ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ރާއްޖެއިން ފެނި 13 މީހަކު މިހާތަނށް ޕޮޒިޓިވްވެފައި ވާ އިރު މި ބަލި އިތުރަށް ފެތުރުނަ ނުދިނުމަށާއި ބަލިން ރައްކާތެރިވުމުގެ ގޮތުން މި ސަރުކާރުން ވަނީ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން ދާދި ފަހުން ރާއްޖެއިން ވަނީ މިއަދު ލޮކްޑައުންގެ ހާލަތަށް ގެނެސްފައިވާ މެލޭޝިއާއިން ރާއްޖެއަށް މީހުން އައުން ހުއްޓުވާފައެވެ.
މެލޭޝީއަކީ ދިވެހި އެތައް ދަރިވަރުންނެއް ތައުލީމް ހާސިލް ކުރަމުންދާ ގައުމެކެވެ. އެތައް ދިވެހި އާއިލާއެއްވެސް އެ ގައުމުގައި ދިރިއުޅެމުން އަންނަ އިރު ގިނަ ދިވެހިންތަކެއްގެ ހިތުގައި ވަނީ ކަންބޮޑުވުން އުފެދިފައެވެ. މެލޭޝިއާގައި ހުންނަ ލިމްކޮކްވިން ޔުނިވާސިޓީގައި، ބެޗްލާއިން ބްރޮޑްކާސްޓިން އެންޑް ޖާނަލިޒަމް ކިޔަވަމުންދާ ދަރިވަރެއް ވަނީ، އޭނާގެ ތަޖުރިބާއާއި އިހްސާސްތައް 'ދަ ޕްރެސް' އާ ހިއްސާކޮށްފައެވެ.
މެލޭޝިއާގެ ސިޓީއެއް ކަމަށްވާ ސައިބާޖަޔާގައި ދިރިއުޅޭމުންދާ 22 އަހަރުގެ ދަރިވަރު ބުނީ، މި ބައްޔަކީ ކިހާ ސީރިއަސް ބައްޔެއްކަން އިނގޭތީ އާއި މިހާރު މެލޭޝިއާ ލޮކްޑައުންގައި އޮތުމާއެކު ރާއްޖެއަށް އާއިލާ ކައިރިއަށް ދާން ވަރަށް ބޭނުންވާ ކަމަށެވެ. ނަމަވެސް ކުރިއަށް އޮތް ދުވަސްތަކުގައި މި ވައިރަސް ފެތުރޭ މިންވަރު ކޮންޓްރޯލް ކުރެވޭނެ ކަމަށް ލަފާ ކުރެވޭތީ އިހަށް މެލޭޝިއާގައި މަޑުކުރަން ބޭނުންވާ ކަމަށާއި ޔުނިވާސީޓީން ބުނާ އެއްޗެއް ބަލާފައި ގޮތެއް ނިންމާނީ ކަމަށް އޭނާ ބުނެއެވެ.
އޭނާ ކިޔަވަމުންދާ ކޮލެޖުގައި 5 ވަރަކަށް ދިވެހި ދަރިވަރުން ދަންނަން ކަމަށް އޭނާ ބުނެއެވެ. އަދި އެ ކުދިންގެ ހާލު ރަނގަޅުކަމަށް ބުނެއެވެ. އެޕާޓްމަންޓެއް ހިފައިގެން އެކަނި އެތަނުގައި ހުރި ނަމަވެސް މި ވަގުތު އޭނާއާއެކު ފިރިމީހާ ހުރި ކަމަށާއި އެހެންކަމުން އުފާވާ ކަމަށްވެސް ބުނެއެވެ.
މިހާރު ކިޔެވުމުގެ ކަންތައް ހުރިގޮތް ކިޔައިދެމުން އޭނާ ބުނީ، މިވަގުތު ދެ ހަފްތާ ވަންދެން އޮންލައިންކޮށް ހުރިހާ ކްލާސްތަކާއި އެސައިންމަންޓްތައް ނަގައިދެމުންދާ ކަމަށެވެ. ނަމަވެސް ހަދަން ދީފައި ހުރި އެސައިންމަންޓްތަކުގެ ތެރޭގައި ބައެއްކަހަލަ އެސައިންމަންޓް ހެދުމުގައި ދަތިތަކެއް ހުރިކަމަށް އޭނާ ބުނެއެވެ. އެއީ އައުޓްޑޯ ޝޫޓްތައް ނަގައިގެން ހަދަންޖެހޭ އެސައިންމަންޓް ކަަމަށާއި މިވަގުތު ކޮރޯނާ ފެތުރެމުންދާތީ ބޭރަށް ދިއުމުގައި ހުރަސްތަކެއް އެބަހުރިކަމަށް އޭނާ ބުނެއެވެ.
އިތުރަށް އޭނާ ބުނީ ކުރިންހެން ހަމަޖެހިލައިގެން ބޭރަށް ނުދެވޭ ކަމަށާއި ޔުނިވާސީޓީއަށް ވެސް ދިއުން ކުރިއަށް ވުރެ މަދުކުރަން ޖެހޭ ކަމަށެވެ. ސުޕަމާކެޓް އަދި މޯލްތަކަށް ވެސް ދާއިރު އުޅެން ޖެހެނީ ވަރަށް ބަލައިގެން ކަމަށާއި، މީ މިވަގުތު ހާލަތު އޮތް ގޮތުން ހުރި ދަތިތައް ކަމަށް އޭނާ ބުނެއެވެ. ހަމައެއާއެކު އެއްފަހަރު އެ ކޮލެޖުގެ ދަރިވަރަކު ޕޮޒިޓިވްކަމަށް ހަބަރު ފެތުރުކަމަށާއި، ނަމަވެސް ފަހުން އެއީ ދޮގު ހަބަރެއް ކަން އެނގުނު ކަމަށްވެސް އެނާ ފާހަގަކުރިއެވެ.
އާއިލާއާ ދުރުގައި ހުއްޓައި މެލޭޝިއާ ލޮކްޑައުން ވީމައި ހާސްވި ކަމަށާއި، ރާއްޖެއަށް އެނބުރި ދާހިތްވި ކަމަށް އޭނާ ބުނެއެވެ. އެކަމަކު މީ ހަމައެކަނި އެންމެ ގައުމަކަށް ދިމާވެގެން އުޅޭ ކަމެއް ނޫންކަން ފާހަގަކުރަމުން އޭނާ ބުނީ، އެންމެން ވެސް މިވަގުތު ވަރަށް ހިތްވަރު ކުރަން ޖެހޭނެ ކަމަށާއި އަދި މިކަމުން ރައްކާތެރިވުމަށް ކުރަންޖެހޭ ކަންކަން ކުރުމަކީ މުހިއްމު ކަމެއް ކަމަށެވެ.
މާސްކާއި ހޭންޑް ސެނިޓާއިޒާ ގަންނަން ބޭސްފިހާރައަށް ދިޔަ އިރު މާސްކު ނުލިބޭ ކަމަށާއި ހޭންޑް ސެނެޓައިޒާ ލިބެން ހުންނަނީ ބޮޑެތި ފުޅިކަމަށް އޭނާ ބުނެއެވެ.
އޭނާ ދިރިއުޅޭ ސަރަހައްދާ ކޮލެޖާއި މާ ދުރު ނޫނަސް ދަތުރުކޮށް އުޅޭނީ ޓެކްސީގައި ކަމަށާއި ޑްރައިވަރުން ތިބެނީ މާސްކް އަޅައިގެން ކަން އޭނާ ފާހަގަކުރިއެވެ. އެ ސަރަަހައްދުގައި މީހުން މަގުމަތިން ފެންނަލެއް ވަރަށް މަދު ކަމަށާއި ކުއަލަލަމްޕޫރަށް ނުދާތީ އެތާނގެ ހާލަތު މިވަގުތު މިވަގުތު ބުނެދޭން ނޭނގޭ ކަމަށް އޭނާ ބުނެއެވެ. ލަފާކުރެވޭ ގޮތުގައި އެހިސާބު ހަލަބޮލި ވާނެކަމަށް އޭނާ ބުނެއެވެ.
މިއަހަރުގެ ސެމިސްޓާ ފެށެން ވާއިރަށް އޭނާ މެލޭއަށް ދިޔައީ ޖެނުއަރީ މަހުގެ 13 ވަނަ ދުވަހުއެވެ. އޭރު މެލޭޝިއާގެ އެއާޕޯޓުގައި ކޮވިޑަށް ހާއްސަ ފިޔަވަޅުތަކެއް އަޅާފައި ނެތް ކަމަށް އޭނާ ބުނެއެވެ. އެއާޕޯޓުގައި އެފަދަ ފިޔަވަޅުތަކެއް އަޅާފައި ނެތީ އޭރު ކޮރޯނާ ވައިރަސްގެ ކޭސްއެއް ނުފެންނާތީ ކަމަށް އޭނާ ބުނެއެވެ.
މެލޭޝިޢާގައި މިހާރު މިބައްޔަށް 673 މީހުން ވަނީ ޕޮޒިޓިވް ވެފައެވެ. އަދި މި ބަލީގައި 2 މީހުން ވަނީ މަރުވެފައެވެ. މެލޭޝީއާގައި ތިބި ދިވެހިންނަށް ރާއްޖެ އާދެވޭނެ ކަމަށް ދިވެހި ސަރުކާރުން ބުނާއިރު އިއްޔެ 6:00 ގެ ފަހުން މެލޭޝިއާއިން ރާއްޖެ އަންނަ ފަރާތްތައް 14 ދުވަހުގެ މުއްދަތަކަށް ކަރަންޓީން ކުރެވޭނެއެވެ.
މެލޭޝިއާގެ ސަރުކާރުން ވަނީ މި މަހުގެ 18 އިން 31 އަށް "މޫވްމަންޓް ކޮންޓްރޯލް އޯޑާ" ގެ ދަށުން ފިޔަވަޅުތަކެއް އަޅަން ނިންމާފައެވެ. އެގޮތުން ފަތުރުވެރިންނާއި ބިދޭސީން އެ ގައުމަށް ވަނުން މަނާކުރުމާއި މެލޭޝިއާ ރައްޔިތުން އެ ގައުމުން ބޭރަށް ދިއުން މަނާކުރުން ހިމެނެއެވެ. ހަމައެއާއެކު މެލޭޝިއާގައި ދީނީ، ކުޅިވަރު، އިޖްތިމާއީ އަދި ސަގާފީ ބައްދަލުވުންތައް ހިމެނޭގޮތަށް ހުރިހާ އެއްވުންތައް މަނާކުރުމާއި، ހުކުރު ނަމާދު ހިމެނޭގޮތަށް މިސްކިތްތަކުގައި ބާއްވާ ހުރިހާ ދީނީ ހަރަކާތްތަކާއި ބައްދަލުވުންތައް މަނާކުރުމާއި، ހުރިހާ ސްކޫލްތައް ބަންދުކުރުމާއި، ސުޕަމާކެޓް ފަދަ އަސާސީ ތަކެތި ވިއްކާ ތަންތަން ފިޔަވައި ހުރިހާ ވިޔަފާރިތައް ބަންދުކުރުން ހިމެނެއެވެ.
މީގެއިތުރުން އަސާސީ ހިދުމަތްތައް ފޯރުކޮށްދޭ ތަންތަން ކަމަށްވާ ފެން، ކަރަންޓު، ޓެލެކޮމް، ދަތުރުފަތުރު، ހަކަތަ، ބްރޯޑްކާސްޓިން، ސެކިއުރިޓީ، ސިއްހަތު، އަދި މާލީ ކަންކަމާ ގުޅޭ އިދާރާތައް، ބޭންކް އަދި ވައިގެ ބަނދަރުތައް ފިޔަވައި ސަރުކާރުގެ ހުރިހާ އޮފީސްތަކާއި ވުޒާރާތައް ވަނީ ބަންދުކޮށްފައެވެ.
ކޮންމެތަނެއްގަ ހުހުއްޓަސް ކިޔަވާކުދިން ކިޔަވާނެ. އަޗާތަޅާކަށް ނޫން މެލޭޝިއާގަ ތިބޭ ހުރިހާަ ދިވެހިން އުޅޭނީކީ. ކޮމެންޓް އެއް ކޮށްލާ ހިތްވަނީ ވިއްޔާ އެންމެންގެ އަގު ވެއްޓޭ ކަހަލަ ކޮމެންޓް ނުކުރުން ރަނގަޅުވާނެ
މެލޭޝިއާ އަކީ ދިވެހިން ކިޔަވާށޭ ކިޔާފަ އަޗާ ތަޅަން ދާ ތަނެއް
ކަލޭ އެމެރިކާގެ ރައީސްކަން ކުރެވުނީމަ ހާދަ ފޮންޏެކޭތިވަނީ