ފްރާންސުގެ އަސްކަރީ އުޅަނދުތަކެއް ރާއްޖެ އައިސްފި އެވެ.

ރާއްޖެ އައިސްފައިވަނީ ފްރާންސްގެ އަސްކަރީ އުޅަނދު ތަކުގެ ތެރެއިން ދެ މަނަވަރަކާއި، ހެލިކޮޕްޓަރު ތަކެކެވެ. ނަމަވެސް މި އުޅަނދުތައް ރާއްޖެ އައިސްފައިވަނީ ކޮން ސަބަބަކާ ހުރެ ކަމެއް އެނގިފައެއް ނުވެއެވެ. އަދި މިކަމާ ގުޅިގެން އެމްއެންޑީއެފްގެ ބަހެއް އަދި ލިބޭގޮތް ވަނީ ނުވެފައެވެ.

ރާއްޖެ އައިސްފައިވާ މި ދެ މަނަވަރު ވަނީ މާލޭ ބޭރުގައި ބަނދަރުކޮށްފަ އެވެ. މައުލޫމަތު ލިބޭ ގޮތުގައި މި ހަތަރު ހެލިކޮޕްޓަރު މިއަދު ވަނީ އއ. ތޮއްޑޫ އަދި ކަނދޮޅު އައިލެންޑް ރިސޯޓު މަތިންވެސް ދަތުރުކޮށްފަ އެވެ. އަދި އދ. ދިއްގިރިއަށް ވެސް މި ހެލިކޮޕްޓަރުތަކެއް ޖައްސާފައިވާ ކަމަށް މައުލޫމަތު ލިބެއެވެ.

އެނގިފައިވާ ގޮތުގައި ތޮއްޑޫ މަތިން ދަތުރުކުރި ހެލިކޮޕްޓަރުތައް އުދުހިފައިވަނީ ކަމާބެހޭ ފަރާތްތަކުގެ ހުއްދަ ލިބިގެން ކަމަށެވެ.