ދުނިޔޭގައި މިހާރު ހަލުވިކަމާ އެކުގައި ފެތުރެމުން އަންނަ ކޮވިޑް19 ވައިރަސް ކުރިއަށް އޮތް މަހެއްހާ ދުވަހު ދުނިޔޭގެ އެކި ހިސާބުތަކުގައި ބާރަށް ފެތުރިގެންދާނެ ކަމަށް ކެންސާ ސާޖަރީ (އޮންކޮ ސަޖަރީ) ޑރ. މުހައްމަދު ޝިފާން ވިދާޅުވެއްޖެއެވެ.
ޑރ. ޝިފާންގެ ފޭސްބުކްގައި ލިޔުއްވާފައިވާ ލިޔުމެއްގައި ވިދާޅުވީ ކުރިއަށް އޮތް މަހެއް ހާދުވަހަކީ ކޮވިޑް -19 ވައިރަސް މުޅި ދުނިޔޭގެ ގިނަ ހިސާބުތަކުގައި، އެންމެ ޕީކް ގައި ފެތުރިގެން ދާނެކަމަށް ބެލެވޭ ދުވަސްވަރު ކަމަށެވެ. ޑރ. ޝިފާން ވިދާޅުވީ ކުރިޔަށް އޮތް ދެތިން ހަފްތާއަކީ ވެސް ދިވެހިރާއްޖޭގައި މި ބަލި ފެތުރުމުގެ ބިރު އެންމެ އިތުރުވާނެ މުއްދަތުކަމުގައި ތަޖުރިބާކާރުން ދެކޭ ކަމަށެވެ. އެހެންކަމުން ކޮންމެ މީހަކުވެސް ފަރުދީ ޒިންމާ އަކީ ވާޖިބެއް ކަމަށް ދެކި އަމަލުކުރަންވީ ވަގުތު މިހާރު އަތުވެއްޖެ ކަމަށް ވިދާޅުވިއެވެ.
ޑރ. ޝިފާން ވަނީ ކޮންމެހެން ކުރަންޖެހޭ ދަތުރެއް ނޫނީ ނުކުރުމަށް، އިލްތިމާސް ކުރައްވާފައެވެ. އަދި ކޮންމެހެން ގެއިން ބޭރަށް ނުކުންނަން ޖެހޭ ހިނދެއްގައި ނޫނީ ނުނުނިކުތުމަށާއި މީހުން ގިނައިން އެއްވާ ތަންތަނަށް ނުދިއުމަށްވެސް ޑރ. ޝިފާން ވަނީ އިލްތިމާސް ކުރައްވާފައެވެ. މީގެއިތުރުން ސާފުތާހިރުކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށާއި، ހާއްސަކޮށް ގިނަގިނައިން ސައިބޯނި ލައިގެން އަތް ދޮވުމަށާއި ގިނަގިނައިން ތަންތަނުގައި އަތްނުލުމަށާއި މަގުމައްޗަށް، ނޫނީ މީހުން ދިރިއުޅޭ ހިސާބުތަކަށް ކުޅު ނުޖެހުމަށްވެސް ވަނީ އިލްތިމާސް ކުރައްވާފައެވެ.
ރާއްޖެއިން ކޮވިޑް19 އަށް 13 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. ޕޮޒިޓިވްވި މީހުންގެ ތެރޭގައި ތިބީ ހުސް ބިދޭސީންނެވެ. އޭގެތެރޭގައި ރާއްޖޭގެ ރިސޯޓުތަކުގައި މަސައްކަތް ކުރާ ބިދޭސީ ޑޮކްޓަރުންނާއި އަދި ރާއްޖޭގައި ޗުއްޓީ ހޭދަކުރާ ފަތުރުވެރިންވެސް ހިމެނެއެވެ.
ބަލި ގެންނަ މީހުން ނުހުއްޓުވައެއް މިކަމުގަ އެއްވެސް ޔަގީން ކަމެއް ނެއް
ޗުއްޓީގައި ތިބީ ކުދިން. ޓީޗަރުން ޖެހޭ ސްކޫލަށް ދާން ބަލިހިފާގެން އައިސް ކުދިންނައް ދޭންތާ. ؟
ޔާﷲ މި ދިވެހި ގައުމު ނުރައްކާތެރި ބަލި ތަކުން ސަލާމަތް ކުރަށްވާންދޭ. އާމީން އާމީން އާމީން އާމީން