ކޮރަޕްޝަނެއްގެ ވާހަކަ ދައްކާ ދަރަންޏަށް އަރާ ބައި "ހަލާސް" ކޮށްލަން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ އަޑުން ވާހަކަ ދައްކާ އޯޑިއޯއެއްވެސް އާންމުވެއްޖެއެެވެ.
އަލީ ވަހީދު ވާހަކަ ދައްކަވާ ކަމަށް ބުނެ އާންމުކޮށްފައިވާ އޯޑިއޯގައި ދެކެވެމުންދާ ވާހަކަ އަކީ ސުޕްރީމް ކޯޓަށް ގެންނަ ކާރުތަކަކުން "ކޮރަޕްޝަނެއް" ހިންގުމުގެ ވާހަކައެވެެ.
އެވާހަކަތަށް ދައްކަމުން ގޮސް އެ މައްސަލަ "ޕޮލިސް ކޭސް" އަކަށް ހަދަން އުޅޭ ކަމަށް އޭނާ ބުނެއެވެ. އަދި އެ ވާހަކަ ދައްކާފައި ވަނީ ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިޔުޓީ މިނިސްޓަރު "ސީމައްޓޭ" އާ ކަމަށް އެ އޯޑިއޯ ލީކް ކުރި ފަތާރުން ބުނެފައިވެއެވެ.
އަށް ލައްކަ ރުފިޔާގެ ވާހަކަ ދައްކަނީ ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައްސަދު އަލީ (އަޑު ބަރޭ) ކަމަށް އެ އޯޑިއޯ ލީކް ކުރި ފަރާތުން ބުނެއެވެ.
އަދި އެ އޯޑިއޯގައި ދަރަނި ފިލުވާދޭނެ ކަމަށާއި އެއީ ވާނެ ކަމެއް ކަމަށް އަލީ ވަހީދު ކަމަށް ބުނާ މީހާ ބުނާ އަޑުއިވެއެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުން ދަނީ ސައްހަ އޯޑިއޯތަކެއް ނޫން ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވަނީ ވިދާޅުވެފައެވެ.
އަލީ ވަހީދު ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ދައުރު ކުރަމުން ގެންދަނީ ސައްހަ އޯޑިއޯއެއް ނޫން ކަމަށާއި އެއީ އަބުރު ކަތިލުމަށް ހިންގާ ޖަރީމާއެއް ކަމަށެވެ. އަދި އޭނާގެ އަޒުމް ގުޑުވާ ނުލެވޭނެ ކަމަށާއި ހައްގަށް އަބަދުވެސް ނަސްރު ލިބޭނެކަމަށް އޭނާ ވިދާޅުވެފައި ވެއެވެ.
އަލީ ވަހީދު މިހެން ވިދާޅުވެފައި ވާއިރު ދައުރުވަމުންދާ އޯޑިއޯގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީނަށް ނިސްބަތްކޮށް "ހަޑިހުތުރުބަހުން" އަލީ ވަހީދުގެ އަޑުން ވާހަކަދައްކާ އޯޑިއޯއެއްވެސް ވަނީ އާންމުވެފަވެއެވެ. އަދި އެޑިޔުކޭޝަން މިނިސްޓަރުގެ "ޕޮލިސީ" ފެއިލް ކޮށްލާނެ ކަމަށް ބުނާ އޯޑިއޯއެއް އާންމުވެފައި ވާއިރު ޓްރާންސްޕޯޓު އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު އާއިޝަތު ނަހުލާ ކަމަށް ބުނާ އަންހެން މީހަކާއި އަލީ ވަހީދުގެ އަޑުން ބޭއަދަބީ ވާހަކަ ދައްކާ އޯޑިއޯއެއްވެސް ވަނީ އާންމުވެފައެވެ.
ވަގުކަލޭގެ ހޭއަރަތްޕެއްނު. ނުގަންނާނެ ލަދެއް.