ނިއުޔޯކް ޗީސް ކޭކުގައި ތިން ލޭޔާއެއް ހުންނާނެއެވެ. އެއީ ބިސްކޯދު ލޭޔާއަކާއި ކްރީމް ލޭޔާއަކާއި ބެރީ ސޯސް ލޭޔާއެކެވެ. މި ތިން ލޭޔާ ތައްޔާރު ކުރަން ބޭނުންވާ ތަކެތި ވަކިން އިނގޭނެހެން ފާހަގަކޮށްފައި ހުންނާނެއެވެ.
ފޮނި ކާއެއްޗެއްގެ ގޮތުގައި ރޯދަމަހުގެ ސުފުރާ މައްޗަށް، މީ ވަރަށް ފަސޭހާއިން ތައްޔާރު ކޮށްލެވޭ އެހާމެ މީރު ކޭކެލެވެ.
ބޭނުންވާނެ ތަކެތި:
- ބިސްކޯދު ލޭޔާ:
-
120 ގ ބިސްކޯދު ( ހިމުންކޮށްފައި)
-
60 ގ ބަޓާ (މެލްޓު ކޮށްފައި)
-
- ކްރީމް ލޭޔާ:
- 400 ގ ކްރީމް ޗީޒް
- 120 ގ ހަކުރު (އައިސިން ޝުގާ)
- 200 ގ ސޯ ކްރީމް
- 150 އެމްއެލް ހެވީ ކްރީމް
- 2 ބިސް
- 2 ސަމްސާ ކޯން ފްލާ
- 1 މޭޒުމަތި ސަމްސާ ވެނީލާ އެސެންސް
- 2 މޭޒުމަތީ ސަމްސާ ލުނބޯ ހުތް
- ބެރީ ސޯސް
-
- 300 ގ ސްޓޯބެރީ
- 40 ގ ހަކުރު
- 1 މޭޒުމަތީ ސަމްސާ ފެން
ތައްޔާރު ކުރާނެ ގޮތް:
ބިސްކޯދު ކޮޅާ ބަޓަރު ކޮޅު ރަނގަޅަށް އެއްކޮށްލުމަށް ފަހު ޓްރޭއެއްގައި އަތުރާލާށެވެ. އެއަށް ފަހު ކްރީމް ޗީޒްކޮޅު ތައްޓަކަށް އެޅުމަށް ފަހު ހަކުރާއެކު ގިރާށެވެ. ކްރީމް ވުމުން ސޯ ކްރީމް ކޮޅާ އެއްކޮށްލުމަށް ފަހު ގިރާލާށެވެ. އެއަށްފަހު ހެވީ ކްރީމް ކޮޅުވެސް އެއްކޮށްލައި ގިރާލާށެވެ. މި ހުރިހާ އެއްޗެއް ރަނގަޅައް އެއްކުރެވުމުން 2 ބިސް އެޅުމަށް ފަހު ގިރާލާށެވެ. އަދި ކޯން ފްލާގެ އިތުރުން ވެނީލާ އެސެންސް ކޮޅު އަޅާލުމަށް ފަހުވެސް ރަނަގަޅައް އެއްވަންދެއް ގިރާލާށެވެ. މި ހުރިހާއެއްޗެއް ރަނަގަޅަށް މިކްސް ވުމުން ލުނބޯ ހުތް ފޮދު އަޅާލުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ. ކްރީމް އަށް އެޅި ހުރިހާ އެއްޗެއް އެއްކޮށް ނިމުމުން ދެން ކްރީމް ކޮޅު ޓްރޭގައި އަތުރާށެވެ. އަތުރާލުމަށް ފަހު މަތި އޮމާން ކޮށްލަން ވާނެއެވެ.
ދެން ޗީޒް ކޭކް ފިހުމަށްޓަކާ ކޭކް އެޅި ޓްރޭ އަށްވުރެ ބޮޑު ޓްރޭއަކަށް ފެން އަޅާށެވެ. ދެން ކޭ އެޅި ޓްރޭ ފެން ޓްރޭގެ ތެރެއަށް ލާށެވެ. ޓްރޭ ލާންވާނީ ވަށައިގެން ފޮއިން އޮޅާފައެވެ. އެއަށްފަހު 180 ޑިގްރީ ސެލްސިއަސް ގައި 30 މިނެޓަށް ފިހެލާށެވެ. އަދި އެއަށްފަހު 150 ޑިގްރީ ސެލްސިއަސް ގައި އަނެއްކާވެސް 30 މިނެޓަށް ފިހެލާށެވެ.
އެއަށްފަހު ބެރީ ސޯސްކޮޅު ތައްޔާރު ކުރުމަށްޓަކާ ސްޓޯބެރީ 5 މިނެޓް ވަންދެއް މައިކްރޯވޭވް އިން ހޫނު ކޮށްލާށެވެ. އެއަށްފަހު ހަކުރު ކޮޅު އަދި ފެން ފޮދު އަޅާލުމަށްފަހު މިކްސްޗާ ކޮށްލާށެވެ. އަދި ކޭކްގެ މަތީގައި ތުނި ލޭޔާއެއް ގޮތަށް ސޯސްކޮޅު އަތުރާލާށެވެ.
އޭރުން އިންނާނީ ނިއުޔޯކް ޗީޒްކޭކް ތައްޔާރުވެފައެވެ.