އެޕޯލޯ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑްގެ އޮފީހުގައި ހުރި ތިޖޫރީއެއް ފަޅާލައި މިލިއަނަކަށް ވުރެން ގިނަ ފައިސާ ވަގަށް ނަގައިފިއެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ އެޕޯލޯ އޮފީހުގެ ތިޖޫރީ ފަޅާލައިގެން ވައްކަން ކޮށްފައިވާ މައްސަލައެއް މިއަދު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. ފުލުހުން ބުނީ އެ އޮފީހުގެ ތިޖޫރީ ހަލާކުކޮށްގެން ވަގަށް ނަގާފައި ވަނީ އޭގައި ހުރި 1.7 މިލިއަން ރުފިޔާ އާއި 2200 ޔޫއެސް ޑޮލަރު ކަމަށް މައުލޫމާތު ލިބޭކަމަށެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށެވެ. އަދި މި މައްސަލަ އިތުރަށް ތަހުގުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ.

މޭލެ ސަހަރައްދުގައި ބޭރަށް ނުކުމެ އުޅުން މަދުކުރަން އަންގާފައި ވުމާއި، 3 މީހުންނަށް ވުރެ ގިނަ މީހުން އެއްވެ މަގުމަތީގައާއި ތަންތަނުގައި ތިބޭތޯ ފުލުހުން މަގުމަތީގައި ހަރަކާތްތެރި ވާތީ މާލެތެރޭގައި އުޅޭ މީހުން ނިސްބަތުން މަދެވެ.

ވަގުން ވައްކަން ކުރުމާ އެފަދަ ކަންކަން ކުރޭތޯ ފުލުހުން ފުލުހުން ބަލަމުން ދާއިރުވެސް ދޭތެރެ ދޭތެރެއިން ވައްކަމުގެ ހާދިސާތައް ހިނގައިގެން އަންނަނީ ރިޕޯޓު ކުރަމުންނެވެ.