ދިރާގުން ސްޓިންގް ރޭ މިއުޒިކް އެޕްލިކޭޝަން މިއަދު ލޯންޗުކޮށްފިއެވެ.
ދިރާގުގެ ކަސްޓަމަރުންނަށް އެ އެޕްލިކޭޝަން މިހާރު ހިލޭ ލިބިގެންދާނެއެވެ. ދިރާގުން ބުނީ ރާއްޖޭގައި މިއުޒިކް އެޕް ބޭނުން ކުރާ ފަރާތްތައް ބޭނުން ކުރަނީ ކޮންމެވެސް ގޮތަކަށް އެ އެޕްލިކޭޝަންތައް ގަނެގެން ނުވަތަ ކޮންމެވެސް އެކައުންޓެއް ޝެއާ ކޮށްގެން ކަމަށެވެ. އެހެންކަމުން އެފަދަ އެޕްއެއް ތައާރަފު ކުރީ ކަސްޓަމަރުންނަށް ފަސޭހަ ވާނެ ގޮތަށް ކަމަށެވެ. ސްޓިންގްރޭ އަކީ ގޫގުލް ސްޓޯ އަދި އެޕަލް ސްޓޯގެ އެންމެ މަގުބޫލު އެއް އެޕް ކަމަށްވެސް ދިރާގުން ބުނެއެވެ.
ސްޓިންގްރޭ މިއުޒިކް އެޕް އަކީ އިންޓަނޭޝަނަލް ހިޓްސް އާއި ދުނިޔޭގެ ފެންވަރުގެ މަޝްހޫރު އެތައް ބައިވަރު އާޓިސްޓުންގެ މިއުޒިކް ސްޓްރީމް ކުރެވޭނެ އެޕްލިކޭޝަނެކެވެ. ދިރާގުން ބުނީީ ދުނިޔޭގެ ޓޮޕް ޗާޓުގައި ހިމެނޭ 40 ލަވަ ކޮންމެ ހަފުތާއަކު އަޕްޑޭވާނެ ކަމަށެވެ. އަދި ތަފާތު ޖޯންރާ ތަކުގެ މިއުޒިކާއި އެކި އާޓިސްޓުންގެ ޕްލޭލިސްޓާއި އެކި ކަހަލަ ވަގުތު ތަކާ ގުޅޭ ޕްލޭލިސްޓު ވެސް ކަސްޓަމައިޒް ކުރެވޭނެ ކަމަށް ދިރާގުން ބުންޏެވެ.
ދިރާގުން ބުނީ، އެ ކުންފުނިން މަސައްކަތް ކުރަނީ ކަސްޓަމަރުންގެ ބޭނުންތަކަށް ޑިޖިޓަލް ސާވިސްތައް ތައާރަފު ކުރުމަށް ކަމަށެވެ.