މިއަދު އެސްޓީއޯ ސުޕަމާޓުގައި ބިދޭސީ ޑޮކްޓަރަކަށް ހަމަލާދީފިއެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ އެސްޓީއޯގެ ސުޕަމާޓް ތެރޭގައި ރާއްޖޭގައި މަސައްކަތްކުރާ ސްރީލަންކަގެ ފިރިހެން ޑޮކްޓަރެއްގެ ގައިގައި ޖަހާ މާރާމަރީ ހިންގާފައިވާ ކަމަށް މިއަދު 13:25 ހާއިރު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

އަދި މި މާރާމާރީގައި އެ ޑޮކްޓަރުގެ ވާތުލޯ ކައިރި މަށައިގެން ގޮސްފައިވާ ކަމަށް ފުލުހުން ބުނެއެވެ. ފުލުހުން ބުނީ މި މައްސަލައާއި ގުޅިގެން އުމުރުން 49 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ކަމަށެވެ. ނަމަވެސް މި މާރާމާރީ ހިނގައިގެން ދިޔައީ ކޮން ސަބަބަކާ ހުރެ ކަމެއް ފުލުހުން ބުނެފައެއް ނުވެއެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.