއާ ކުދިންނަށް ލޭ ހޯދުމަށް މިހާރު ވަރަށް ބޮޑަށް ދަތިވެފައިވާ ކަމަށެވެ. އަދި ސިއްހީ ގޮތުން އެއްވެސް މައްސަލައެއް ނޫޅޭ ނަމަ ލޭ ހަދިޔާ ކޮށްދިނުމަށް އެ ސާވިސް އިން ވަނީ އެދިފައެވެ.