މާލޭގައި މިއަދު ހަވީރު ހިނގި އެކްސިޑެންޓެއްގައި ޒުވާނަކަށް ވަރަށް ބޮޑެތި އަނިޔާތަކެއްވެއްޖެއެވެ.

ފުލުހުން ބުނީ މިއަދު 15:30 އެހާކަށްހާއިރު ދަރުބާރުގެ މޫންލައިޓު ހިނގުން ގުޅުނު ކަންމަތިން ސައިކަލެއްގައި ދުއްވާފައި ދިޔަ މީހަކު ކަހާލައިގެން ވެއްޓި އެކްސިޑެންޓެއް ހިނގާފައިވާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

މި އެކްސިޑެންޓުގައި އަނިޔާވީ 19 އަހަރުގެ ޒުވާނަކަށެވެ. ފުލުހުން ބުނީ އެޒުވާނާ އަށް އެކި ވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށެވެ. ލިބުނު އަނިޔާތަކަށް ފަރުވާ ހޯދުމަށް އޭނާ ވަނީ އައިޖީއެމްއެޗަށް ގެންދެވިފައެވެ. ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޭނާގެ ހޭނެތިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އަދި ބުނީ އޭނާގެ ހާލު އިތުރަށް ގޯސްވުމުން އައިސީޔޫއަށް ބަދަލުކޮށްފައިވާ ކަމަށެވެ. މި ހާދިސާގައި އަނިޔާވި ޒުވާނާގެ އަތުގައި ލައިސެންސެއް ނެތް ކަމަށްވެސް ފުލުހުން ބުންޏެވެ.

ދާދިފަހުން މާލޭގައި ހިނގި އެކްސިޑެންޓެއްގައި ޒުވާނަކު ވަނީ މަރުވެސްވެފައެވެ.